A wide advertisement which will be shown on all devices. (700 x 100)

އެކަހެރިކޮށްފައިވާ އުޖާލާ ބޯޓަށް ހުއްދަނެތި އެރި މީހަކު ހައްޔަރުކޮށްފި

ކަރަންޓީނުގައި އުޖާލާ ބޯޓް- މިއަދު ދޫކޮށްލައިފި

ފުވައްމުލައް ސިޓީ ބަނަދަރުގައި އެކަހެރިކޮށްފައިވާ އުޖާލާ ބޯޓަށް ހުއްދަނެތި އެރި މީހަކު އިއްޔެ ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ މިމީހާ މިހާރު ވަނީ 14 ދުވަހުގެ މުއްދަތަށް  ހޯމް މިނިސްޓްރީއިން  ކަނޑައާޅާ ތަނެއްގައި 14 ދުވަހަށް ބަންދު ކުރުމަށް ކޯޓުން މުއްދަތު ޖަހާފައެވެ. އަދި ފުލުހުން ދަނީ އިތުރަށް މިމައްސަލަ ތަހުގީގު ކުރަމުން ކަމަށް ވެއެވެ.

އުޖާލާ ބޯޓު މަލެއަިން ފުވައްމުލަކަށް އައިސްފައި ވަނީ 25 އޭޕްރީ 2020 ވީ ހުކުރު ދުވަހުއެވެ. މި ބޯޓު ރަށަށް އައުމާއެކު ބޯޓުގެ 8 ފަޅުވެރިންނާއިއެކު ބޯޓު ވަނީ އެކަހެރިކޮށްފައެވެ. އަދި އެބޯޓުން އައި މުދާ ހިފައިގެން މާލެ ދަތުރުކުރާ 6 ‘ދަމާކަނަޑާ މީހުން’ މީހުން ވެސް ވަނީ 14 ދުވަހުގެ އައިސޮލޭޝަންނަށް  ވޭލި ރެސިޑެންސްގައި ބައިތިއްބާފައެވެ.

މި ފިޔަވަޅުތަކަކީ ފުވައްމުލައް ސިޓީގައި ކޮވިޑް-19 ފެތުރުނަ ނުދިނުމަށްޓަކައި ފުވައްމުލައް ސިޓީ ކައުންސިލް އަދި ފުވައްމުލައް ސިޓީގައި ގާއިމުކޮށްފައިވާ ކޮވިޑް ޓާސްކްފޯސް ގުޅިގެން އަޅަމުން އަންނަ ފިޔަވަޅުތަކެކެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !