ފުވައްމުލައް ސީޓީ އިން 4 ވަނަ މީހެއްގެ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގައިފި ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ. މިރޭ ފުވައްމުލައ ސިޓީ ކައުންސިލުން ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުން މިފަހަރު ސާމްޕަލް ނެގީ މުޖުތަމައުގަައި ކޮވިޑް-19 ބަލީގެ ނުރައްކާތެރިކަން އޮތް މިންވަރު ދެނެގަތުމުގެ ގޮތުންނެވެ.
އެގޮތުން މިއަދު، 30 އޭޕްރީލް 2020 ގައި ސާމްޕަލް ނެގީ އަރިދަފުސް ރޯގާ ހުރެގެން ފުލޫ ކްލިނިކަށް ދެއްކި މީހެއްގެ ގައިންނެވެ.
ފުވައްމުލައް ސިޓީން މީގެ ކުރިން މި އޭޕްރީލް މަހު 26 އަދި 27 ގައި ނަގައި މާލެ ފޮނުވާފައިވާ 2 ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭ ކަމަށް ވެސް ސިޓީ ކައުންސިލުން ކުރިއެހެން ޓްވީޓެއްގައި ހާމަކޮށްފައި ވެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުގެ ޓްވިޓް- ކޯވިޑް-19ގެ 4 ވަނަ މީހެއްގެ ސާމްޕަލް މާލެ ފޮނުވަނީ.
މިއީ ފުވައްމުލަކުން ކޮވިޑް-19 އަަށް ސާމްޕަލް ނެގިި 5 ވަނަ ފަހަރެވެ. އެއީީ މީގެ ކުރިން މިމަހު 27 އާއި، 26 އަދި 21 ވަނަ ދުވަހާއި ނެގި 3 މީހުންގެ ސާމްޕަލްގެ އިތުރުން ފުވައްމުލަކު ބޭރުގައި އޮތް އައިލެންޑް ސަފާރީ 1 ގައި ތިބި ފަތުރުވެރިން ގައިން ނެގި ސާމްޕަލެވެ.
މީގެތެރެއިން މި މަހު 21 ވަނަ ދުވަހު ނެގި ސާމްޕަލްގެ ނަތީޖާ ނެގަޓިވް ވެފައިވާކަން ވަނީ ހާމަކޮށްފައެވެ. އަދި އެންމެ ފުރަތަމަ ފުވައްމުލަކު ހޮސްޕިޓަލުން ސާމަޕަލް ނެގި އައިލެންޑް ސަފާރީ 1 ގެ 2 ފަތުރުވެރިން ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.
މިހާތަނަށް ފުވައްމުލަކުން އެއްވެސް މީހަކު މިބައްޔަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ.

އެންއީއޯސީގެ ނިއުސްކޮންފަރެންސްގެ ކޮވިޑް-19 ދުވަހީ އަދަދު ގްރާފް 30 އޭޕްރިލް 2020، މިއަދދުތައް ހެލްތު މިނިސްޓރީގެ ވެބް ޕޯޓަލް ގެ އަދަދުތަކާއި ދިމަނުވޭ!
މިހާތަނަށް ރާއްޖެއިން މިވަނީ 396 މީހަކު މިބައްޔަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި އިތުރުގެ ނ.އަތޮޅުން ޕޮޒިޓިވް ވި 8 މީހަކާއި މާލޭ ކޮމިއުނީޓީގައި ޕޮޒިޓިވްވި 370 މީހުން ހިމެނެއެވެ.
މިއަދަކީ ރާއްޖޭގައި އެއްދުވަހެއްގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެއެވެ. އެގޮތުން މިއަދު 107 މީހުން މިވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި ރޭގައި ވަނީ ފުރަތަމަ ފަހަރަށް ކޮވިޑް-19 ގެ ބަލި މީހަކު ރާއްޖޭގައި ނިޔާވެފައެވެ.
މިހާތަނަށް ދިވެހިންގެ 145 މީހުން ޕޮޒިޓިވް ވެފައިވާއިރު 251 ބިދޭސިން ވަނީ ބައްޔަށް ޕޮޒިޓި ވެފައެވެ.
ބަލިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފުވައްމުލަކު މުދާއުފުލާ، އުޖާލާ ބޯޓުގެ ފަޅުވެރިންނާއި ދަތުރުވެރިން ވަނީ 14 ދުވަހަށް އެކަހެރިކޮށްފައެވެ. އެ ބޯޓުގެ 8 ފަޅުވެރިން އެކަހެރި ކޮށްފައި ވަނީ ބޯޓުގައެވެ. އެބޯޓުން ދަތުރުކުރި 6 ދަތުރުވެރިން އެކަހެރިކޮށްފައި ވަނީ ވޭލި ރެސިޑެންސް ގެސްޓް ހައުސްގައެވެ.

އެންއީއޯސީގެ ކޮވިޑް-19 ގްރާފް 30 އޭޕްރިލް 2020
ޚިޔާލުތައް