A wide advertisement which will be shown on all devices. (700 x 100)

ކުރިން ނެގި ކޮވިޑް-19 ދެ ސާމްޕަލްގެ ނަތީޖާވެސް ނެގަޓިވް-ފވމ ސިޓީ ކައުންސިލް

ކޯވިޑް-19 އާއި ގުޅިގެން ފުވައްމުލައް ސިޓީގައި ގާއިމުކޮށްފައިވާ އިމަޖެންސީ އޮޕަރޭޝަން ސެންޓަރ.

ފުވައްމުލައް ސީޓީ އިން ކޮވިޑް-19 އަށް ކުރިން ނެގި ދެ ސާމްޕަލް ގެ ނަތީޖާ ނައްސި (ނެގަޓިވް) ވެފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

މިއަދު ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި ކޮވިޑް-19 އަށް ނެގަޓިވް ވެފައިވަނީ  ފާއިތުވި އޭޕްރީމަހު 26 އަދި 27 އެޕްރީލް ދުވަހު ފުވައްމުލައް ސިޓީ އިން ނަގާފައިވާ 2 ސާމްޕަލެވެ. މީގެ އިތުން  ފާއިތުވި އޭޕްރީމަހު 21 ވަނަ ދުވަހު ނެގި ސާމްޕަލްގެ ނަތީޖާ ނެގަޓިވް ވެފައިވާކަން ކުރިން ވަނީ ހާމަކޮށްފައެވެ.

ނަމަވެސް އެންމެ ފަހުން، 30 އޭޕްރީލް 2020 ގައި އަރިދަފުސް ރޯގާ ހުރެގެން ފުލޫ ކްލިނިކަށް ދެއްކުމުން ނެގި ސާމްޕަލް  ނަތީޖާ އަދި ނުލިބޭ ކަމަށް ހާމަކޮށްފައި ވެއެވެ. ފުވައްމުލަކު މިހާތަނަށް އެއްވެސް މީހަކު މިބައްޔަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ.

ފުވައްމުލަކު މިހާތަނަށް ނެގި ސާމްޕަލްތައް (ނަތީޖާ ނުލިބިވާ ސާމްޕަލް ފިޔަވައި) ހުރިހާ ސާމަޕަލެއް ނެގަޓީްވ ވެފައިވިޔަސް ފުވައްމުލައް ސިޓީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އައްނަނީ ހަރުކަށި ކުރަމުންނެވެެ. އެގޮތުން މިއަދު ވަނީ ރަށުގެ ރިންގް ރޯޑު އާއްމު ދަތުރު ފަތުރަށް ބަންދު ކޮށްފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފުވައްމުލަކު މުދާއުފުލާ، އުޖާލާ ބޯޓުގެ ފަޅުވެރިންނާއި ދަތުރުވެރިން ވަނީ 14 ދުވަހަށް އެކަހެރިކޮށްފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !