A wide advertisement which will be shown on all devices. (700 x 100)

އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދަޑު ސްޕައިކަރސް ހޯދައިފި

ހޯދަޑު ސްޕައިކާރސް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ، ސީދާ 3-0 މެޗް ކާމިޔާބު ކޮށްގެންނެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދަޑު ސްޕައިކަރސް ހޯދައިފިއެވެ.

ހޯދަޑު ސްޕައިކަރސް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ، މިރޭ ކުޅުނު އަންހެން ޑިވިޝަންގެ ފައިނަލް މެޗްގައި މާދަޑު އަވަށަށް ނިސްބަތްވާ ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ) އާއި ވާދަކޮށް، ސީދާ 3-0 ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.

ހޯދަޑު ސްޕައިކަރސް އިން ފުރަތަމަ ސެޓްތަށް ކާމިޔާބުކުރީ 25-22 އިންނެވެ. ޖެހިގެން އައި ސެޓް 25-20 އިން ކާމިޔާބުކުރި އިރު ފަހު ސެޓް ކާމިޔާބުކުރީ 25-14 އިންނެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމް ހޯދަޑު ސަޕައިކަރސް އަށް އެއްލަކަށް ރުފިޔާގެ ފައިސާގެ އިނާމެއް އަދި ރަނަރަފް ޓީމް ފިސްޑާއަށް ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް އަދި 3 ވަނަ އަށް ދިޔަ މިދިޔަ އަހަރުގެ މިމުބާރާތުގެ ޗެމްޕިއަން، މިސްކިތްމަގު އެންމެންގެ ގުޅުމަށް ފަންސަވީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ފުވައްމުލައް އަތޮޅު ކައުންސިލުން ވަނީ ދީފައެެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކީ ހޯދަޑު ސްޕައިކަރސްގެ ތިލިނީ އެވެ.

އަންހެން ޑިވިޝަންގެ ފެއާރޕްލޭ ޓީމަކަށް ހޮވިފައިވަނީ ފިސްޑާ އެވެ. މުބާރާތުގެ އެންމެ މޮޅު ހަކުޅުންތެރިންނަކީ ހޯދަޑު ސްޕައިކަރސްގެ ސައްފާން އަހްމަދު، ތިލިނީ، ހަޝިނީ، މާދިޖާ އަދި ފިސްޑާގެ ދިނިޝާގެ އިތުރުން މިސްކިތްމަގު އެންމެންގެ ގުޅުމުގެ ވޯލީ އެވެ.

މާދަމާ ހަވީރު މިމުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެެޗް އޮންނާނެއެވެ. މިމެޗްގައި ވާދަކުރާނީ ދިގުވާނޑަށް ނިސްބަތްވާ އަފުން ޓީމާއި މިމުބާރާތުގައި ރަށުން ބޭރު ޓީމެއްގެ ގޮތުގައި ބައިވެރިވި ހަމައެކަނި ޓީމު މީދޫ ވޮލީޓީމެވެ.

މިއީ ފުވައްމުލަކުގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ފެންވަރު ރަނގަޅު މުބާރާތެވެ. މިމުބާރާތުގެ ހުރިހާ މެޗްތަކެއް ޕީއެސްއެމްގެ ޔޭސް ޗެނަލް އިން ވަގުތުން ދައްކާނެއެވެ.

މިކަލް ނޫޙުގެ ޓީމުގެ ފަރާތުން ހޯދަޑު ސްޕައިކާރސް ހޯދި ކާމިޔާބީއަށް މަރުހަބާ ދައްނަވަމެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !