ސެނިޓަރީ ޕެޑާއި ނެޕީ ފަދަ ތަކެތި އުފެއްދުމުގައި ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ޖަޕާނުގެ ޔުނިޗާމް އިން ބާޒާރަށް ނެރެފައިވާ ސޯފީ ކޫލް ބްރޭންޑްގެ ފިނި ޕެޑު ސިބުކޯއިން ދިވެހި ބާޒާރަށް ނެރެފިއެވެ. ސޯފީ ކޫލް ބްރޭންޑުގެ މި ސެނިޓަރީ ޕެޑުގައި ބޭނުން ކޮށްފައިވާ އިންގިލާބީ ޓެކްނޮލޮޖީ އެއްކަމަށްވާ “ކޫލްޕެޑް ޓެކްނޮލޮޖީ” ގެ ސަބަބުން ޚާއްސަ ފިނިކަމެއް އިހުސާސްވުމުގެ އިތުރުން ހިރުވުންމާއި ލީކުވުން ފަދަ ކަންތައްތަކުން އަންހެން ކަނބަލުންގެ ޕީރިއަޑު ދުވަސްވަރު ރައްކާތެރިކަން ލިބޭނެއެވެ.
ސޮފީ ކޫލް ޕެޑު އަކީ ދިވެހިރާއްޖޭގައި ބޭނުންކުރާ މިބާވަތުގެ ފުރަތަމަ ފިނި ޕެޑެވެ. ރާއްޖޭގެ އިތުރުން އިންޑިއާގައި މިފަދަ ޓެކުނޮލޮޖީއެއް އެކުލެވޭ ފުރަތަމަ ސެނިޓަރީ ޕެޑަކީ ސޮފީ ކޫލް އެވެ.
މަމީޕޮކޯ ފަދަ މަޝްހޫރު ބްރޭޑްތައް އުފައްދާފައިވާ ޔުނިޗާމްގެ މި އުފެއްދުމާއި ގުޅޭ ގޮތުން ހެދި ސާވޭ އެއް ބުނާގޮތުން، “ސޮފީ ކޫލް” ޕެޑަކީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި ހަމައަށް އޭޝިއާ ގައި ބޭނުންކުރާ ޕެޑްގެ މަޝްހޫރު ބްރޭންޑްތަކުގެ ތެރެއިން ފިނި އިހުސާސެއްކޮށްދޭ ހަމައެކަނި ޕެޑެވެ.
“ސޮފީ ކޫލް” ޕެޑްގެ ދެ ސައިޒެއް ހުރެއެވެ. އެއީ 290 މިލިމީޓަރު ދިގު “ސޮފީ ކޫލް އެކްސްޓްރާ ލާރޖް” އަދި 323 މިލިމީޓަރު ދިގު “ސޮފީ ކޫލް އެކްސް.އެލް ޕްލަސް” އެވެ.
“ސޮފީ ކްލޫލް” ޕެޑް ތަފާތުވާ ސަބަބުތައް:
- ޖަޕާންގެ ކޫލް ޕެޑް ޓެކްނޮލޮޖީ ހިމެނިގެންވުން
- ފިނިކޮށްދީ އަރާމުކޮށްދިނުން
- ހިރުވުންފަދަ ތަފާތު އުނދަގޫތަކުން ދުރުކޮށްދިނުން
- ތެތްކަމުގެ އިހުސާސެއް ނެތި، ހިތްގައިމު އިހުސާސެއް ގެނެސްދިނުން
- މީރުވަސް އެކުލެވިގެންވުން
- ލީކުވުން ދުރުކޮށްދީ، ގިނައިރު ލީކްނުވެ ހިފަހައްޓައި ދިނުން
- އަލްޓަރާ ސްލިމް ފެޑަކަށްވުން
އިންގިލާބީ ބަދަލަކާއިއެކު ރާއްޖޭގެ ބާޒާރަށް ނެރެފައިވާ މިފިނި ޕެޑު ވީބީ ސްޕާމާކެޓާއި ސިބްކޯގެ ފިހާރަތަކުން ލިބެން ހުންނާނެކަމަށް އެފަރާތުން ހާމަކުރެއެވެ. ފުވައްމުލަކުގެ ސިބުކޯ ފިހާރަ ގާއިމުވެފައި ހުންނީ މިސްކިތްމަގު، ހުސްނުޙީނާ މަގުގެ ލިލީ މިސްކިތާއި އިންވެގެނެވެ.
ޚިޔާލުތައް