A wide advertisement which will be shown on all devices. (700 x 100)

‘ރަށްވެހި ފަތިސް’ ސާފު، އެކަމަކު މިއީ މަގޭ ރާއްޖެތަ؟ ނޫނީ އަފުންގެ ސިޓީ ތަ؟

މިފަހަރުގެ ކެމްޕޭން ތީމުތައް

ސިޔާސީ ފޯރީއަކީ ވަރަށް ވަރުގަދަ އެއްޗެއްކަން ދިވެހިން މިހާރު ގަބޫލުކުރާނެއެވެ. މި ފޯރި ގަދަކުރުމުގެ ގޮތުން ސިޔާސީ ޕާޓީތަކުން ވަކި ތީމަކަށް ކުރު އަޅާގަންނަ ފަދަ ޝިއާރުތައް ކަނޑައާޅައިގެން، އެއިގެ ދަށުން ސިޔާސީ މެނިފެސްޓޯއާއި މެސެޖްތަކާއި ޕޯސްޓަރުތައް ހެދުމަކީ މިހާރު ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. އެހެން ނޫނީ އެއީ ސިޔާސީ ހަރަކާތެއް ކަމަށްވެސް މިހާރު ގިނަ ދިވެހިން ބަލައިގަންނަ ހެނެއް ހީއެއްނުވެއެވެ.

މި ކޮލަމްގައި ފާހަގަކޮށްލަނީ ޕީޕީއެމް އާއި އެމްޑީޕީއިން މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ބޭނުންކުރާ ޝިއާރުތަކަށެވެ.

ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީއަކީ ކެމްޕޭންއިންގައި ރާއްޖޭގެ އެންމެ ކުރީގައި އުޅޭ ޕާޓީކަމާއި މެދު ދެބަސް ވެވޭކަށް ނެތެވެ. ކޮންމެ އިންތިޚާބެއްގައި ވެސް ރައްޔިތުންގެ ހިތް އަތުލައިގަންނަން އެމީހުން ބޭނުންކުރާ މޮޅު ޝިއަރުތަކާއި ތީމުތައް އަދި މެސެޖުތައް ކަކީ ގިނަބަޔެއްގެ ހިތްއަތުލާ އެއްކަމެވެ. މިކަމަށް އެމީހުން ގެ އިސް ސަޕޯޓަރުންނާއި ކެންޑިޑޭޓުން އަދި ކެމްޕެއިން މެނޭޖަރުން ތަމްރީނުކޮށް ސެންޓްރަލް ކޮމެޓީއަކުން ތީމުތަކުގެ ލޭއައުޓް ޓެމްޕްލޭޓްތައް ހަދައި ކެންޑިޑޭޓުންނާއި ސަޕޯޓަރުންނަށް މަގުތައްކައި މަސައްކަތް ލުއިކޮށްދޭތަން ފެނެއެވެ. އެއާއެކު އެއް ތީމެއްގައި މައިގަނޑު އެއްޝިއާރެއްގެ ދަށުން މުޅިރާއްޖޭގެ އެކި ހިސާބުތަކުގައި އެމްޑީޕީ ކެމްޕޭން ޕޯސްޓަރުތަކާއި ބެނާތައް ފެނިގެންދާއިރު އެއްއަތޮޅުން ނުވަތަ އެއްރަށުން އަނެއް ރަށަށް ވެސް ކެމްޕޭން ކުރަނީ ކަމަށް ބަލާ މީހުންނަށް ސިފަވެގެން ދެއެވެ.

އެމްޑީޕީ ރަށްފވެހި ފަތިސް ކެމްޕޭން ތީމް

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީީގެ ޝިއާރަކީ “ރަށްވެހި ފަތިސް” އެވެ. އެމްޑީޕީގެ ހުރިހާ ކެމްޕޭން ޖަލްސާތަކުންނާއި، ކެންޑިޭޓުންގެ ޕޯސްޓަރުތަކާއި ބެނާތަކުން އަދި މެސެޖުތަކުން ފެންނަނީ “ރަށްވެހި ފަތިސް” އެވެ. މުޅިންވެސް ފެންނަނީ އެއްތީމެކެވެ. އަދި އެތީމުގެ ޝަރަހަ ޖަލްސާތަކުގަިއ ތަކުރާރުކުރެއެވެ. މުޅި ސޯޝަލް މީޑިއާ، ޓުވިޓާ އަދި ފޭސްބުކް އާއި އިންސްްޓެގްރާމް އަދި މިހާރު ޓިކްޓޮކް އިން އެކައްޗައެއް ގޮތަށް ފެންގެން ދިއުމުން ހިތައް އަހަނީ މީހާދަ ވަރުގަދަ ބަޔެކޭ ކަމަށެވެ. އިންތިޚާބު ކާމިޔާބުކުރާނީ މި މީހުންކަށް ހިތާއި ސިކުނޑިއަށް މެސެޖު ލިބެއެވެ. ހަމަ ކެމްޕޭން ވަރުގަދައީ އެވެ. ތީމުތަކާއި މެސެޖުތަކުން މީހުންތެ ހިތްފަތަހަ ކުރަނީ ބާއެވެ؟

ރަށްވެހި ފަތިސް މާނަކޮށްދެމުން އެމްޑީޕީން ބުނަމުންދަނީ މާ އުޖާލާ ފަތިހަކަށް އަލިވިލެނީ ކަމަށެވެ. ރަށްވެހިކަމަށް އައު އަލިކަމެއް ގެނެސް ދެނީ ކަމަށެވެ. ޖަޒީރާއަކުން ތަރައްގީއާއި ތަމައްދުންގެ ފަހި ސިޓީއަކަށް ބަދަލުވުމުގެ ހިޔަނި ޕޯސްޓަރުން ދައްކާދެއެވެ. މެނިފެސްޓޯގެ ވާހަކަ މިލިޔުމުގައި ނުދާއްކާނަމެވެ.

ދެން އޮތީ ޕީޕީިއެމްގެ ވާހަކައެވެ. މާލޭއާއި ރާއްޖެގެ ގިނަ ރަށްރަށުގެ ޕީޕީއެމް ކެންޑިޑޭޓުން “މިއީ މަގޭ ރާއްޖެ” ޝިއާރުގެ ދަށުން ކެމްޕޭން ކުރިޔަށް ގެންދަތަން ފެނެއެވެ. ނަމަވެސް ޕީޕީއެމް ފުވައްމުލައް ސިޓިަގއި ފެންނަނީ އެހެން ޝިއާރެކެވެ. “އަފުންގެ ސިޓީ” އެވެ. ފުވައްމުލައް ސިޓީގައި ކުރީކޮޅު މުޅިންވެސް ފެނުނީ “އަފުންގެ ސިޓީ” ގެ ޝިއާރެކެވެ. ނަމަވެސް މިހާރު ކޮންމެވެސް ވަރަކަށް މިދެ ޝިއާރު މިކްސް ވެފައިވާތަން ފުވައްމުލައް ސިޓީގެ ޕީޕީއެމް ކެމްޕޭން ހަރަކާތްތަކުން ފާހަގަ ކުރެވެއެވެ.

ޕީޕީއެމް ކެމްޕޭން ތީމް- ސާފެއްނޫން

އަފުންގެ ސިޓީ މާނަކުރަނީ ކޮންގޮތަކަށް ކަމެއް ރައްޔިތުންނަށް ތިލަކޮށް ދީފައެއް ނުވެއެވެ. އަދި ހަމަ އެގޮތަށް “މިއީ މަގޭ ރާއްޖެ” ޝިއާރު މާނަކުރާގޮތެއް ވެސް ތިލަކޮށްދީފައެއް ނުވެއެވެ.

އެކިމީހުން އެކި ޝިއާރުތައް ބޭނުންކުރުމުން ކެމްޕޭން ހަރަކާތްތައް އެކުނުލެވިފައިވާކަން ބަލާ މީހުނަނަށް ފެންނާނެއެވެ. އަދި ނުދަންނަ ދުރު މީހުންނަށް ހީވަނީ އެއީ މުޅިން ތަފާތު އެކިއެކި މީހުން ކަމަށެވެ. ވުމާއެކު މިފަހަރުގެ ޕީޕީއެމްގެ އަސްލު ކެމްޕޭން މައި ސްލޮގަން އަކީ ކޮބައި ކަން ސާފުނުވެ ގޮސް ކެމްޕޭން ނިމެނީއެވެ. ބައެއް ޕޯސްޓަރުތަކުގައި ތީމެއްގެ ގޮތުގައި ގައުމީދިދަ ބޭނުންކުރާއިރު އަނެއްބައި ޕޯސްޓަރުތަކަކުން ދިދައެއް ނުފެނުމުން ތީމް ގެއްލިދެއެވެ.

ޕީޕީއެމް ފުވައްމުލައް ސިޓިަގއި “އަފުންގެ ސިޓީ” ކެމްޕޭން ތީމް

މިތަނުން ރަނގަޅީ ކޮން ޝިއާރެއް ބާވައެވެ؟ މިއީ މަގޭ ރާއްޖޭ ބާއެވެ؟ ނުވަތަ އަފުންގެ ސިޓީ ބާވައެވެ؟ ބަލާ މީހުންނަށް އެހާ ސާފެއް ނޫނެވެ. މިދެޝިއާރަށް ވިސްނާލާއިރު “މިއީ މަގޭ ރާއްޖެ” އިން “މަގޭ މިބަހުން މާނަކޮށް ދެނީ އެކަހެކަރި ކަމާއެކ، ދިވެހިރާއްޖެ އަކީ ތިމަންނަގެ ތަނެކޭ ހެން ހީވެއެވެ. އެއާއި އިދިކޮޅަށް “އަފުންގެ ސިޓީ” އިން އަންގައި ދެނީ އެންމެންގެ ސިޓިކަމެވެ. ވުމއެކު މިދެޝިއާރު އެއްކޮށް ބޭނުން ކުރާކަމުގައިވާނަމަ ދެވޭ މެސެޖުގައި މާނައިގެ ނުވަތަ ފިކުރުގެ ބޮޑު ފުށުއެރުމެއް އެބަހުއްޓެވެ. އެއީ އެކަނިވެރިކަމާއި އެއިގެ ގެ އިދިކޮޅު އެކުގައި ވުމެވެ. ކެމްޕޭން ކުރާ ފަރާތްަކުްނ މިދެ ޝިއާރު ޝަރަހަކޮށް ދީފައިވާތަނެއް ނުފެނެއެވެ. ވުމާއެކު މާނަކުރާ މީހުން ތަފާތު ގޮތްގޮތަށް މާނަކުރުމުގެ ފުރުސަތު ވެސް ބޮޑުވެގެން ދެއެވެ.

ޕީޕީއެމުން ކެމްޕޭނަށް ބޭނުންކުރި ދެ ތީމެއް

އަޅުގަނޑު މިގޮތަށް މާނަކުރި ކަމުގައި ވިޔަސް އެޕާޓީއިން ސީދާ މާނަކުރާ ގޮތެއް އެނގިފައެއް ނެތެވެ. ސާފުވާކަމަކީ މިއީ ފުށުއެރުން ހުރި ދެ މިސްރާބަކަށް ވިސްނުން ގެންދާ ދެ ޝިއާރެއް ކަމެވެ. އަދި ގުޅިފައިވާ ކެމްޕޭންތަކެއްގައި އެއްބަޔަކު މީތިން ވަކި ބައެއް ބޭނުންކޮށްފައި އަނެއްބަޔަކު އެހެން ޝިއާރެއް ބޭނުންކުރުމުން ކެމްޕޭނުގެ ހުރި އިދިކީލިކަން ހާމަވެއެވެ.

ޕީޕިއެމް ކެމްޕޭން ތީމް ގެއްލިގައި…

ޕީޕިއެމް އިން ކެމްޕޭނަށް ބަިއވެރިން ތަމްރީނކުރުމަށް ތަރުތީބުވެފައިވާ މަސައްކަތްތަކެއް މުޅިރާއްޖެ އެއްގައިކޮށް ކުރެވޭތަނެއް ނުފެނެއެވެ. ކެމްޕޭން ޓީމުތަކަށް ތަމްރީނު ދޭކަން އަމަލީގޮތުން ނުފެނެއެވެ. ނަމަވެސް މިފަހަރުގެ ފުވައްމުލައް ސިޓީ ޕީޕީއެމް ކެންޑިޑެޓުން ވަރަށް ހިތްވަރުކޮށް އެމްޑީޕީއާއި އެއްހަމައެއްގައި ފައިތިލަ ސާބިތުކުރަމށް މަސައްކަތް ކުރާކަން ފާހަގަ ވެއެވެ. އެގޮތުން އެހްނާ ނުފެންނަ ވަރުގެ މެނިފެސްޓޯއެއް ވެސް ފެނިއްޖެއެވެ. އަދި ކެމްޕޭން ފެށުމުގެ ޖަލްސާއެއް އެއްމްޑީޕީއަށްވުރެ ކުރިން ބޭއްވިއެވެ. އަދި ލައިވް ޓީވީ ޕްރޮގްރާމެއްގައި ކެންޑިޑޭޓުން ތައާރަފު ވެސް ކޮށްދިނެވެ. ނަމަވެސް އެންމެ އަޅާގައިގަތީ މައިޕާޓީގެ ކެމްޕޭން ޝިއާރާއި ތަފާތު ޝިއާރެއް ފުވައްމުލައް ސިޓީގެ ޕީޕީއެމް ކެންޑިޑެޓުން ގެންގުޅުނު ތަނެވެ.

އެމްޑިީޕީ “ރަށްވެހި ފަތިސް” ކެމްޕޭން ތީމްގަިއ ހިފަހައްޓަމުން ދޭ!

 

 

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !