A wide advertisement which will be shown on all devices. (700 x 100)

ދޫނޑިގަން ކައުންސިލުން އެއަވަށުގައި ކުޑަކުދިންގެ ޕާކެއް ހުޅުވައިފި

ދޫނޑިގަން ކުޑަކުދިންގެ ޕާކް. ފޮޓޯ: އިބްރާހިމް މުހައްމަދު

ފުވައްމުލަކު ދޫނޑިގަން ކައުންސިލުން އެއަވަށުގައި
ކުޑަކުދިންގެ ޕާކެއް ހުޅުވައިފިއެވެ.

މިއަދު ހަވީރު އެއަވަށުގެ ހުރިހާ ރައްޔިތުންނަށް
ދައުވަތުދީގެން ބޭއްވި ރަސްމިއްޔާތަކަށްފަހު ކުޑަކުދިންގެ ޕާކް ރަސްމީކޮށް
ހުޅުވާފައިވެއެވެ. ދޫނޑިގަން ކައުންސިލުން ވިދާޅުވީ ކުޑަކުދިން ޕާކެއް ހެދުމަށް ގިނަ
ބައެއްހެ އެހީތެރިކަން ލިބިފައިވާ ކަމަށާއި އެފަރާތްތަކަށް ޝުކުރު
ދަންނަވާކަމަށެވެ.

ދޫނޑިގަން ކައުންސިލް ރައީސް އިބްރާހިމް މުހައްމަދު
ވިދާޅުވީ ކައުންސިލަށް އައީ ރައްޔިތުންނާއި ގުޅިގެން ދޫނޑިގަމަށް ހެޔޮ
ބަދަލުތަކެއް ގެނައުމަށް ކަމަށެވެ.

“އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިދަނި
އެމަސައްކަތް ކުރަމުން” އިބްރާހިމް މުހައްމަދު އޭނާގެ ފޭސްބުކް ޕޭޖްގައި
ވިދާޅުވެފައިވެއެވެ.

ގިނަ އަދަދެއްގެ ސާމާނުތަކާއި އެކު ދޫނޑިގަން އަވަށުގައި
ޕާކެއް މިއަދު ހުޅުވުމާއި އެކު ފުވައްމުލަކު އަށް އަވަށުގެ ތެރެއިން ހަތް
އަވަށުގައި ކުޑަކުދިންނަށް ހާއްސަޕާކެއް ހުޅުވުނީއެވެ. ކުޑަކުދިންގެ ޕާކެއް ނެތީ
އެންމެ ހިންގުންތެރި ކައުންސިލްކަމަށް އެލްޖީއޭ އިން މިއަހަރު ކަނޑައެޅި
މިސްކިތްމަގު ކައުންސިލް ނިސްބަތްވާ މިސްކިތްމަގު އަވަށުގައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !