A wide advertisement which will be shown on all devices. (700 x 100)

އެންސީއައިޓީ ކުލާސް ރޫމް އަންދާލުމަކީ، ހޯދަޑު ރައްޔިތުންނަށް ލިބުނު ވަރަށްވެސް ނިކަމެތި ކަމެއް- ހޯދަޑު ކައުންސިލް

ރޯކޮއްލި އެންސީއައިޓީގެ ކްލާސް ރޫމް

އެންސީއައިޓީ ކުލާސް ރޫމް އަންދާލުމަކީ، ހޯދަޑު ރައްޔިތުންނަށް ލިބުނު ވަރަށްވެސް ނިކަމެތި ކަމެއް ކަމަށް ހޯދަޑު ކައުންސިލުން ހާމަކުރައްވައިފިއެވެ.

ހޯދަޑު ކައުންސިލުން މިހެން ހާމަކުރެއްވީ، އެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ،  ކުރިން ނައިބް އަބޫބަކުރު ސްކޫލް ހިންގި އިމާރާތުގައި ގާއިމުކޮށްފައިވާ، އެންސީއައިޓީ ކޮޕިއުޓަރ ކްލާސް ރޫމް އާއި އެތަނުގައި މުދާލާފައި ހުރި ގުދަނުގައި ރޯކޮއްލައި ބައެއްތަކެތި ވަގަށް ގެންދިއުމާއި ގުޅިގެންނެނެވެ.

“އެންސީއައިޓީގެ ކްލާސް ރުމާއި މުދާލާފައި ހުރި ގުދަނުގައި އަލިފާން ރޯކޮށް އަންދާލުމާއި ބައެއްތަކެތި ވަގަށް ނެގުމަކީ ހޯދަޑު ރައްޔިތުންނަށް ލިބުނު ވަރަށްވެސް ނިކަމެތި ކަމެއް، އަދި މި އަމަލަކީ ވަރަށް ނާތަހުޒީބީ އަދި އެހާމެ ފިޑި އަމަލެއް، މިކަން އެނމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަން” ހޯދަޑު ކައުންސިލުން ހާމަކުރެއްވިއެވެ.

އަދި މިކަން ކުރި ބަޔަކު ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ އެންމެހާއި ކަންތައްތައް ކުރަމުންދާކަމަށް ފުވައްމުލަކު ހޯދަޑު ކައުންސިލުން ހާމަކުރައްވައެވެ

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !