A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު މަގުތައް ބާރަށް ކުރިއަށްދާތަން ޖުލައި ނިމުމުގެ ކުރިން ފެންނާނެ – އެމްޓީސީސީ ސީއީއޯ

ފުވައްމުލަކު ތާރު މަގު

ފުވައްމުލަކު މަގުތަކުގެ މަސައްކަތް ބާރަށް ކުރިއަށްދާތަން ކުރިއަށް އޮތް ޖުލައި މަސްނިމުމުގެ ކުރިން ފެންނާނެކަމަށް އެމަސައްކަތާއި ހަވާލުވެފައިވާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާދަމް އާޒިމް މިހެން ވިދާޅުވެފައިވަނީ މިއަދު އަޕްޑޭޓް ކުރެއްވި ފޭސްބުކު ސްޓެޓަސްއެއްގައެވެ. ފުވައްމުލަކު މަގުތަކުގެ މަސައްކަތާއި ގުޅޭ ގޮތުން އާދަމް އާޒިމް ވިދާޅުވެފައިވަނީ މަގުގެ ޕްލޭނިންގެ ގިނަ މަސައްކަތްތައް މިހާރު ނިމެމުންދާ ކަމަށެވެ. އަދި މަގުގެ ބައެއް މަސައްކަތް އެމްޓީސީސީގެ ފުވައްމުލަކު ސައިޓްގައިވެސް ހިގަމުންދާ ކަަމަށެވެ. ޕްލޭން ރަގަޅުކޮށް ފެށުމުން ފުރިހަމަ މަގުތަކެއް ލިބޭނެކަމަށްވެސް އާޒިމު ވިދާޅުވިއެވެ.

ފުވައްމުލަކު މަގުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރެވުނީ މިދިޔަ އަހަރު މާޗު މަހު ފަހުކޮޅުގައެވެ. އޭރު ހަވާލުކުރެވުނީ 2.7 ކިލޯ މީޓަރުގައި ތާރު އަޅާ ފެންހިންދާ ނިޒާމު ގާއިމުކުރުމާއި މަގުބައްތި ޖެހުމާއި ސްޕީޑް ބްރޭކަރު ހެދުމަށެވެ. އެމަސައްކަތް ހަވާލުކުރެވިފައިވަނީ 240 ދުވަސްތެރޭ ތާރުއަޅައި ނިންމުމަށެވެ. އެމަސައްކަތުގެ ތާރުގެމަސައްކަތް ނިންމާ މަގު ބޭނުން މިހާރުުވަނީ ކުރަންފަށާފައެވެ. ނަމަވެސް، މިމަސައްކަތް މާޗު މަހު ހަވާލުކުރުމަށްފަހު ރައްޔިތުންގެ ހިތްހަމަ ނުޖެހުންތަކަކާއި ގުޅިގެން މިދިޔަ އަހަރު އެޕްރީލް މަހު ވަނީ ފުވައްމުލަކު ބޮޑެތި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްވެސް އެމްޓީސީސީ އާއި ހަވާލުކުރެވިފައެވެ. އެމަސައްކަތް އެދެވޭ ސްޕީޑުގައި ކުރިއަށް ނުދާކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ނަމަވެސް، އެމަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރެވިފައިވަނީ ޕްލޭންތައް ފައިނަލް ނުވެކަމުން ގިނަ ދުވަސްތަކެއް މިވަނީ ޕްލޭންތައް ފުރިހަމަކުރުމަށް ނަގާފައެވެ. އެމްޓީސީސީ ސީއީއޯ މިއަދު ކުރެއްވި އަޕްޑޭޓްގައިވެސް އަދިވެސް ޕްލޭނިންގެ ބައެއް މަސައްކަތް ނުނިމޭކަން ދޭހަވާފަދަ ގޮތަކަށް ވަނީ ވިދާޅުވެފައެވެ.

ފުވައްމުލަކު ބޮޑެތި މަގުތަކާއި އެއްކޮށް ކަހަލަގޮތަކަށް އެމްޓީސީސީ އާއި ހަވާލުކުރި އައްޑު އަތޮޅު ހުޅުމީދޫ ބަހާއުއްދީނު މަގުގެ 2.7 ކިލޯ މީޓަރުގައި މިހާރުވަނީ ތާރުއަޅާ ނިންމާލާފައެވެ. ހުޅޫމީދޫ ބަހާއުއްދީނު މަގު ހެދުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު މާޗު މަހު 27 ގައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • ހަވާނާ

    ތި މަގުތަކުގެ މަސައްކަތް ނިމޭއިރު ނަރުދަމާޔާ އެއްފެންވަރަށް ނުދިއައްޔާ ކިތައްމެހާވެސް ރަނގަޅު ، ނަރުދަމާގެ ފެންވަރަކީ މުޅިރަށް ގުއިވަހުންވަނީ އެއްވަސް ވެފަ ޗީޗީ ޗީޗީ ނަރުދަމާ ހެދުމުގެ ކުރިން މުޅިރަށުން ގުއިވަހެއް ނުދުވާ މިހާރު މުޅި ރަށުގަ ގުއިވަސް