މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި ފުނާޑު 3 މީހަކު ތަހުގީގަށް ހާޒިރުވާން ފުލުން ނޯޓިސް ނެރެފި

ފުލުހުންގެ ތަހުގީގަށް ހަޒިރުވާން އަންގާފައިވާ 3 މީހުން
Share on facebook
Share on twitter
Share on google

މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ފުވައްމުލައް ސިޓީ ފުނާޑު އަވަށުގެ 3 މީހަކު ތަހުގީގަށް ހާޒިރުވާން ފުލުހުން އާއްމު ނޯޓިސް އެއް ނެރެފިއެވެ. މިތިން މީހުން އުޅޭ ވަކިތަނެއް ނޭގުމުގެ ސަބަބުން ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް ޗިޓް ހަވާލުކުރެވޭނެ ގޮތް ނުވެފައިވާ ކަމަށް ވެއެވެ.

ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މިމައްސަލައިގެ ތަހުގީގަށް އެތިން މީހަކު ހާޒިރުކުރުމަށް ބޭނުންވި ނަމަވެސް އެމީހުން އުޅޭ ވަކިތަނެއް ނޭނގުމާއި އަދި އާއިލާއަށް ވެސް އެމީހުން ދިރިއުޅޭ ވަކިތަނެއް އެނގިފައި ނުވާތީ އެމީހުން ތަހުގީގަށް ހަޒިރުވުމަށް އަންގާކަން އާއްމުކޮށްފައި ވެއެވެ.

އެގޮތުން ފުލުހުންގެ ތަހުގީގަށް ހާޒިރުވާން އާއްމުކޮށް އަންގާފައިވާ މީހުންނަކީ؛

1. މުޙައްމަދު އައުފް ރަޝީދު (20އ)، ފުނާޑު، ފޮއްގަސްގެ، ޏ. ފުވައްމުލައް.

2. ނަޛީޙު އިބްރާހީމް (24އ)، ފުނާޑު، ޢަޒްމް، ޏ. ފުވައްމުލައް

3. ޢަބްދުﷲ ރިފުޢާން މުޙައްމަދު (21އ)، ފުނާޑު، ފްލޯރާސް، ޏ. ފުވައްމުލައް. އެވެ.

މިއީ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން ޢަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި ކުރި އިއުލާނެކެވެ.

މި މީހުންނާއި މެދު ތަހުގީގު ކުރެވެނީ މަކަރާއި ހީލަތުން އޮޅުވާލައިގެން މީހުން އަތުން ފައިސާ ހޯދާފައިވާ މައްސަލައެވެ. ފުލުހުން އާއްމުކޮށްފައިވާ ގޮތުގައި މި 3 މީހުން ހާޒިރުވާން ޖެހެނީ އަންނަ ޖުލައި މަހު 5 ވަނަ ދުވަހު (2020) މެންދުރު 2:00 އަށް ހުޅުމާލެ ޕޮލިސް ސްޓޭޝަނަށެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments