A wide advertisement which will be shown on all devices. (700 x 100)

ހޮސްޕިޓަލިޓީ ދާއިރާގެ ވަޒީފާގެ ފުރުސަތުތަކުގެ މުހިންމު މައުލޫމާތުތަކެއް ހިއްސާކުރި

ހޮސްޕިޓަލިޓީ ދާއިރާގެ ވަޒީފާތަކާއި ގުޅޭ ގޮތުން ހަސަން ސައީދު މައުލޫމާތު ފޯރުކޮށް ދެއްވަނީ، 3 ޖުަލައި 2020

ހޮސްޕިޓަލިޓީ ދާއިރާގައި ހުރި ވަޒީފާގެ މައުލޫމާތު ދިނުމަށް ބޭއްވި ސެޝަނަށް ހާޒިރުވެފައި ވަނީ މަދުބައެކެވެ. މަދުބަޔަކު ހާޒިރުވި ނަމަވެސް މިސެޝަނުގައި ވަރަށް މުހިންމު ގިނަ މައުުލޫމާތުތަކެއް ހިއްސާކުރެވިގެން ދިޔައެވެ. މިސެޝަން ބާއްވާފައިވަނީ ހަފުތާއެއް ހާދުވަހަށް އެކި ގޮތްގޮތުން އިސްތިހާރު ކުރެވިގެންނެވެ.

ޖުލައި 3 ވަނަ ދުވަހުގެ ރޭ ޏ.އޭއީސީ ހޯލުގައި ބޭއްވި ބައްދަލުވުން ކުރިޔަށް ގެންގޮސްފައި ވަނީ ހޮސްޕިޓަލިޓީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ހަސަން ސައީދު އެއްގަމިގޭ އެވެ. މައުލޫމާތު ސެޝަންގައި ހަސަން ވަނީ ހޮސްޕިޓަލިޓީ ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތައް ކުރުގޮތަކަށް ވިދާޅުވެއްވާފައެވެ. މިއީ ވަން-ފުވައްމުލައް އެންޖީއޯއާއި ރިޒޯޓްތަކުަގއި ވަޒީފާއަދާކުރާ ފުވައްމުލަކުގެ ކުދިން ގުޅިގެން ކުރިޔަށްގެންދިޔަ މައުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަނެކެވެ.

އަޑުއެހުންތެރިންނާއި ބެލުންތެރިން ޝައުގުކުރުވަނިވި ގޮތަށް ބައިވެރިންނާއި ސުވާލުތައް ކުރައްވަމުން ހަސަންގެ ޕްރެޒެންޓޭޝަން ކުރިޔަށް ގެންދެވީ އަމަލީ މައިދާނުން މިސާލުތައް ވެސް ދައްކަވަމުންވެ. އަދި ހޮސްޕިޓަލިޓީ ދާއިރާގައި މިވަގުތު އިސް މަގާމުތަކުގައި ތިބި މެނޭޖަރުންގެ ނަމާއި ފޮޓޯ އަދި މަގާމު ހާމަކުރައްވަމުން، އެފަރާތްތައް މިއަދު އެހިސާބަށް އާދެވިފައި އެތިބީ ހިއްވަރާއއެކު ކުރެއްވި ބުރަ މަސައްކަތުން ކަމަށް ފާހަގަކުރައްވައި ނަމޫނާ ދެއްކެވިއެވެ. އެގޮތުން ފުވައްމުލަކީ ހޮސްޕިޓަލީޓީ ދާއިރާގެ ލީޑަރުން އުފައްދާ ރަށެއްގެ ގޮތުގައި ފާހަގަ ކުރެއްވިއެވެ.

އެންމެ ފުރަތަމަ ފުވައްމުލަކު އަތޮޅު ކައުންސިލަރުގެ މަގާމުވެސް ފުރުއްވި ހަސަން ސައީދު ވިދާޅުވީ މެހުމާން ދާރީ އަދަކުރުމަކީ ފުވައްމުލަކުގެ މީހުންނާއި މާކުރިއްސުރެ ވެސް ގުޅިލާމެހިފާއިވާ ކަމެއްކަން ތާރީޚީ ލިޔުންތަކުންނާއި ފަތުރުވެރިންގެ ޑައިރީ ތަކުން އެގެން ހުރިކަމަށެވެ.

ހޮސްޕިޓަލިޓީ ދާއިރާގެ ވަޒީފާތަކާއި ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުން، 3 ޖުަލައި 2020

ނަމަވެސް ހޮސްޕީޓަލިޓީ ދާއިރާއަށް މީހުން ނުކުތުމުގައި ހުރި އެންމެ ބޮޑު ގޮންޖެހުމަކީ އެދާއިރާއާއި މެދު ދިވެހިްނ ދެކޭ ގޮތް ރަނގަޅުނުވުން ކަމަށް ފާހަކުރެއްވިއެވެ. އެގޮތުން އަންހެންކުދިން ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތް ކުރުމަށް އެދާއިރާގައި މަސައްކަތް ކުރާ އިސްމީހުންގެ ވިސްނުންވެސް އެހާ ޕޮޒިޓިވް ނޫންކަމަށް ހާމަކުރެއްވިއެވެ.

ހޮސްޕިޓަލަޓީ ދާއިރާގައި 40000 (ސާޅީސް ހާސް) އަށްވުރެ ގިނަ  ދިވެހިން ވަޒީފާތަކުގަިއ ތިބި އިރު އެއީ ނިސްބަތުން %40 ވަރުކަމަށެވެ. އަދި އިތުރަށް 30 ޙާހެއް ހާ ދިވެހިން ވަޒީފާއަށް ނެރެވިގެން އަދި ކިރިޔާ އެ އާދެވެނީ މިދާއިރާގެ ޖުމަލް ވަޒީފާގެ %50 އަށްް ކަމަށް ހަސަން ވިދާޅުވިއެވެ. ވީއިރު ހޮސްޕިޓަލީޓީ ދާއިރާއަށް ގިނަ އަދަދަކަށް މީހުން ބޭނުންވާ ކަމަށެވެ.

ހޮސްޕިޓަލިޓީ ދާއިރާގެ ވަޒީފާތަކާއި ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުން، 3 ޖުަލައި 2020

ހޮސްޕިޓަލިޓީ ދާއިރާގެ މަސައްކަތް މައިގަނޑު ދެގޮތަކަށް ބާހަލެވެއެވެ. އެއީ ފްރޮންޓް އޮފީހުގެ މަސައްކަތާއި ބެކް އޮފް ދަ ހައުސް ގެ މަސއްކަތެވެ.

ރިޒޯޓް މަސައްކަތުގައި މައިގަނދު ވަޒީފާތައް ހުންނަ ދާއިރާތައް ކަމަށް ހަސައންގެ ޕްރެޒެންޓޭޝަނުގައި ފާހަގަކުރެއްވީ:

ހޮސްޕިޓަލިޓީ (މެހުމާން ދާރީ) ގެ ބައިން ރޫމް ސާވިސް އާއި ފުޑް އެނަޑް ބެވަރޭޖަސް ސާވިސް އާއި ކަލިނަރީ ސާވިސް އެވެ.

ސަޕޯޓް ގެ ބައިން އިންޖިނިއަރިން، އާއި ހިއުމަން ރިސޯސް އާއި ފައިނޭންސިން އަދި ސޭލްސް އެންޑް މާކެޓިން އެވެ.

ހޮސްޕިޓަލިޓީ ދާއިރާއަށް ކިޔަވައިގެން ތިބި އަދި ދާއިރާގެ ތަޖުރިބާ ލިބިފައިވާ މީހުންނަށް ވުން ބޭނުންކަމަށެވެ. އެގޮތުން ވަަޒީފާއަށް ދާން އެންމެ ރަނގަޅު އެއް ފުރުސަތަކީ ރިޒޯޓުތަކުން ހިންގާ އެޕްރެންޓިސް ޕްރޮގްރާމެއްގައި ބައިވެރިވެގެން އެއިގެ ތެރެއިން ވަޒީފާއަށް ދިއުމެވެ. އަނެއް ގޮތަކީ ހޮސްޕިޓަލިޓީ ދާއިރާއިން ޑިޕްލޮމާއެއް ހަދަފައި ރިޒޯޓެއްގައި މަސައްކަތް ތަޖުރިބާ ހޯދުމަށްފަހު އިތުރަށް ކިޔެވުމެވެ.

ހޮސްޕިޓަލިޓީ ދާއިރާގެ ވަޒީފާތަކާއި ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުން، 3 ޖުަލައި 2020

މިބައްދަލުވުމުގަައި ޏ.އޭއީސީގެ ޕްރިންސިޕަލްގެ ވާހަކަ ކޮޅެއް ވެސް ގެނެސްދީފައި ވެއެވެ. ޕްރެޒެންޓޭޝަނަށް ފަހު ބައިވެރިނަނަށް ސުވާލުކުރުމުގެ ފުރުސަތު ވެސް ދީފައި ވެއެވެ. އަދި ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ އެކިދާއިރާތަކުގެ އިސް ސަފުގައި މަަސައްކަތްކުރާ މީހުން ބައިވެރިންނާއި ވަކިވަކި މޭޒުތަކުން މައުލޫމާތު ދިނުން ކުރިޔަށް ގެންގޮސްފައި ވެއެވެ.

ސްކޫލްތަކުގެ ދަރިވަރުންގެ ތެރެއިން ބައްދަލުވުމަށް ހާޒިރުވެފައިވަނީ އެމްޖޭއެސްގެ ދަރިވަރުން ކޮޅެއް އެކަންޏެވެ. ބައްދަލުވުން ނިންމާލީ މީގެ އިތުރު ބައްދަލުވުމެއް ޏ.އޭއީސީ ލައިބްރަރީގައި މިހަފުތާތެރޭގައި ބާއްވާނެކަމަށް އިއުލާންކުރަމުންނެވެ.

ހޮސްޕިޓަލިޓީ ދާއިރާގެ ވަޒީފާތަކާއި ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުން، 3 ޖުަލައި 2020

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !