A wide advertisement which will be shown on all devices. (700 x 100)

ކަށީގެ ޑޮކްޓަރު ޑރ. މުންޝިދަށް ދެއްކުމަށް ބާރު ބޮޑުވި

ޑރ. މުންޝިދު ފުވައްމުލަކު ހޮސްޕިޓަލުގައި ބަލިމީހުން ބައްލަވަނީ

ފުވައްމުލަކު ހޮސްޕިޓަލަށް ޒިޔާރތް ކުރެއްވި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ކަށީގެ ޚާއްޞަ ޑޮކްޓަރު، ޑރ. މުޙައްމަދު މުންޝިދު އަށް ދެއްކުމަށް ގިނަ ބަޔަކު ބޭނުންވެ ބާރު ބޮޑުވެގެން ދިޔަ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ހާމަކުރައްވައިފިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން އެދުމަކަށް އައްޑޫ އެކުއަޓޯރިލް ހޮސްޕިޓަލުން އެ ހޮސްޕިޓަލުގެ ކަށީގެ ޚާއްޞަ ޑޮކްޓަރ، ޑރ. މުޙައްމަދު މުންޝިދު ފުވައްމުލަކު ހޮސްޕިޓަލުގެ ކޮންޝަލްޓޭޝަން ޚިދުމަތަށް ފޮނުއްވައި ދެއްވީ ނިމުނު ހަފުތާ ބަންދާއެކު 3 ދުވަހަށެވެ. އެގޮތުން ކޮންމެ ދުވަހަކު 20 ބަލި މިހުން ބަލާގަޮތަށް ޝެޑިއުލް ކުރެވުިނު ކަމުގަިއ ވިޔަސް ޑރ. މުންޝަދަށް ދެއްކުމަށް ގިނަ ބަޔަކު އެދެމުން ދިއުމުން އިތުރު ފުރުސަތު ދޭގޮތަށް ހަމަޖައްސައި މިއަދު، 18 ޖުލައި 2020ގައި ފުރާ ވަޑައިގަތީ 133 މީހުން ބައްލަވައި ދެއްވާފައި ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު ހާމަކުރެއްވިއެވެ. ޑރ. އައްޑޫ އެކުއަޓޯރިލް ހޮސްޕިޓަލުން މެޑިކްލ ޑިރެކްޓަރެއް ވެސް މެއެެވެ.

ޑރ. މުންޝިދު އާއިއެކު ޒިޔާރާތްކުރެއްވި ކިޑްނީ ބަލީގެ ޚާއްސަ ޑޮކްޓަރު ޑރ. ތާރިޤް އަބްދުއް ރަހުމާނު ވެސް ވަނީ ފުވައްމުލަކު ހޮސްޕިޓަލުގައި ބަލިމީހުން ބައްލަވާފައެވެ.

މިކަން ފާހަގކޮށް ހޮސްޕިޓަލުގެ މެނޭޖަރު ވަނީ ޑރ.މުންޝަދަށާއި އައްޑޫ އެކުއަޓޯރިލް ހޮސްޕިޓަލުގެ މެނޭޖުމެންޓަށް ޝުކުރު އަދާކޮށްފައި ވެއެވެ.

މިފަދަ ފުރުސަތުތަކާއެކު ޚާއްސަ ބަލިތަކުގެ ކޮންސްލްޓޭޝަން ގެ ޚިދުމަތްލިބިގެން ދިއުމަކީ ވެސް ގިނަ ބަޔަކަށް ބޮޑެތި ލުއިތަކެއް ލިބިގެން ދިޔަ ކަމެކެވެ. ޚާއްސަކޮށް ޑައެލިސިސްގެ ފަރުވާ ހޯއްދަވާ ބޭފުޅުންނާއި ކިޑްނީގެ އެކިއެކި މައްސަލަތައް ހުރި ބޭފުޅުންގެ އިތުރުން ކަށީގެ ބަލިތަކުގެ މީހުންނަށް މިފުރުސަތުގެ ބޭނުން ބޮދުވުިކަން ހަމވެއެވެ.

މިއީ ފުވައްމުލަކު ހޮސްޕިޓަލުން އިންތިޒާމުކޮށްގެން ވިޒިޓިން ޑޮކްޓަރުންގެ ކޮންސަލްޓޭޝަން ޚިދުމަތް ދޭން 2019 ވަނަ އަހަރު ފެށި ހަރަކާތްގެ ތެރެއިން ކުރިޔަށްދިޔަ ބައެކެވެ. މިގެ ކުރިން ޒިޔާރަތް ކުރެއްވި ޑޮކްޓަރުންނަށް މިހާ ބޮޑު ޑިމާންޑެއް ލިބިފައެއް ނުވެއެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ ކިޑްނީ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރ، ޑރ. ތާރިޤް ފުވަމުލަކު ހޮސްޕިޓަލުގައި ޑައެލިސިސް ސެންޓަރުގައި ޑައަލިސިސް ހަދަމުންދާ މީހަކާ ބައްދަލު ކުރައްވަނީ. ފޮޓޯ ފވމ ހޮސްޕިޓަލް

މިގޮތަށް ޑޮކްޓަރުން ގެނެސްގެން ޚިދުމަތް ދިނުމުގައި ގިނަ ގޮންޖެހުންތަކެއް ތަޖުރިބާ ކުރަންޖެހިފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖރުު އަހުމަދު ސައީދު ހާމަކުރައްވައެވެ. އެގޮތުން ރަށުގެ ރައްޔިތުން ބޮޑަށް ބޭނުންވާ ޑޮކްޓަރުން ލިބުމުގެ ހުރި ދަތިކަމާއި، ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަން ހުރިގޮތުން ޒިޔާރަތްކުރައްވާ ޑޮކްޓަރުންނަށް އޯޕީޑީ ނެތުމަކީ އެއްމެ ބޮޑަށް ދަތިވެފައިވާ ކަންކަން ކަމަށް މެނޭޖަރު ކުރިން ހާމަކުރައްވާފައި ވެއެވެ.

ފުވައްމުލަކުގެ ރައްޔިތުން އެދެނީ ރައްޔިތުންނަށް ބޭނުން ޖެހިފައިވާ މިފަދަ ގިނަ ދޮކްތަރުންގެ ޚިދުމަތް ލިބޭނެ އިންތިޒާމެއް ދާއިމީކޮށް ހަމަޖެހިފައި އޮތުމަށެވެ. އެއީ ވިޒިޓިން ޑޮކްތަރުން ގެ ގޮތުގައި ނުވަތަ ޓެލެ މެދިސިްނެގ ގޮތުގައި ނަމަވެސް ޚިދުމަތް ލިބުމަށެވެ.

ފުވައްމުލަކު ހޮސްޕިޓަލުގައި އޮޓޯކްލޭވް މެޝިން އިންސްޓޯލް ކުރަނީ، 6 ޖުލައި 2020

ދާދި ފަހުން ވަނީ ފުވައްމުލަކު ހޮސްޕިޓަލުގެ އޮޓޯ ކްލޭވް އައުމެޝިން ވަނީ ބަހައްޓާފައެވެ. އެހޮސްޕިޓަލުގައި އަލަށް ގާއިމުކުރި “ސެންޓްރަލް ސްޓެރައިލް ސާވިސަސް ޑިޕާޓްމެންޓް” ގެ މަސައްކަތް ފަށައިގަތުމަށް ސްޕެއިންގެ އުފެއްދުމެއްކަމަށްވާ ‘މަޓަޗަނާ’ ބްރޭންޑްގެ 250 ލިޓަރުގެ އޮޓޯކްލޭވް މެޝިނެއް އިންސްޓޯލްކޮށް، އެ މެޝިން ބޭނުންކުރުމަށް މުވައްޒަފުން ވަނީ ތަމްރީނު ކުރެވިފައެވެ. މި މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ މެޝިން ސަޕްލައި ކުރި އެސް.ޓީ.އޯގެ ބައޯ-މެޑިކަލް އިންޖިނިއަރު މުޙައްމަދު އަންވަރު މޫސާއާއި ފުވައްމުލަކު ހޮސްޕިޓަލްގެ މެއިންޓެނެންސް ޓީމުންނެވެ.

ފުވައްމުލަކު ހޮސްޕިޓަލުގައި އޮޓޯކްލޭވް މެޝިން އިންސްޓޯލް ކުރަނީ، 6 ޖުލައި 2020

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !