A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީއަށް ހިމެނޭ، ދެކުނުގެ 5 އަތޮޅަށް މޫސުމީ ހުދު ސަމާލު ނެރެފި

ފުވައްމުލައް ހިމެނޭ ސަރަހައްދަށް މުސުމީ ހުދު ސަމާލު ނެރެފައި. 6 އޮކްޓޯބަރު 2020

ފުވައްމުލައް ސިޓީއަށް ހިމެނޭ، ދެކުނުގެ 5 އަތޮޅުގެ ސަރަހަށްދަށް މޫސުމީ ހުދު ސަމާލު ނެރެފިއެވެ.

މިއަދު، 6 އޮކްޓޯބަރު 2020 ގެ ފަތިހު 1:00 އިން ހަވީރު 5:00 އަށް ދެކުނުން ލ. އަތޮޅާއި، ހުވަދުއަތޮޅާއި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ އަށް ވަނީ މޫސުމީ ހުދު ސަމާލު ނެރެފައެވެ. އަދި ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އިރުޝާދު ނެރފައި ވެއެވެ.

މޫސުމީ ހުދު ސަމާލު ނެރެނީ އާއްމު ވައި ގަޑިއަކު 19-24 މޭލާއި ދެމެދުގެ ބާރުމިނުގައި ހުރުމާއި ކޮޅިގަނޑުގައި 50-54 މޭލަށް ވައި ގަދަވާނެ ކަމަށް ލާފާކޮށްފައެވެ. އަދި 50 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ބަލާފައެވެ. މިއީ ފުލުފުގައި މިއަދު ހުދު ސަމާލު ނެރުނު 3 ވަނަ ފަހަރެވެ. އެގޮތުން ރެއާއި މިއަދު ހެނދުނު އަދި މެންދުރު ފަހުން ވެސް މިވަނީ ފުވައްމުލައް ހިމެނޭ ސަރަހައްދަށް ހުދު ސަމާލު ނެރެފެއެވެ.

ނަމަވެސް ކުރިޔަށް އޮތް 24 ގަޑިއިރަށް މުޅި ރާއްޖެއަށް ނެރެފައިވާ މޫސުމީ އިރުޝާދުގައި އޮތް ގޮތުން މޫސުން ރަނަގަޅުވާނެ ކަމަށް ބެލެވެއެވެ.  އެގޮތުން ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކުރެއެވެ.

ކުރިޔަށް އޮތް 24 ގަޑިއިރު ދިވެހިރާއްޖޭގެ މޫސުން. 6 އޮކްޓޯބަރ 2020

ސަރަހައްދަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މޫސުމް ލަފާކޮށްފައި ވެއެވެ. އަދި ދެކުނުގެ 4 އަތޮޅު ހިމެނޭ ސަރަހަށްދަށް ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ލަފާކޮށްފައި ވެއެވެ.

ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވިނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި އަދި ވިލާގަނޑުގައި ކަނޑުތައް ގަދަ ވާނެކަމަސެވެ. ކުރިޔަސ ްއޮތް 24 ގަޑިއިރު ރާއްޖޭގެ ކަނޑުގެ ރާޅުގެ އުސްމިން: 3–6 ފޫޓު އާއި ދެމެދުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ވުމާއިއެކު ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވެ ކަންތައްތައް ރޭވުމަކީ މުހިންމު ކަމެކެވެ.

ދެކުނުގެ މުސުމް – 18 ޖުލައި 2020 ސެޓަލައިޓް ފޮޓޯ މެޓް އޮފީސް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !