A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ރިންގް ރޯޑުގެ މަސައްކަތުގެ %83 ނިމިއްޖެ

ރިންގް ރޯޑުގެ ދުވާރު ހެދުމުގެ މަސައްކަތް ކުރިޔަށް ދަނީ - އެއްކޮށް ނިމޭނީ ނޮވެމްބަރު މަހުގައި
ފުވައްމުލައް ސިޓީ ރިންގް ރޯޑު މަޝްރޫޢުގެ %83 ނިމިފައިވާ ކަމަށް މަސައްކަތް ކުރާ އެމްޓީސީސީ (މޯލްޑިވްސް ކޮންޓްރެކްޓިން ކޮމްޕެނީ) އިން ހާމަކޮށްފިއެވެ.
މިމަޝްރޫއުގެ ދަށުން 20،650 އަކަމީޓަރުގައި ތާރު އެޅުމުގެ މަސައްކަތް ވަނީ މީގެ ދުަސްތަކެއް ކުރިން އެއްކޮށް ނިންމާފައެވެ. މިހާރު ކުރެވުމުން ދަނީ މަގުގެ ދުވާރު ހެދުމާއި ޕާކިން އޭރިއާތަކުގައި ކޮންކްރިޓް ގައު އެތުރުމުގެ މަސައްކަތެވެ.

ރިންގް ރޯޑުގެ ޕާކިން އެރީއާ ހެދުމުގެ މަސައްކަތް ކުރިޔަށް ދަނީ – އެއްކޮށް ނިމޭނީ ނޮވެމްބަރު މަހުގައި

މި މަގުގެ ދުވާރުގައި ގައު އެތުރުމުގެ މަސައްކަތުގެ %41 މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީއިން ހާމަކުރެއެވެ. މީގެ އިތުރުން މި މަގުގައި ފެންހިންދާ ނިޒާމެއް ގާއިމުކުރެވިފައި ވެއެވެ. މަގުގައި 144 ލެޑް މަގުބައްތި ހަރުކުރުމާއި ސްޕީޑް ބްރޭކަރު ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ކުރުން އޮތީ ކުރިޔަށެވެ.

ރިންގް ރޯޑުގެ ދުވާރު ހެދުމުގެ މަސައްކަތް ކުރިޔަށް ދަނީ – ފޮޓޯ؛ މ.ޝަހީދު

މި މަސައްކަތް ނިމޭނެ ކަމަށް އެމްޓީސީއިން ބުނަނީ އަންނަ ނޮވެމްބަރު މަހުގެގެ ތެރޭގައެވެ. މި މަސައްކަތް އެމްޓީސީއާއި ހަވާލުކޮށްފައި ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިންނެވެ. އެމްޓީސީސީއިން މި މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 29 މާރޗް 2020 ގައެވެ. މި މަޝްރޫއުގެ އަގަކީ 32.04 މިލިއަން ރުފިޔާއެވެ.

ފުވައމްުލަކު އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތް ކުރިޔަށް ދަނީ.

މި މަޝްރޫއޫގެ އިތުރުން އެމްޓީސީއިން އަންނަނީ ފުވައްމުލަކުގެ އެތެރޭގެ 31 މަގެއް ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން ފިނިވާ މަގާއި އޯކިޑުމަގު އަދި ހަވިއްތަ މަގުގައި މިހާރު އަންނަނީ ފެން ހިންދާ ނިޒާމުގެ ޖަންކްޝަންތައް ބެހެއްޓުުމާއި ހޮޅިވަޅުލުމުގެ މަސައްކަތް ކުރަމުންނެވެ. އެތެރޭ މަގުތަކުގައި 122،659 ސްކުއެއާ މީޓަރުގެ ސަބް ބޭސް ހެދުމާއި، 95،239 ސްކުއެއާ މީޓަރުގެ ތާރު އެޅުމަށް ހަމަޖެހިފައި ވެއެވެ. މީގެ އިތުރުން ދުވާރު ހެދުމާއި މަގުތަކުގައި ބައްތި ހަރުކުރުމާއި އަދި ފެން ހިންދާ ނިޒާމުގެ މަސައްކަތް ކުރުން ހިމެނޭކަމަށް އެމްޓީސީސީއިން ހާމަކޮށްފައި ވެއެވެ. މި މަޝްރޫޢު ގެ އަގަކީ 279.4 މިލިއަން ރުފިޔާއެއެވެ.

ފުވައްމުލައް ސިޓީ އެތެރޭގެ މުހިންމު ބައެއް މަގުތައް

 

އެމްޓީސީއިން ވަނީ ފުވައްމުލަކުގައި ހަދާ، ހޯދަޑު ޓާފް ދަނޑުގެ ގްރައުންޑް ހެދުމުގެ މަސައްކަތް ކޮށް ވަނީ ނިންމާލަފައެވެ.

ހޯދަޑު ޓާފު ދަނޑުގެ ގްރައުންޑް ހެދުމުގެ މަސައްކަތް ކުރީ އެމްޓީސީސީއިން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !