A wide advertisement which will be shown on all devices. (700 x 100)

ހޮސްޕިޓަލް މަގުގައި ތާރު އަޅާ ނިންމާލައިފި

ފީނދިފަންނޮ މަގުގައި ތާރުއެޅުމުގެ މަސައްކަތް ނިންމާލައިފި

ފުވައްމުލައކު ހޮސްޕިޓަލް ހުންނަ ފީނދިފަންނު މަގުގައުި ތާރުއެލުމުގެ މަސައކަތް އެއްކޮށް އިއްޔެ ނިންމާލައިފިއެވެ. ނަމަވެސް މަގުގައި ތާރުއެޅުމުގެ މަސައްކަތް މިވަނީ ވަރަށް ބޮޑަށް ލަސްވެއެވެ.

ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ލަސްވަނީ މޫސުން ގޯސްވުމުންކަމަށް ވެއެވެ. މިއަދުވެސް ވާރޭ ވެހޭތީ ތާރުއަޅަން ތައްޔާރުކޮށްފައިވާ މަގުތަކުގެ މަސައްކަތް ކުރެވޭ ގޮތް ނުވި ކަމަށް މައުލޫމާތު ލިބެއެވެ.

ނަމަވެސް އިއްޔެ ވަނީ މާދަޑު އަވަށުން ފީނދިފަންނު މަގާއި އެމަގާއި ގުޅިފަިއވާ ނަސްރީނު މަގާއި އަދި ބޯޅަމިސްކިތް ކުރިމަތިން އޯކިޑުމަގާއި ގުޅުނު މަގުގައި ވެސް އިއްޔެ ތާރު އަޅާ ނިންމާލައިފިއެވެ. ފީނދިފަންނޮ މަގަކީ ރަށުގެ ގިނަ ބަޔަކު ބޭނުން ކުރާ މަގެކެވެ. އެއީ އެމަގަކީ ފުވައްމުލަކު ހޮސްޕިޓަލާއި ސިޓީ ކައުންސިލްގެ އިމާރާތަކާއި ދިރާގު އޮފީސް އަދި ބޭސްފިހާރަތައް ހުންނަ މަގަކަށްވުމެވެ.

ހޮސްިޓަލް މަގު – ފީނދިފަންނު މަގުގައި ތާރު އެޅުމުގެ މަސައްކަތް ނިންމުމުން ހޮސްޕިޓަލުގެ މެނޭޖަރު ފާހަގަ ކުރުން

މިމަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރުމަށ ފުވައްމުލަކު ހޮސްޕިޓަލުގެ މައިދޮރޯށި ބަންދުކޮށް އާއްމުކޮށް ބޭނުން ކުރުމަށް ހުޅުވާފައިވަނީ ފަހަތު ދޮރޯއްޓެވެ. މިމަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރިޔަށް ދިޔަ ދުވަހު ފުވައްމުލަކު ހޮސްޕިޓަލާއި އެސްޓީއޯ ބޭސްފިހާރައިގެ މުވައްޒަފުންނާއި އެހިސާބުގެ އޮފީސްތަކުގެ މުވައްޒަފުން ގުޅިގެން އެމަގުގެ މަސައްކަތް ކުރާ އެމްޓީސީސީގެ މުވައްޒަފުންނަށް ހިތްވަރުދިނުމުގެ ގޮތުން ހަވީރުސައި ދީފައި ވެއެވެ.

ހޮސްިޓަލް މަގު – ފީނދިފަންނު މަގުގައި ތާރު އެޅުމުގެ މަސައްކަތް ނިންމުމުން ދިން ހަވީރު ސައި

 

އެއާއެކު މިހާތަނަށް 6 މަގެއްގައި ތާރުއެލުމުގެ މަސައްކަތް ވަނީ ނިމެިފައެވެ.

އެއީ:

ފިނިވާމަގު،

އޯކިޑުމަގު

އަރުއްފަންނު މަގު

ފީނދިފަންނު މަގު

ނަސްރީނު ގޯޅި

ބޯޅަ މިސްކިތް މަގު

ތާރުއެޅުމުގެ މަސައްކަތަށް ގިނަ މގުތަކެއް މިހާރުވެސް ތައްޔާރުވެފައިވާ ކަމަށާއި އިތުރުމަގުތައް ތައްޠާރުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށް މިކަލް ނޫހުގެ ރިޕޯޓަރު ހާމަކުރެއެވެ.

ފީނދިފަންނޮ މަގުގައި ތާރުއެޅުމުގެ މަސައްކަތް ނިންމާލައިފި

އެގޮތުން ތާރުއެޅުމުގެ މަސައްކަތް ދެން އެންމެ އަވަހަށް ކުރިޔަށް ދާނީ ބޭންކް އޮފް މޯލްޑިވްސް އާއި އެސްޓީއޯ 136 ނަމްބަރު ފިހާރަ ފުވައްމުލަކު ކޮމިއުނިޓީ ސެންޓަރު ހިމެނޭ ސަރަހައްދުގެ މަގުތަކުތަކުގައި ކަމަށ ްމައުލޫމާތު ލިބެއެވެ.

އެއާއެކު މިހާތަނަށް ތާރު އެޅިފައި ވަނީ 2 ކިލޯމިޓަރުގެ މަގުގައެވެ. އެއީ ފިނިވާމަގާއި އޯކިޑުމަގުގައެވެ. އިއްޔެ ތާރު އަޅާ ނިމުނު ކަމުގައި ވިޔަސް އޯކިޑުމަގު އާއްމުކޮށް ހުޅުވާލާނީ މާދަމާ، 5 އޮކްޓޯބަރުގައި ކަމަށް ވެއެވެ.

މޫސުން ގޯސްވެ ވާރޭވެހޭތީ ތާރު އެޅުން ލަސްވާން ދިމާވަނީ ތާރުއެޅުމުގެ ކުރިން މަގަށް ކެމިކަލް ސްޕްރޭ ކުރުމަށްފަހު 24 ގަޑިއިރުގެ ވަގުތު ދީގެ އެކަމިކަލްތައް ހިއްކަން ޖެހޭ ޖެހޭއިރު، ވާރޭވެހުމުގެ ސަބަބުން ނުހިކި އެކެމިކަލްތައް އެހެން ގިރިގެން ރަށުގެތެރެއަށް ދިއަ ނުދިނުމުގެ ގޮތުން ކަމަށް ވެއެވެ.

ފީނދިފަންނޮ މަގުގައި ތާރުއެޅުމުގެ މަސައްކަތް ނިންމާލައިފި

ފުވައްމުލަކުގެ އެތެރޭގެ މަގުހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 231 މަގެއް ހަދަން ޖެހޭ އިރު އަދި އެއްވެސް މަގެއް އެއްކޮށް ނިމިފައެއް ނުވެއެވެ. ތާރުއެޅުމުގެ މަސައްކަތް ވެސް އަދި މިނިމުނީ އެންމެ 6 މަގެއްގައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !