ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒު ފުވައްމުލައް ސިޓީ ގޮފި އާއި ގދ.ފިޔޯރީ ކައުންސިލް ގުޅިގެން ގދ.ފިޔޯރީ ގައި ކުރިޔަށްގެންދިޔަ ޖަމާއަތްތެރިކަމުގެ ކޯސް ނިންމުމުގެ ރަސްމިއްޔާތު ގދ. ފިޔޯރީގައި ރޭ ބާއްވައިފިއެވެ.
ރޭގެ ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ބައްސަވާދެއްވީ ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރ ފަލާޙު ޝަރިފުއާއި ޑެޕިއުޓީމޭޔަރ މުޙައްމަދު ޟިރާރު ޖަމާއަތްތެރިކަމުގެ މި ކޯހުގައި ގދ. ފިޔޯރިއިން 27 ބައިވަރިން ކިޔަވާފައިވެއެވެ.

ގުރުއާނާއި ބެހޭ މަރުކަޒު-ފުވައްމުލައް އާއި ގދ. ފިޔޯރީ ކައުންސިލް ގުޅިގެން ހިންގި ޖަމާއަތްތެރިކަމުގެ ކޯސް ނިންމުމުގެ ރަސްމިއްޔާތު
މިކޯސް ފަށާފައި ވަނީ މިއަހަރު ސެޕްޓެމްބަރު 17 ގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ގދ. ހުވަދުއަތޮޅު ދެކުނުބުރީ ގައި މީހުން ދިރިއުޅޭ 9 ރަށުގެެ ތެރެއިން 5 ވަނައަށް އެންމެ އާބާދީ ބޮޑީ ފިޔޯރީގައެވެެ. އެރަށުގައި ރަޖިސްޓްރީވެފައިވާ އާބާދީއަކީ 1571 މީހުންނެވެ.
އެނެމ މީހުން ގިނަ ގދ.ތިނަދުގެ އާބާދީއަކީ 7797، އަދި ދެވަނަ ގައްދޫގެ އާބާދީއަކީ 3079 އެވެ. 3 ވަނަ އަށް އޮތް މަޑަވެލީގައި 2033 މީހުން ތިބިއަރު 4 ވަނައަށް އޮތް ފަރެސްމާތޮޑާގައި ތިބީ 1841 މީހުންނެވެ.
ފިޔޯރީއަކީ ހުވަދުއަތޮޅުގެ ދެކުނު ކޮޅުގައި ހިމެނޭ ރަށަކަށްވެފައި ޒަމާނުއްސުރެ ފުވައްމްލަކާއި ގާތްގުލުމެއް އޮވެއެވެ. ފިޔޯރީގެ މީހުން ފުވައްމުލަކުގައި އާބާދުވެ ދިރުއުޅެމުން ވެސް އާދެއެވެ.

ގުރުއާނާއި ބެހޭ މަރުކަޒު-ފުވައްމުލައް އާއި ގދ. ފިޔޯރީ ކައުންސިލް ގުޅިގެން ހިންގި ޖަމާއަތްތެރިކަމުގެ ކޯސް ފެށުމުގެ ރަސްމިއްޔާތު
ގުރުއާނާއި ބޭހޭ މަރުކަޒުގެ ފުވައްމުލައްގޮފީގެ އާ އިމާރާތެއް އެޅުމަށް ތައްޔާރުވެ،ކުރެހުން ފާއިތުވި 2019 ވަނަ އަހަރު ނޮވެމްބަރު މަހު ފުވައްމުލައް ސިޓީ ކައުންސިލުން އާއްމުކޮށްފައި ވެއެވެ.

އަލަށް ބިނާކުރުމަށް ހަމަޖެހިފައިވާ ގުރުއާނާއި ބެހޭ މަރުކަޒުގެ ފުވައްމުލައް ގޮފި
ޚިޔާލުތައް