އައްޑޫ ސިޓީ ބެޑްމިންޓަން މުބާރާތުން ފުވައްމުލައް-އެސްޓީއޯ ޓީމަށް 3 ވަނަ

އައްޑޫ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020 ގެ 3 ވަނަ ޓީމު - ފުވައްމުލައް -އެސްޓީއޯ ޓީމު
Share on facebook
Share on twitter
Share on google

ރޭ ނިމިގެންދިޔަ އައްޑޫ ސިޓީ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020 ގެ 3 ވަނަ ފުވައްމުލައް ސިޓީ އިން ބައިވެރިވި ފުވައްމުލައް އެސްޓީއޯ ޓީމަށް ލިބިއްޖެއެވެ. އެޓީމަސް 3 ވަނަ ލިބުނީ ސެމީ ފައިނަލުގައި ކުޅެ ބަލިވި ދެ ޓީމަށް ޖޮއިންޓް 3 ވަނައެއްގެ ގޮތުގައި އަޑޫ ސިޓީގެ ޓީމް ސްމޭޝާސް އާއެކުއެވެ.

ފުވައްމުލަައް ސީޓީ ގެ 2 ޓީމާއި އައްޑޫ ސިޓީގެ 5 ޓީމަކުން ވާދަކުރި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޓީމު ޔުނައިޓެޑުން ނެވެ. އެޓީމުން މުބާރާތް ކާމިޔާބު ކުރީ ރޭ ކުޅެވުނު ފައިނަލްގައި އައްޑޫ ސީޓިގެ ޓީމް ޝަޓްލްސް އާއި ވާދަކޮށް 13-15 އިން މޮޅުވެގެންނެވެ.

އައްޑޫ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2020 ގެ ޗެމްޕިއަން ޓީމު – ޓީމު ޔުނައިޓެޑް

އައްޑޫ ސިޓީ މަރަދުފޭދޫ ޔޫތު ސެންޓަރުގައި ކުޅުނު މިމުބާރާތުގައި ފުވައްމުލައް ސިޓީއިން ބައިވެރިވި އަނެއް ޓީމަކާއި ފުވައްމުލައް ބީޑީސީ ނަމުގައި ކުޅުނު ޓީމެކެވެ. ޖުމްލަ 7 ޓީމަކުން ވާދަކުރި މިމުބާރާތުގައި ފުވައްމުލައް-އެސްޓީއޯ ޓީމުން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު 3 މެޗުގެ ތެރެއިން 2 މެޗުން މޮޅުވެ 10 ޕޮއިންޓާއެކުއެވެ. ނަމަވެސް ފުވައްމުލައް ބީޑީސީ ޓީމު މުބާރާތުން ކެޓީ ކުޅުނު އެއްވެސް މެޗަކުން މޮޅު ނުވެވި 0 ޕޮއިންޓުގައެވެ.

މުބާރާތުގައި ވާދަކުރި ފުވައްމުލައް އެސްޓީއޯ ޓީމު

ފާއިތުވި ހަފުތާ ބުދަ ދުވަހުން ފެށިގެން ރޭގެ ނިޔަލަށް ކުރިޔަށް ދިޔަ މި މުބާރާތް ކުޅުނީ ދެ ގްރޫޕަކަށް ޓީމުތައް ބަހާލައިގެންނެވެ. މުބާރާތުގެ 2 ގްރޫޕުން ވެސް މޮޅުވާ ދެ ޓީމު ސެމީ ފައިނަލުގައި ވާދަކުރާގޮތަށް ރޭވިފައި އޮތް އިރު ފުވައްމުލަައް ސިޓީ ދެ ޓީމު ހިމެނުނީ ދެ ގްރޫޕުގައެވެ.

މުބާރާތުގެ ފުރަތަމަ ދުވަހުގެ ރޭ ފުވައްމުލައް-އެސްޓީއޯ ޓީމު ވާދަކުރީ އައްޑޫ ސްމޭޝާސް ޓީމާއެވެ. މިމެޗުން މޮޅުވީ އައްޑޫ ޓީމު ސްމެޝާސް އެވެ. އެކަމަކު މުބާރާތުގައި ދެވަނަ ދުވަހު ފުވައްމުލައް-އެސްޓީއޯ ޓީމު ކުރިހޯދީ އައްޑޫ ގޯސްމާޓް ޓީމް އާއި ވާދަކޮށެވެ. އަދި މުބާރާތުގެ 3 ވަނަ މެޗު ފުވައްމުލައް-އެސްޓީއޯ ޓީމު ކާމިޔާބުކުރީ ވޮންޑާސް އާއި ވާދަކޮށެވެ. އެއާއެކު ފުވައްމުލައް-އެސްޓީއޯ ޓީމަށް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ލިބުނެވެ.

މުބާރާތުގެ ސެމީ ފައިނަލުން ފުވައްމުލައް-އެސްޓީއޯ ޓީމު ބަލިވީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އައްޑޫ ޓީމް ޔުނައިޓެޑް އާއި ދެކޮޅަށް ކުޅެގެންނެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 (ދިހަ ހާސް) ރުފިޔާ، ރަނަރަޕަށް 5000 (ފސްހާސް) އިން އަދި 3 ވަނައަށް 1500 ރުފިޔާ ފައިސާގެ އިނާމުގެ ގޮތުގައި ދިފައި ވެއެވެ.

އައްޑޫ މަރަދުފޭދޫ ޔޫތު ސެންޓަރުގެ ބެޑްމިންޓަން ކޯޓް.

ފުވައްމުލައް ސިޓީގައި އެކަށީގެންވާ ބެޑްމިންޓަން ކޯޓެެއް ނެތުމުގެ ޝަކުވާ ބޮޑެވެ. ފުވައްމުލަކުގެ ކުޅުންތެރިން ބެޑްމިންޓަން ކުޅެނީ ވަރަށް ތިރިކޮށް ހުންނަ ކުރީގައި ގާމެންޓް ފެކްޓަރީ އެއްގެ ގޮތުގައި ހެދި އިމާރާތެއްގެ ތެރޭގައެވެ. ނަމަވެސް މާލޭގައި ބޭއްވޭ އަތޮޅުތަކުގެ ބެޑްމިންޓަން މުބާރާތްތަކުގައި މީގެ ކުރިން ފުވައްމުލައް ޓީމުތައް ބައިވެރިވެ ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވެއެވެ.

އައްޑޫ މަރަދުފޭދޫ ޔޫތު ސެންޓަރުގެ ބެޑްމިންޓަން ކޯޓް.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments