ފުވައްމުލައް ސިޓީ އިން އާއްމުން ދިރިއުޅުމައްޓަކައި ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން މިހާތަނަށް ރަޖީސްޓްރީ ނުކޮށް ހުރި ގޯތިތައް ރަޖިސްޓްރީ ކުރުމަށް އަންގައި ފުވައްމުލައް ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވ.
ފުވައްމުލައް ސިޓީ ކައުންސިލުން މި އިއުލާން ކުރީ މިހާތަނަށް ދޫކޮށްފައިވ ގޯތިތަކުގެ ތެރެއިން ބައެއް ގޯތިތައް ރަޖިސްޓްރީކޮށްފައި ނުވާކަން ފާހަގަކޮށެވެ.
މިހާތަނަށް ގޯތި ރަޖިސްޓްރީ ކޮށްފައި ނުވާފަރާތްތަކުން މި އަހަރު ޑިސެމްބަރު 31 ގެ ކުރިން، ފުވައްމުލައް ސިޓީ ކައުންސިލްގެ ލޭންޑް އެންޑް ރެޖިސްޓރޭޝަނަށް ހުށަހަޅުވައިގެން ރަޖިސްޓްރީ ކުރުމަށް ސިޓީ ކައުންސިލުން އިއްޔެ (26 ނޮވެމްބަރު 2020) ގައި ނެރުނު އިއުލާނުގައި ވެއެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން އާމުކޮށް ހުޅުވާލައިގެން ގޯތި ދޫނުކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް، ރައީސް ޔާމީނު ސަރުޚާރުގެ ދުވަސްވަރުގައި ފުވައްމުލަކުގެ މުހިންމު ސަރަހައްދުތަކުގައި ހުރި ބައެއް ބިންތައް ވަކިވަކި މީހުންނަށް، އެމީހުންގެ ‘މައިފުނެގެއިން ލިބޭ ތަންކޮޅު ދޫކޮލައިގެންނޭ ބުނ’ެ، ދީފައިވާކަމުގެ ޝަކުވާތައް ބޮޑުވިއެވެ. އަދި ބައެއް މީހުންނަށް އެހެން ސަރަހައްދު ތަކުން ލިބިފައިވާ ގޯތީގެ ބަދަލުގައި ވެސް މުހިންމު ސަރަހައްދުތަކުގެ ބިންތައް ދީފައިވާ ކަމުގެ ވާހަކަ ދެކެވެއެވެ. އެގޮތުން ފުނާޑު އަވަށުގެ ނާއިބު ތުއްތު މަގުގެ ކައިރި ހިސާބުތަކުގައި ހުރި ބައެއް ހުސްބިންތައް އެގޮތުން އެކި މީހުނަށް ދީފައިވާ ކަމަށް ބުނެއެވެ.



ޚިޔާލުތައް