ޕީޕީއެމްގެ ‘ނަގައި ހާލި’ މާދަމާ ރޭ ބާއްވަނީ

ޕިޕީއެމް ޖަލްސާގެ އިޝަތިހާރެއ
Share on facebook
Share on twitter
Share on google

ޕީޕީއެމް ކޯލިޝަނުން ފުވައްމުލައް ސިޓީގައި ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުން އެބަދެއެވެ. މިޚާއްސަ ބައްދަލުވުމަށް ދީފައިވާ ނަމަކީ ‘ނަގައި ހާލި” އެވެ. ނަގައި ހާލިއަކީ ފުވައްމުލައް ސިޓީގެ މީހުން ފުޅަނގި އައިންއިނަށް ރަށަށް އަރައިގެން އައުމަށް ބޭނުންކުރާ ބަހެކެވެ.

ނަމަވެސް ޕީޕީއެމް ކޯލިޝަނުން މިބަސް ބޭނުންކޮށްފައި ވަނީ ކޮން މާނައެއްގައި ކަމެއް ނޭގެއެވެ. މިދުވަސްވަރަކީ ފުވައްމުލައް ސިޓީއަށް ފުޅަނގި އަރާ ދުވަސްވަރަށް ވާތީ ކަމަށްވެސް ވެދާނެއެވެ.

މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ފުވައްމުލަކު ރަސްމީބޯޅަ ދަނޑުގައި މާދަމާ، 17 ޑިސެމްބަރު 2020ގެ ރޭގަނޑު 8:30 ގައެވެ. ބެލެވޭ ގޮތުން މިއީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅިގެން ކެމްޕޭން ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

އެލްސީއީ 2020 ޕީޕީއެމް ކެންޑިޑޭޓުން

މި އަހަރު އޭޕްރީލް މަހު ބޭއްވުމަށް ތާވަލް ކުރެވުނު ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބު މިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ހެދި އަންނަ އަހަރު މާރިޗު މަހު ކުރީކޮޅު ބައްވަން ނަިންމާފައެވެ. ފުވައްމުލައް ސިޓީއަކީ ޕީޕީއެމްގެ ސަޕޯޓަރުން ގިނަ ރަށެކެވެ. އެގޮތުން ކުރިޔަށް އޮތް އިންތިޚާބުގައި ވެސް ފުވައްމުލަކުގެ ބައެއް ދާއިރާތަކުގެ މެޖޯރިޓީ ހޯދާނެކަމަށް ބެލެވެއެވެ.

ފުވައްމުލަކުގެ 6 ދާއިރާއަށް ވެސް ޕީޕީއެމް ކެންޑިޑޭޓުން ވާދަކުރެއެވެ.

 

5.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments