A wide advertisement which will be shown on all devices. (700 x 100)

ކާމިޔާބުކަމާއެކު ހޯމްސްޓޭ ވިޔަފާރިއާއި ތައާރަފުކުރުމާއި ގުޅޭ ވޯކްޝޮޕް ނިންމާލައިފި

މިއަދު ކުރިޔަށްގެންދިޔަ ހޯމްސްޓޭ ވިޔަފާރީގެ ވޯކްޝޮޕް 2021

ކާމިޔާބުކަމާއެކު ހޯމްސްޓޭ ވިޔަފާރި ތައާރަފުކުރުމާއި ގުޅޭ ފުރަތަމަ ވޯކްޝޮޕް ފުވައްމުލައް ސިޓީގައި ނިންމާލައިފިއެވެ. ވަން-ފުވައްމުލައް އާއި ފުވައްމުލައް ސިޓީ ކައުންސިލު ގުޅިގެން ކުރިޔަށްގެންދިޔަ “ދިރިއުޅޭ ގެއިން ނަފާ” ހޯދާނެ ގޮތުގެ ވޯކްޝޮޕްގައި އޮންލައިންކޮށާއި ކުރުނދުމާ މާލަމަށް ހާޒިރުވެގެން ގިނަ ބަޔަކު ބައިވެރިވެފައި ވެއެވެ.

މިވޯކްޝޮޕްގައި ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދު (އަންނި) އާއި ހިތަދޫ މެދުދާއިރާގެ މެމްބަރު ނާޒިލް ބައިވެރިވެ މަޝްވަރާ ކުރައްވާފައި ވެއެވެ. މިބައްދަލުވުމުގައި ރާއްޖޭގެ އެކި އަތޮޅުތަކުން އޮންލައިންކޮށް މީހުން ބައިވެރިވެފައި ވެއެވެ. އެގޮތުން ހުވަދު އަތޮޅާއި އަރިއަތޮޅު އަދި ށ. އަތޮޅުން  ވެސް މީހުން ހިމެނުނުކަން ފާހަގަ ކުރެވުނެވެ.

ޙޮމް ސްޓޭ ވޯކްޝޮޕްގައި މައުލޫމާތު ދެއްވި މުރާދު އަދި ހަސަން ސައީދު

މިއަދު މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް ކުރިޔަށް ގެންދިޔަ މިބައްދަލުވުމުގައި ފަތުރުވެރިކަމުގެ ދާއިރާއިން ތަޖުރިބާކާރު ބޭފުޅުން ވަނީ ކަމާއިގުޅޭ އެކި ބައިތަކުން މައުލޫމާތު ދެއްވާފައެވެ. އެގޮތުން ވޯކްޝޮޕްގެ ފެސިލިޓޭޓަރ، އެދާއިރާގެ ކޮންސަލްޓެންޓެއް ކަމަށްވާ އަބްދުﷲ ރަޝީދު (އައިސީ) މުހިމްނު މައުލޫމާތުތަކެއް  ބައިވެރިންނަށް ދެއްވިއެވެ. އަދި ބައިވެރިންނާއެކު މަޝްވަރާ ކުރައްވާއި ގޫރޫޕް މަޝްވަރާތަކުގެ ހުށަހެޅުންތަކަށް ޚިޔާލު ހުށަހެޅުއްވިއެވެ.

ހޯމްސްޓޭ ވޯކްޝޮޕްގައި ކުރުނދުމާ މާލަމަށް ހާޒިރުވި ބައެއް ބައިވެރިން

އަދި ހޯމް ސްޓޭއާއި ގުޅޭ ގޮތުން އައިސީ ލިޔުއްވާފައިވާ ފޮތް ހިލޭ ފުވައްމުލަކުގެ ބައިވެރިންނަށް ހިލޭ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ހޯމް ސްޓޭއަކީ އަމިއްލަ ގޭގައި މެހުމާނުން ބައިތިއްބައިގެން ފައިސާ ހޯދާނެ ގޮތުގެ ވިސްނުމެކެވެ. އެގޮތުން ގޭގެ އާއިލާ މީހުންނާއި އެކު އުޅުމާއި ގޭގެ މީހުންނާއި ވަކިން އެގޭގައި ހުންނަ ކޮޓަރިއެއްގައި ކުރު މުއްދަތަކަށް އުޅެން ކުށްޔަށް ދޭ އުސޫލު ހިމެނެއެވެ. އެގޮތުން އެއަރ ބީއެންބީ އަކީ ދުނިޔޭގައި މަޝްހޫރު މިފަދަ ވިޔަފާރިއެކެވެ.

މިއަދު ކުރިޔަށްގެންދިޔަ ހޯމްސްޓޭ ވިޔަފާރީގެ ވޯކްޝޮޕްގެ ފެސިލިޓޭޝަޓް އިބްރާހިމް ރަޝީދު (އައިސީ)

ހޯމް ސްޓޭއާއި ގުޅޭ ގޮތުން 4 ކަމެއްގެ މައްޗަށް އެކުލެވޭ ކަރުދާސްތަކެއް ތައްޔާރުކުރުމަށް މިބައްދަލުވުމުގައި ބައިވެރިންނާއެކު މަޝްވަރާ ކުރެވުނެވެ. އެގޮތުން ހޯމް ސްޓޭއަށް:

  1. އެއް ކޮޓަރިއާއި ތިން ކޮޓަރި  (1-3 އަށް )އާއި ދެމެދަށް ރަސްމީކޮށް ހޯމް ސަޓޭއަށް ހުއްދަ ދިނުން.
  2. އަދި ހޯމްސްޓޭއިން ހުރިހާ ޓޭކްސްތަކެއް އެއްކޮށް ކަނޑާލުން.
  3. ކައުންސިލްގައި ބަހައްޓާ ޑެސްކަކުން ހުއްދަ ދިނުމުގެ ހުރިހާ ކަމެއް ނިމިގެންދާގޮތަސް ހަމަޖެއްސުން
  4. ކޮންމެ މީހަކަށް ވެސް އެމީހަކު ދިރިއުޅޭ ހަމައެކަނި ރަށަކުން ހޯމް ސްޓޭގެ ހުއްދަ ދިނުން.

މިބައްދަލުވުމުގައި އައިސީގެ އިތުރުން ދިގަލި ރިޒޯޓް މެނޭޖަރު ހަސަން ސައީދު، އެއްގަމިގެ، އާއި ހޯމްސްޓޭ އާއި ގެސްޓްހައުސް އޮންލައިން މާކެޓިން އެކްސްޕާރޓް މުރާދު ހަަސަން، ފިނިފެންމާގެ، ފުނާޑު އާއި ކުރީގެ ރައްޔިތުންގެ މަޖުލީހުގެ ފުވައްމުލަކުގެ މެމްބަރުކަން ކުރެއްވި އަދި ރިޒޯޓް ތަޖުރިބާ އާއިއެކު ވިޔަފާރިކުރައްވާ މުހައްމަދު އިބްރާހިމް ދީދީ (މޮޑީ) ބައިވެރިންނަށް މައުލޫމާތު ދެއްވިއެވެ.

ހޯމްސްޓޭ ވޯކްޝޯޕްގެ ގްރޫޕް ހުށަހެޅުން

އެކްސްޕާރޓުންގެ ހުޝަހެޅުންތަކާއި ގުޅިގެން ބައިވެރިންގެ ސުވާލުތަކަށް ހުޅުވާލައި މަޝްވަރާ ކުރުން ކުރިޔަށްގެންދެވުނެވެ. އެގޮތުން ގިނަ ބައިވެރިންތަކެއް ވަނީ އެމީހުންގެ ސުވާލުތައް މި އައު ދާއިރާއިން އިތުރަށް ސާފުކޮށްފައެވެ.

އަފަގެ ސްޓޫޑިއޯއިން ފޭސްބުކް ލައިވް މެދުވެރިކޮށް މި ވޯކްޝޮޕް ވަގުތުން ގެނެސްދީފައި ވެއެވެ. މިއީ ހޯމްސްޓޭ ތައާރަފުކުމަށް ބޭއްވި ފުރަތަމަ ބައްދަލުވުމެވެ. މީގެ ތަފާތު ގިނަ ބައްދަލުވުންތަކެއް ރާއްޖޭގެ އެކި ސަރހައްދުތަކުގައި ކުރިޔަށް މިއޮތް ދުވަސްތަކުގައި ބާއްވާމުން ދާނެކަމަށް އައިސީ ފާހަގަ ކުރެއްވިއެވެ.

ހޯމްސްޓޭ ވޯކްޝޯޕްގެ ގްރޫޕް ހުށަހެޅުން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !