A wide advertisement which will be shown on all devices. (700 x 100)

ހޯމް ސްޓޭ ރަޖިސްޓްރީ ކުރުމަށް ސިޓީ ކައުންސިލުން ހުޅުވާލައިފި

ހޯމް ސްޓޭ ފިޔަފާރި ރަޖިސްޓްރީ ކުރުމަށް ހުޅުވާލައިފި. 2023 ޖެނުއަރީ

ހޯމް ސްޓޭގެ ގޮތުގައި ގެސްތް ހައުސް ހިންގުމަށް ޝަައުގުވެރިވާ ފަރާތްތަކުން ސިޓީ ކައުންސިލުގަިއ ރަޖިސްޓްރީ ކުރުމަށް ހުޅުވާލައިފިއެވެ.

އަމިއްލަ މީހުންގެ ގޭގޭގައި ހުހަށް ހުންނަ ކޮޓަރި ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ މިންގަޑަށް ތަރައްގީ ކުރުމަށް ފަހު ގެސްޓުން ގެނައުމަށް ތައްޔާރުކޮށް ހޯސް ސްޓޭގެ ގޮތުގައި ރަޖިސްޓްރީކުރުމަށް މިވަނީ ފަށާފައެވެ. އެގޮތުން ހޯމްސްޓޭ ހެދޭނީ 4 ކޮޓަރިއަށް ވުރެ ގިނަ ނުވާގޮތަށް ހުންނަ އެފަދަ ތަންތަނެވެ. ހަތަރު ކޮޓަރިއަށްވުރެ ގިނަވާނަމަ ރަޖިސްޓްރީ ކުރަން ޖެހޭނީ ގެސްޓް ހައުސް އެއްގެ ގޮތުގައެވެ.

ހޯމް ސްޓޭގެ މައްސަލައެއް ނެތް- އޮތީ މިންގަނޑުގައި ހިފެހެއްޓުން 1 ޖެނުއަރީ 2022

ފާއިތުވި 2022 ޖެނުއަރީ މަހު 1 ގައި ވަނީ ރާއްޖެގައި ރަސްމީކޮށް ހޯސްސްޓޭ ފެށުން ފާހަގަކުރުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

‘ހޯމް ސްޓޭއަކީ’ ނިސްބަތުން ކުޑަ އަގެއްގައި ފަތުރުވެރިންނަށް ނުވަތަ ބީރައްޓެހިންނަށް ރަށްރަށަށް ދަތުރުކޮށް ފަސޭހައިން އުޅެވޭނެ މަގެކެވެ. ހޯމް ސްޓޭއިން ކުޑައަގެއްގައި ޔަގީންކަމާއެކު ‘ބުކު ކުރާ’ ކޮޓަރި ލިބޭނެ މަގެއް ފަހިވެގެން ދާނެއެވެ. މީގެ އިތުރުން ގޭގެ މީހުނަށް ފަސޭހައިން އަމްދަނީއެއް ލިބޭނެ އިތުރު މަގެއްވެސް ހުޅުވިގެން ދާނެއެވެ.

ހޯމް ސްޓޭ ވިޔަފާއިރާއި ގުޅޭ  ވޯކްޝޮޕެއް ފުވައްމުލަކުގައި 2021 ވަނަ އަހަރު ޖެއުނައީ މަހުގައި ބާއްވާފައި ވާއިރު އެކަމާއި ގުޅޭ ލުއި ފޮތް ނެރުން 7 ފެބުރުއަރީ 2021 ގައި ފުވައްމުލަކު ތުނޑީގައި ބާއްވާފައި ވެއެވެ.

މިއަދު ކުރިޔަށްގެންދިޔަ ހޯމްސްޓޭ ވިޔަފާރީގެ ވޯކްޝޮޕް 2021

ދިވެހިރާއްޖެގައި ހޯމްސްޓޭ ވިޔަފާރި ކުރިއެރުވުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ފަރާތަކީ އަބްދުﷲ ރަޝީދު (އައިސީ) އެވެ. ފުވައްމުލަކުގައި ބޭއްވި ބައްދަލުވުމުގައި އައސީ ވަނީ ހޯމް ސްޓޭއާއި ގުޅޭ ގިނަ މައުލޫމާތު ތަކެއް  ބައިވެރިންނާއި ހިއްސާކޮދެއްވައިފައެވެ. އަދި ހޯމްސްޓޭގައި ކުރިޔަށްދާންވީ ގޮތާއި ގުޅޭ ގޮތުން ބައިވެރިންނާއި މަޝްވަރާ ކުރެވިފައި ވެއެވެ.

ހޯމް ސްޓޭއާއި ގުޅޭ ގޮތުން 2021 ވަނަ އަހަރު ބޭއްވި ފވޯކްޝޮޕަގައި ނިންމި ބައެއް ކަންތައްތައް:

  1. އެއް ކޮޓަރިއާއި ތިން ކޮޓަރި (1-3 އަށް )އާއި ދެމެދަށް ރަސްމީކޮށް ހޯމް ސަޓޭއަށް ހުއްދަ ދިނުމަށް ހުށަހެޅުން.
  2. އަދި ހޯމްސްޓޭއިން ހުރިހާ ޓޭކްސްތަކެއް އެއްކޮށް ކަނޑާލުމަސް އެދުން.
  3. ކައުންސިލްގައި ބަހައްޓާ ޑެސްކަކުން ހުއްދަ ދިނުމުގެ ހުރިހާ ކަމެއް ނިމިގެންދާގޮތަށް ހަމަޖެއްސުން
  4. ކޮންމެ މީހަކަށް ވެސް އެމީހަކު ދިރިއުޅޭ ހަމައެކަނި ރަށަކުން ހޯމް ސްޓޭގެ ހުއްދަ ދިނުން.

“ދިރިއުޅޭ ގެއިން ނަފާ” ހޯދާނެ ގޮތުގެ ވޯކްޝޮޕްގެ ނަމުގައި އޮންލައިންކޮށާއި ކުރުނދުމާ މާލަމަށް ހާޒިރުވެގެން ކުރިޔަށްގެންދިޔަ އެވޯކްޝްޕްގައި ގިނަ ބަޔަކު ބައިވެރިވެފައި ވެއެވެ.

ކުޑަ ދުވަސްކޮޅަކަށް އެކޮޓަރީގައި ތިބެލަން އަންނަ މީހުންނަކީ ހުރިހާ ފަހަރަކު ދިވެހިންގެ އާދަކާދަ އެނގޭ، އެގޮތަށް އުޅެން އަންނަ މީހުންނަށް ނުވެދާނެއެވެ. އަދި އެގެއެއްގެ ނުވަތަ އެހިސާބުގަޑުގެ މީހުންގެ ވިސްނުމާއި ދީން ބަދަލުކުރުމަށް އަންނަ މީހުނެއް ނޫނެވެ. އެމީހުން އަންނަނީ އެހެން މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި އާދަކާދަތައް ދެނެގަތުމަށާއި އަރާމުގައި ޗުއްޓީ ހޭދަކޮށްލުމަށް ތަފާތު މާހައުލެއް ހޯދުމުގެ ބޭނުމުގައެވެ. މިއީ ކަން އޮތްގޮތެވެ.

ހޯމްސްޓޭ ވިޔަފާރިއާއި ގުޅޭ ލުއި ފޮތް ނެރުން، 7 ފެބްރުއަރީ 2021

ނަމަވެސް ހޯމް ސްޓޭ އޭ ބުނުމުން ބައެއް މީހުންގެ ދީނީ އަގީދާ ބަލިކަށިވާ ކަހަލައެވެ. އެފަދަ މީހުންނަށް ހީވަނީ ހޯމް ސްޓޭއަށް އަންނަނީ ދިވެހިންގެ ދީން ބަދަލުކުރުމަށް އަންނަ މީހުން ކަމަށެވެ؟ އަދި ދިވެހިންގެ ދީން ހިމާޔަތް ކުރެވޭނީ އެހެން މީހުންނާއި އެކަހެރި ވެގެން އުޅެގެންކަމަށް އެމީހުން ދެކެއެވެ. އެހެން މީހުންނާއި ގުޅުން ކެނޑޭނެ ގޮތަށް ގޭތެރެއިން ނުނިކުމެ ތިބެގެން ކަމަށް ބެލެވެނީ ބާ އެވެ؟ އެކަމަކު އެއީ މިޒަމާނުގެ ކަންތައް ހިނގާ ގޮތެއް ނޫނެވެ. މީހެއްގެ އަގީދާއަކީ އެހެން މީހަކަށް ހިފަހައްޓައިގެން ވަކިގޮތަކަށް ބެހެއްޓޭނޭ އެއްޗެއް ނޫނެވެ. އެހެން މީހުންނާއި ގުޅުން އެއްކޮށް ކެނޑިގެން ނުދާނެ ކަމުގެ ހެއްކަކީ ޓީވީއާއި އިންޓަނެޓާއި ކަނޑާލައިގެން މިއަދު އުޅެވޭން ނެތީމައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • Anonymous

    Mihidhe dhivessunge Aadha kaadhaige ethere himeney kameke athiren mifenenee. Migaumen islaam dheen fihelanna hingaa baigandeh mee