ފުވައްމުލަކު ސިޓީ ކައުންސިލްގެ މުވައްޒަފުން ތަޖުރިބާ ދަތުރެއްގައި އައްޑުއަށް ގޮސްފިއެވެ. އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ ފުވައްމުލަކު ސިޓީ ކައުންސިލުގެ ޓީމެއް ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި އައްޑޫ ސިޓީ ކައުންސިލަށް ޒިޔާރަތް ކޮށްފައިވާ ކަމަށާއި، ފުވައްމުލަކު ސިޓީ ކައުންސިލުގެ މިޓީމުގައި އިސްކޮށް ހިމެނި ވަޑައިގަންނަވަނީ އެ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޟިރާރުގެ އިތުރުން އިދާރީ މުވައްޒަފުންނެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުގެ މިދަތުރަކީ އައްޑޫސިޓީ ކައުންސިލުގެ މަސައްކަތްތައް ރާވައި ހިންގާ ގޮތް ބެލުމަށާއި، ކައުންސިލުން ހިންގާ ހަރަކާތްތައް ބަލާލުމުގެ ގޮތުން ކުރެއްވި ޒިޔާރަތެކެވެ. މިދަތުރުގައި އައްޑޫސިޓީ ކައުންސިލުގެ އޮނިގަނޑު އެކުލެވިފައިވާ ގޮތާއި އިދާރީ މަސައްކަތް ރޭވި ހިނގަމުންދާ ގޮތުގެ މަޢުލޫމާތު އައްޑޫސިޓީ ކައުންސިލުން ފުވައްމުލަކު ސިޓީ ކައުންސިލުގެ ބޭފުޅުންނާ ހިއްސާ ކޮށްފައިވެއެވެ. އަދި އިދާރާގެ އެކި ސެކްޝަންތަކަށް ޒިޔާރަތްކޮށް މަސައްކަތް ހިނގަމުންދާ ގޮތް ފުވައްމުލަކު ސިޓީ ކައުންސިލުގެ ޓީމުން ވަނީ ބައްލަވާފައެވެ.
ޚިޔާލުތައް