ސިއްހީ އިމަޖެންސީ އުސޫލާއި ޚިލާފުވެގެން އެކަކު ޖޫރިމާނާ ކޮށް 61 މީހަކަށް ނަސޭހަތް ދީފި

ރޭ ބެއްވި ފުވައްމުލައް ސިޓީ އީއޯސީ އިން ބޭއްވި 4 ވަނަ ޕްރެސް
Share on facebook
Share on twitter
Share on google

ސިއްހީ އިމަޖެންސީގެ އުސޫލާއި ޚިލާފުވެގެން ރޭ ފުވައްމުލަކުގައި އެކަކު ޖޫރިމައިނާކޮށް 61 މިހަކަށް ނަސޭހަތް ދީފައިވާ ކަމަށް ފުވައްމުލަައް ސިޓީ ހެލްތު އިމްޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.

ރޭ ބޭއްވި ފުވައްމުލައް އީއޯސީ ގެ 4 ވަނަ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ފުވައްމުލައް ސިޓީ ކައުންސިލްގެ ޑިރެކްޓަރ މަސީހު ވިދާޅުވީ އުސޫލާއި ޚިލާފުވެގެން އެކަކު ޖޫރިމާއިނާ ކުރެވި އަދި 46 ފަރާތަށް ނަސޭހަތް ދެވިފައިވާ ކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިއަކު ކުރި ސުވާލަށް އިތުރު މައުލޫމާތު ދެއްވަމުން ޑިރެކްޓަރ ޖެނެރަލް ނިޖާހު ވިދާޅުވީ ޖޫރިމައިނާ ކުރެވިފައި ވަނީ ހުއްދަ ނޫން ގަޑީގައި އުސޫލާއި ޚިލާފަށް ބޭރުގައި ތަކުރާރުކޮށް އުޅުމުގެ ސަބަބުން ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު ވެސް އެއަމަލު ތަކުރާރުވުމުން ކަމަށެވެ. ކޮވިޑް-19 ގެ އިމަޖެންސީ ހާލަތުގެ އުސޫލާއި ޚިލާފުވުމުން މިހާރު ޖޫރިމާނާ ކުރެވެނީ 1000 ރުފިޔާއިންނެވެ.

ނަސޭހަތް ދެވުނު 61 މީހުންނަކީ އުސޫލާއި ޚިލާފަށް ވެސް ހުއްދަ ނޫން ގަޑީގައި ބޭރުގައި އުޅުމުގެ ސަބަބުން ނަސޭހަތް ދެވިފައިވާ ފަރާތްތައް ކަމަށް ހާމަކުރެއްވިއެވެ.

މަދު ފަރާތްތަކަކުން އުސޫލުތަކާއި ޚިލާފުވި ނަމަވެސް ގިނަބައެއްގެ ވަރަށް ފުރިހަމަ އެއްބާރުކުމެއް ލިބެމުން އަންނަ ކަމަށާއި އެކަމަށް ފުވައްމުލަކުގެ ރައްޔިތުންނަށް ޝުކުރު ދަންނަވާކަމަށް ރޭގެ ނޫސްވެރިންގެ ބައްދަލވުން ފަށަފުން ޑީޖީ ނިޖާހު ހާމަކުރެއްވިއެއެވެ.

ފުވައްމުލައް ސިޓީގައި ރޭގަނޑު 8:00 އިން ފތިހުު 4:00 އަށް ގެއިންބޭރަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކުރެވިފައެވެ. މީގެ އިތުރުން ވެސ ްގިނަ ފިޔަވަޅުތަކެއް އަޅައި ބަންދުކުރެވިފައި ވަނީ 13-19 ފެބްރުއަރީ 2021، އެއް ހަފުތާގެ މުއްދަތަށް، އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ.

ދުވާލުގަޑުގައި ވެސް ޒަރޫރީ ބޭނުމެއްގައި ނޫނީ ފުވައްމުލައް ސިޓީގައި ގެއިންބޭރަށް ނުކުމެ އުޅުން ވަނީ މަނާކުރެވިފައެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments