ފުވައްމުލައް ސިޓީގައި ކޮވިޑް-19 ފެތުރެމުންދާތީ މިސްކިތްތަކުގައި ނަމާދުގެ ޖަމާއަތް ނުހެދުމަށް ނެރުނު އަމުރުގެ މުއްދަތު އިތުރު 5 ދުވަހަށް އިތުރުކޮށްފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ފުވައްމުލައް ސިޓީ ކައުންސިލަށް މިއަދު ފޮނުވާފައިވާ ސަރކިއުލާއެއްގައި ބުނެފައިވާ ގޮތުން ފުވައްމުލައް ސިޓީ މޮނިޓަރިންގް ހާލަތަށް ގެނެވިފައިވާތީއާއި، މިހާރައްވުރެ އިތުރަށް ހާލަތު ގޯސްވެދާނެ ކަމަށް ކަމާބެހޭ އިދާރާތްތަކުން މައުލޫމާތު ދެއްވާފައިވާތީ، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، 15 ފެބްރުއަރީ 2021ވާ ހޯމަ ދުވަހުގެ މަޢުރިބް ނަމާދުން ފެށިގެން 19 ފެބްރުއަރީ 2021ވާ ހުކުރު ދުވަހުގެ އިޝާ ނަމާދުގެ ނިޔަލަށް ފުވައްމުލައް ސިޓީގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާއަތް ނުހެދުމަށް ވަނީ ދަންނަވާ ފައެވެ.
މި ޙާލަތުގައި މިސްކިތްތަކުގައި ހަމައެކަނި ބަންގި ގޮވުމަށާއި އަދި މި ދަނޑިވަޅުގައި މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް، ފަރުޟު ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތްކޮށް ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށާއި، اللهގެ ރަޙްމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފައި، ފުރިހަމައަށް اللهއަށް ވަކީލުކޮށް އުޅުމަށް އެ މިނިސްޓްރީން ވަނީ ނަޞޭޙަތްތެރިވެފައެވެ.
ފުވައްމުލަކުގައި މިހާތަނަށް ބައްޔަށް 25 މީހަކު ފައްސިވެފައިވާއިރު ބަލިން ރަނގަޅުވެފައިވަނީ 5 މީހެކެވެ. މިވަގުތު ބައްޔަށް ފައްސި 20 މީހަކު ވާއިރު އެމީހުންނާއި އެކި ގޮތްގޮތުން ގުޅިފައިވާ 600 އައްވުރެ ގިނަ ކޮންޓެކްޓްތުން ފާހަގަ ކުރެވިފައެވެ..
ފުވައްމުލަކުގައި މިހާރު ވަނީ ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅު ތަކެއް އަޅައިފައިވާއިރު މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ރޭގަނޑު 08:00 އިން ފަތިހު 4:00 އަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ނިންމެވުމާއި އެކު އެ ސިޓީގައި އަންނަނީ ކާފިއު ހިންގަމުންނެވެ.އަދި މިކަމައް ރަށުގެ ރަށްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ކައުންސިލުން އަބަދުވެސް ފާހަގަކުރައްވައެވެ..
5
4
3
2
1
- ލިލީ މިސްކިތް އަލުން އިމާރާތްކުރުމަށް މިއަދުން ފެށިގެން ބަންދުކުރަނީ
- ފުވައްމުލައް ސިޓީގެ މިސްކިތްތަކާއި ގަބުރުސްތާނުތަކުގެ ކަންކަން ބެލެހެއްޓުން ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް
- ފުވައްމުލައް ސިޓީ މަސްޖިދުލް ހުދާގެ ބީލަން އަލުން ހުޅުވާލައިފި
- ފުވައްމުލަކު މިސްކިތްތަކަށް ބޭނުންވާ އޭސީ ފެނަކަ ކޯޕަރޭޝަނުން ސިޓީ ކައުންސިލަށް ހަދިޔާކޮށްފި
- މިސްކިތްތައް ސާފުކުރުމުގެ ޕްރޮގުރާމެއް އަންނަ ހުކުރު ދުވަހު ހެނދުނު ކުރިޔަށް ގެންދަނީ