A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގައި ކޮންޓެކްޓް ސެންޓަރެއް ހުޅުވައި 100 ވަޒީފާގެ ފުރުސަތު

ފުވައްމުލަކުގައި ގާއިމުކުރާ ކޮންޓެކްޓް ސެންޓަރުގެ 100 އެއްހާ ވަޒީފާ އޮންނާނެ.

މި ސަރުކާރުން ފުވައްމުލައް ސިޓީގައި ގާއިމުކުރާ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަންގެ ދަށުން ހިންގާ ކޮންޓެކްޓް ސެންޓަރުގެ މަސައްކަތް ފެށި މިއަހަރުގެ ތެރޭގައި ފަށއި އެތަނުން 100 އެއްހާ ވަޒީފާ އުފެދިގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒު އިސްމާއިލް މިހެން ވިދާޅުވީ އެމްޑީޕީގެ ފަރާތުން ފުވައްމުލައް ސިޓީ ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި އެޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއިއެކު ބޭއްވި ޒޫމް އޮންލައިން ބައްދަލުވުމެއްގައި އިއްޔެ ރެއެވެ.

އޮންލައިންކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލިސް ރަޢިސް މުހައްމަދު ނަޝީދުގެ އިތުރުން މިނިސްޓަރުން ބައިވެރިވި މި ބައްދަލުވުމުގައި ފުވައްމުލަކުގެ ވިޔަފާރި އާއި އިގްތިސާދީ ކަންކަމާއި ގުޅޭ ގޮތުން ދެކެވުނު ވާހަކައިގެ ތެރެއިން އިކޮނޮމިކް މިސަރުކާރުގެ އިކޮނޮމިކް މިނިސްޓާ ފައްޔާޒު ވިދާޅުވީ ފުވައްމުލައް ސިޓީގައި ވަޒީފާގެ ފުރުސަތު އިތުރު ކުރުމަށް އެ ސިޓީގައި ކޮންޓެކްޓް ސެންޓަރެއް ގާއިމު ކުރުމަށް އޮފީސް އުފައްދާފައިވާ ކަމަށެވެ. ފައްޔާޒު އިތުރަށް ވިދާޅުވީ އެސެންޓަރުގެ މަސައްކަތްތައް ފެށި މި މަހުގެ ތެރޭގައި ވެސް 20 ވަޒީފާ އުފެދިގެންދާނެ ކަމަށެވެ.

މިކަލް ނިއުސް އަށް އެނގިފައިވާ ގޮތުގައި މިނިސްޓަރު އިޝާރާތް އެކުރައްވަނީ މި އަހަރުގެ ޖެނުއަރީ މަހު ޓްރޭޑްނެޓުން އިއުލާނުކޮށްފައިވާ ‘ކޮންޓެކްޓް ސެންޓަރ އެޖެންޓް’ ގެ 20 ވަޒީފާއެވެ. މި 20 ވަޒީފާއަށް ފުވައްމުލަކުގެ ގިނަ އަދަދެއްގެ މީހުން ވަނީ ކުރިމަތިލާފައެވެ. އަދި ވަޒީފާއަށް މީހުން ނެގުމުގެ މަސައްކަތްތައް ކުރިޔަށް އެބަ ދެއެވެ.

ޓްރޭޑްނެޓުގެ ކޮންޓެކްޓް ސެންޓަރުގެ މަސައްކަތްތައް މި ފެބްރުއަރީ މަހު ފަށައިގަންނަން ޕްލޭންކުރެވިފައިވީ ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެެން އަޅާފައިވާ ފިޔަވަޅުތަކާއި ހެދި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ނަމަވެސް ލުއިތަކެއް ލިބުނުހާ އަވަހަކަށް އިންޓަވިއު ޓީމުތައް ފައިނަލް އިންޓަވިއުއަށް ފުވައްމުލަކަށް ދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޮންޓެކްޓް ސެންޓަރަކީ ކުރިގައި ކޯލްސެންޓަރުގެ ގޮތުގައި ބޮޑެތި ކުންފުނިތަކުގެ ކަސްތަމަރުންގެ ޚިދުމަތްތަކާއި ގުޅިގެން ކުންފުނޏާއި ކަސްޓަމަރާއި ދޭތެރޭގައި ގާއިމުކުރެވޭ މުއާސަލާތީ ރަސްމަގެކެވެ. އެގޮތުން ކަސްޓަމަރުން ބޭނުންވާ ޚިދުމަތްތައް ހޯދުމުގައި އަމަލުކުރަންޖެހޭ ގޮތާއި ކަސްޓަމަރުންނަށް ދިމާވާ ޓެކްނިކަލް މައްސަލަތަކުގެ ސަޕޯޓް ދިނުމާއި ޚިދުމަތްތަކުގައި ދިމާވާ މައްސަލަތަކާއި ޝަކުވާގެ ކަންކަމުގައި ހައްލު ހޯދާދިނުމަށް ކުންފުނީގެ ކަމާއި ގުޅޭ ފަރާތާއި ކަސްޓަމާރާއި ގުޅައިދިނުމާއި ކުންފުނީގެ ބިލިން ޕްރޮސެސް ކުންފުނީގެ މާކެޓިން މަސައްކަތް ކުރުން ފަދަ މަސައްކަތް ކުރުމަކީ ކޮންޓެކްތް ސެންޓަރުން ކުރާނެ މަސައްކަތްތަކެވެ.

ކޮންޓެކްތް ސެންޓާރާއި ކޯލް ސެންޓަރުގެ ތަފާތާކީ ކޯލްސެންޓަރުގައި މުޅިންވެސް މުވާސަލާތު ކުރެވެނީ ފޯނުންނެވެ. އަދި ކަސްޓަމަރުންނާއި ކުންފުންނަށްވެސް ދެވޭ ސަޕޯޓް ލިމިޓްކުރެވެިފައި ވެއެވެ. ނަމަވެސް ކޮންޓެކްޓް ސެންޓަރުގައި މުވާސަލާތުކުރެވޭ ގިނަގޮތްތައް ބެނުންކުރާނެއެވެ. އެގޮތުން ފޯނުގެ އިތުރުރުން ޓެކްސްޓް މެސެޖް، އީމެއިލް، ވެބް-ޗެޓް އާއި އެނޫންވެސް މުވާސަލާތުކުރުމުގެ ފަހުގެ ވަސީލަތްތައް ބޭނުންކުރާނެއެވެ.

ފުވައްމުލައް ސިޓީ އުފެދިފައިވާ ގޮތުން އިގުތިސޯދީ ބޮދެތި މަސައްކަތްތަކެއް ކުރުމުގެ ފުރސަތަކީ ހަނި ފުރުސަތަކަށް ވުމާއެކު ފުވައްމުލައް ސިޓީގައި އިގުތިސޯދީ ގޮތުން މިފަދަ މަސައްކަތްތަކެއް ފަސޭހަކަމާއެކު ކުރެވިގެން ދާނެއެވެ. ދެން އޮތީ ފުވައްމުލަކުގައި ޑޭޓާސެންޓަރެއް ގާއިމުކޮށް އެއިގެ ތެރެއިން ވަޒިފާގެ ފުރުސަތ އިތުރަސ ްތަނަވަސްކުރުމެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !