އިތުރު މީހަކު ބައްޔަށް ޕޮޒިޓިވް ނުވެ، ކޮންޓެކްޓްސް ޓެސްޓިން ކުރިޔަށް

ފުވައްމުލައް ސިޓީ ކޮވިޑް-19 އަޕްޑޭޓްސް 23 ފެބްރުއަރީ 2021. ފުވައްމުލައް ސިޓީ އޯއީސީ
Share on facebook
Share on twitter
Share on google

މިއަދު ފުވައްމުލައް ސިޓީއިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެއް ނުވެއެވެ. މިހާރު ކުރިޔަށް ދަނީ ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ކަރަންޓީން ނިންމުމުން ރިލީސް ޓެސްޓް ސާމްޕަލް ނެގުންކަމަށް މިރޭ ބޭއްވި ފުވައްމުލައް ސިޓީ އީއޯސީ މީޑިއާ ބްރީފިންގައި ހާމަކުރެއްވިއެވެ.

މިއަދާއި ހަމަޔަށް ފުވައްމުލައް ސިޓީއިން ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ޖުމްލަ 39 މީހުންނެވެ. މިހާރު އެކްޓިވް ކޭސްގެ ގޮތުގައި ފުވައްމުލައް ސިޓީގައި ތިބި އަދަދަކީ 31 މީހުންނެވެ. ބަލީގެ އެކަކު ވަނީ އައްޑޫ ސިޓީއަށް ބަދަލުކުރެވިފައެވެ. އަދި 7 މީހަކު ބަލިން ރަނގަޅުވެފައި ވެއެވެ.

ރޭ ބޭއްވި ފުވައްމުލައް ސިޓީ އީއޯސީ އިން ބޭއްވި 13 ވަނަ ޕްރެސް

ފުވައްމުލައް ސިޓީގައި ކޮވިޑް-19ގެ 3 ކްލަސްޓާއެއް އޮތްކަމަށް ފުވައްމުލައް ސިޓީ އީއޯސީން ހާމަކުރައްވައެވެ. އެއީ ކްލަސްޓާ 1- ރާއްޖެއިން ބޭރުން އައި މީހަކާއި ގުޅޭ ކްލަސްޓާ އަކާއި އައްޑޫއިން އައި މީހަކާއި ގުޅުން އޮތް ކްލަސްޓާ އަކާއި ނާލު ބޯޓާއި ގުޅުން އޮތް ކްލަސްޓާއެކެވެ.

މިރޭ ކުރިޔަށްދިޔަ ފުވައްމުލައް ސިޓީ އީއޯސީގެ 13 ވަނަ މީޑިއާ ބްރީފިންގައި ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ބައިވެރިވީ ސީނިއާ ޕަބްލިކް ހެލްތު އޮފިސަރ އާމިނަތު އަހުމަދުއެވެ. އަދި ފުވައްމުލައް ސިޓީ ކައުންސިލުގެ ފަރާތުން ޑީޖީ އަހުމަދު ނިޔާހުއާއި ޑިރެކްޓަރ އަލީ މަސީހު ބައިވެރިވެވަޑައިގަތެވެ.

ފުވައްމުލައް ސިޓީ ކޮވިޑް-19 އަޕްޑޭޓްސް 23 ފެބްރުއަރީ 2021. ފުވައްމުލައް ސިޓީ އޯއީސީ

މިހާތަނަށް ފުވައްމުލަކު ހޮސްޕިޓަލުން ޖުމްލަ 4972 ނަގާފައިވާ އިރު، މިއަދު ނެގި ޖުމްލަ ސާމްޕަލްގެ އަދަދަކީ 326، އިއްޔެގެ ޓެސްޓް ނުކުރެވޭ ސާމްޕަލް 480 ސާމްޕަލް އެބަހުއްޓެވެ. އަދި 126 ސާމްޕަލެއްގެ ނަތީޖާ ވަނީ ލިބިފައެވެ. މިއަދުގެ ޕެންޑިން ސާމްޕަލް ގިނަވެފައިވަނީ މިއަދު އިތުތރަށް ނެގި ރޭމްޑަމް ސާމްޕަލްގެ 50 އާއި ކޮންޓެކްޓންގެ ގޮތުގައި ކަރަންޓީނުގައި ތިބި ގިނަބައެއްގެ ސާމްޕަލް މިއަދު ނަގާފައިވުމުން ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ހާމަކުރެއްވިއެވެ.

މިއަދު ސާމްޕަލްތައް 

ދަތުރުވެރިންގެ 13

ފްލޫ ކްލިނިކް 8

ކޮންޓެކްޓް ގެ 243

ހޯމްކަރަންޓީނުގެ 12 ސާމްޕަލް

ރޭންޑަމް ސާމަޕަލިންގެ 50 އެވެ.

ވެކްސިން ޖެހުން ޏ.އޭއިސީ ހޯލް

ވެކްސިން އަޕްޑޭޓްސް

އިއްޔެ ވެކްސިން ޖެހިފައި ވަނީ 210 މީހުން (އެއީ 60 އަހަރުން މަތީގެ 10، ކުރީސަފުގެ މަސައްކަތް ތެރިން 55، ދާންމަތިވެފައިވާ 6 އަދި އެހެނިހެން މީހުން 139)

މިހާތަނަށް ފުވައްމުލައް ސިޓީއިން ވެކްސިން ޖެހިފައި ވަނީ ޖުމްލަ 1468 މީހަކަށެވެ.

މިހަފުތާ ތެރޭގައި އިތުރު ވެކްސިން ލިބޭނެ ކަމަށާއި އަދި އިތުރު ކެޓަގަރުތަކުގެ މީހުންނަށް ވެކްސިން ޖަހަން ފެށޭނެ ކަމަށް މިރޭގެ ޕްރެސްގައި ހާމަކުރެއްވިއެވެ.

ޕޮލިސް މޮނިޓަރިން

ވިޔަފާރިތައް މިއަދު އެއްވެސް ވިޔަފާރިއަކަށް ފިޔަވަޅު އެޅިފައެއް ނުވެއެވެ.

ކާފިއު އާއި ޚިލާފުވުމުން އާއްމު ފަރާތްތަކުގެ ތެރެއިން 5މީހަކު ޖޫރިމާނާ ކުރެވިފައި ވާއިރު 3 ވިޔަފާރިއެއް ވެސް ޖޫރިމާނާ ކުރެވިފައެވެ. މަދުން ނަމަވެސް ބައެއް ކެފޭ ރެސްޓޯރަންޓް ޚިދުމަތް ދެމުން އަންނަކަމުގެ މައުލޫމާތު ފުލުހުންގެ ފަރާތްުން ހިއްސާކޮށްފައިވ ާކަމަށް ޑިރެކްޓަރ މަސީހު ހާމަކުރެއްވިއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
1 Comment
Inline Feedbacks
View all comments
Abdulla
Abdulla
1 year ago

ފުވައްމުލަކުގައި އާންމުކޮށް އިއުލާން ކޮށްގެން ކޮވިޑް ވެކްސިން ދެމުންދަނީ 60 އަހަރުން މަތީގެ މީހުނަށް ކަމަށްވެފައި ބަލީ ޖެހިއްޖެނަމަ ބަލީގެ ނުރައްކާ އެންމެ ބޮޑު ކެޓަގަރީގައި ހިމެނޭ 50 އަހަރުންގެ މަތީގެ މީހުންނަށް ދާއިމީ ބައްޔެއް ތަހައްމަލު ކުރަމުންދާމީހުނަށް ވަކީއުސޫލެއްގެ އާންމުކޮށް އިއުލާނުކޮށްގެން ވެކްސިން ޖެހުމަށް ފުރުސަތު ފުވައްމުލަކުގައި ނެތްހިދު 23 ނޮވެމްބަރ ގައި ވެކްސިން ދެވުނު 210 މީހުންގެ ތެރެއިން 139 މީހުންނަކީ ވެކްސިން ދިނުމަށް އާންމުކޮށް ފުރުސަތު ހުޅުވާލެވިފައިވާ 60 އަހަރުން މަތީގެ މީހުންގެ ގޮތުގައި ނުހިމެނޭ، ކުރީ ސަފުގައި މަސައްކަތް ކުރާމީހުންނާއި ދާންމަތި ވެފައިވާ މީހުންގެ ތެރޭގައި ނުހިމެނޭ މީހުން ކަމަށްވާނަމަ، ވެކްސިންދިނުމުގައި ރައްޔިތުންނަށް މެދުގައި ތަފާތުކުރުން ގެންގުޅެމުންދާ ކަމާއި ހަމަހަމަ ފުރުސަތު ނެތްކަން އެގޭ. ނޫސްވެރިން މިކަން ސާފުކުރުން މުހިންމު