A wide advertisement which will be shown on all devices. (700 x 100)

ކުޑަކުދިންނަށް މިއަހަރު ފަހުކޮޅު ކޮވިޑް-19 ވެކްސިން ދެވޭވަރުވާނެ

ކުޑަކުދިން ގަޔަށް ކޮވިޑް-19 ވެކްސިން ޖެހުން

ކޮވިޑް-19 ގެ ވެކްސިން މިއަހަރު ފަހުކޮޅު ދޭން ފެށޭވަރުވާނެ ކަމަށް ގައިން ގަޔަށް އަރާ ބަލިތަކާއިބެހޭ އެމެރިކާގެ ތަޖުރިބާކާރު ޑރ. އެންތަނީ ފައުޗީ ހާމަކުރައްވައިފިއެވެ.

ދުނިޔޭގައި މިހާރު ބޭނުންކުރަމުން އަންނަ ކޮވިޑް-19ގެ ހުރިހާ ވެކްސިނެއް ވެސް ޖަހަނީ 18 އަހަރުން މަތީގެ މީހުންނަށެވެ. އެހެން އެގޮތަސ ްއެކނަ ހިނަގނީ 18 އަހަރުން ދަށުގެ ކުދިން މި ކަކްސިނަށް އަޖުމަ ބެލިފައި ނުވަތާިއެވެ. ނަމަވެސް ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ބޭނުންކުރުމުގެ އަޖުމަބެލުމުގެ މަރުހަލާތައް މިއަހަރު ކުރީ ކޮޅު ވަނީ ފަށާފައެވެ. އެގޮތުން މިހާރު ލަފާކުރެވޭ ގޮތުން މިއަހަރުގެ ފަހުކޮޅު ނޫނީ އަންނަ އަހަރުރުގެ ކުރީ ކޮޅަށް ކުޑަކުދިންނަށް ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ވެކެސިން ޖަހން ފެށޭވަރު ވާނެއެވެ.

ކޯވިޑް ބަލީ ކުޑަކުދިންނަށް ވެސްޖެހެއެވެ. ނަމަވެސް އެބަލީގެ އަސަރު ކުދަކުދިންނަށް ވުރެ ބޮޑަށް ބޮޑެތި މީހުންނަށް ކުރާކަމަށް ކަމާއިބެހޭ ތަޖުރިބާ ކާރުން ހާމަކުރައްވައެވެ. ވުމާއެކު ބަލީގެ ވެކްސިން ޓެސްޓް ކުރުމުގެ މަރުހަލާގައި އިސްކަމެއް ދީފައިވަނީ ބޮޑެތި މީހުންނަށް ފުރަތަމަ ޓެސްޓް ކުރުމަށެވެ. ކޯވިޑް-19ގެ ވެކްސިން ކުޑަކުދިންނަށް ދިނުމުގެ ރައްކާތެރިކަމާއި ގުޅޭ ދިރާސާތައް މިހާރު ވެސް ކުރިޔަށް ދެއެވެ.

މިހާރު ބެލެވޭ ގޮތުން މި އަހަރުގެ ސެޕްޓެމްބަރު ހިސާބުގައި 14-18 އަހަރާއި ދެމެދުގެ ކުދިންނަށް ވެކްސިން ދޭން ފެށޭނެކަމަށް އުންމީދު ކުރައްވާކަމަށާއި، އަދި އެއަށްވުރެ ކުޑަ ކުދިންނަށް މި އަހަރުގެ ފަހު ކޮޅުގައި ނުވަތަ އަންނަ އަހަރުގެ ކުރީކޮޅުގައި ވެކްސިން ދޭން ފެށޭނެކަމަށް ޑރ. ފައުޗީ ހާމަކުރައްވައެވެ.

ބޮޑެތި މީހުންނަށް އެކަނި ވެކްސިން ޖަހައިގެން މިބަލި ފެތުރުން އެއްކޮށް ހުއްޓޭނެ ކަމަކަށް ނުބެލެވެއެވެ. އެއީ ބަލިފެންތުރުން ހުއްޓޭކަމަށް ބެލެވެނީ ބަލިޖެހެން ތިބޭ މީހުންގެ އަދަދު މަދުކުރެވިގެންނެވެ. ސައިންސްގެ ގޮތުން މިއަދަދަށް ކިޔަނީ އާރުނޯޓް އެވެ. އާރު ނޯޓް އަދަދު 1 އަށް ވުރެ ދަސް ކުރެވިގެން ނޫނީ ބަލި ކޮންޓްރޯލް ނުކުރެވެއެވެ.

ކޮވިޑް-19ގެ ވެކްސިން ޖެހުން ފުވައްމުލަކުގަިއ ފޮރިއާއެކު ކުރިޔަށްނަމަވެސް މިހާރު ކުޑަކުދިންނަށް ވެކްސިން ނުޖަހާތީ އެފުރުސަތު އެންމެ ބޭނުންވާ މިންވަރަށް ދަށް ކުރުމަށް ގިނަ ދުވސްތަކެއް ނަގާފާނެއެވެ. ނަމަވެސް މުޖުތަމިއުގެ އެނެމްނަށް ވެކްސިން ޖެހުން މުހިންމުވަނީ އެހެންވެގެންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !