A wide advertisement which will be shown on all devices. (700 x 100)

މިއަދު ވެސް ޕޮޒިޓިވް ކޭސްއެއް ނެތް، މާދަމާ ޖަމާއަތުގެ ނަމާދަށް ހުޅުވާލައިފި

މިރޭ ބޭއްވި ފުވައްމުލައް ސިޓީ އީއޯސީ އިން ބޭއްވި 21 ވަނަ ޕްރެސް؛ އާމިނަތު އަހުމަދު - ފުވައމްުލަކު ހޮސްޕިޓަލ

ފުވައްމުލައް ސިޓީއިން މިއަދު ވެސް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ. އެއާއެކު ކޮމިއުނުޓީއިން ޕޮޒިޓިވް ކޭސް އެއް ނުފެނި ޖެހިޖެހިގެން 11 ދުވަސް ވީއެވެ. މާދަމާ ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރުމަށް ވަނީ ހުޅުވާލާފައެވެ.

މިރޭ ފުވައްމުލައް ސިޓީ އީއޯސީއިން ބޭއްވި ނޫސް ކޮންފަރެންސްގައި ވިދާޅުވީ މާދަމާި އިތުރު ކޭސް އެއް ޕޮޒިޓިވް ނުވާނަމަ އެޗްޕީއޭގެ މޮނިޓަރިން އާއި ގުޅިގެން އަޅާފައިވާ ކާފިއުގެ ފިޔަވަޅުތަކަށް އުވާލާނެކަމަށެވެ. ނަމަވެސް އެކަމާިއ ގުޅޭ ތަފުސީލް އެންގިގެންދާނީ މާދަމާ ރޭގައި ކަމަށްވެއެވެ. މާދަމާ، ހުކުރު ދުވަހަކީ ކާފިއުގެ މުއްދަތު 2 ވަނަ ފަހަރާ އިތުރު ކުރި މުއްދަތު ހަމަވާ ދުވަހެވެ.

ފުވައްމުލައް ސިޓީ ކޮވިޑް-19 އަޕްޑޭޓްސް 4 މާރިޗު 2021. ފުވައްމުލައް ސިޓީ އޯއީސީ

މިއަދު ވެސް ޕޮޒިޓްވް ކޭސް އެއް ނެތުމާއެކު ރަށުގެ ޖުމްލަ ހުރީ 51 ގައެވެ. މިއަދު އިތުރު މީހަކު ބަލިން ރަނގަޅުވެފައެއް ނުވުމުން ރަނގަޅުވި ޖުމްލައަކީ 32 އެވެ. އަދި ބަލީގެ އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބީ 19 މީހުންނެވެ.

މިރޭ ކުރިއަށްދިޔަ ފުވައްމުލައް ސިޓީ އީއޯސީގެ 22 ވަނަ މީޑިއާ ބްރީފިންގައި ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ބައިވެރިވީ ފުވައމްުލަކު ހޮސްޕިޓަލުގެ ސީނިއަރ ޕްބްލިކް ހެލްތު އޮފިސަރ އާމިނަތު އަހުމަދު އެވެ. ފުވައްމުލައް ސިޓީ ކައުންސިލުގެ ފަރާތުން ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރު އާއި ޑިރެކްޓަރ ޖެނެރަލް އަހުމަދު ނިޖާހު ބައިވެރިވެ ވަޑައިގަތެވެ.

ކޮވިޑް ބައްޔަށް ޓެސްޓް ކުރެވުނު މީހުންގެ ތެރެއިން މިއަދު 141 މީހުންގެ ނަތީޖާ ލިބުނު އިރު ނަތީޖާ ނުލިބި 286 މީހުންގެ ސާމްޕަލްތައް އެބަހުރި ކަމަށް މިޑީއާ ބްރީފިންގައި ހާމަކުރެއްވިއެވެ.

މިހާތަނަށް ފުވައްމުލަކު ހޮސްޕިޓަލުން ނެގި ސާމްޕަލްގެ ޖުމްލައަކީ 6663 އެވެ.

މިއަދު ރޭމްޑަމް ސާމްޕަލްގެ 126 ނަގާފައިވެއެވެ.

މިރޭ ބޭއްވި ފުވައްމުލައް ސިޓީ އީއޯސީ އިން ބޭއްވި 22 ވަނަ ޕްރެސް

މިއަދުގެ 286 ސާމްޕަލް ތަކުގެ ތަފުސީލް. 

ދަތުރުވެރިންގެ 20

ފްލޫ ކްލިނިކް 6

ކޮންޓެކްޓް ގެ —

ހޯމްކަރަންޓީނުގެ 13 ސާމްޕަލް

ރޭންޑަމް ސާމްޕަލިންގެ 1126 އެވެ.

މިރޭ ބޭއްވި ފުވައްމުލައް ސިޓީ އީއޯސީ އިން ބޭއްވި 22 ވަނަ ޕްރެސް

ވެކްސިން އަޕްޑޭޓްސް

މިއަދު ވެކްސިން ޖެހިފައި ވަނީ 325 މީހުންނަށެވެ. މިހާރު ވެކްސިން ޖަހަނީ 18 އަހަރުން މަތީގެ އެންމެންނަށެވެ.

މިހާތަނަށް ފުވައްމުލައް ސިޓީއިން ވެކްސިން ޖަހާފައި ވަނީ ޖުމްލަ 4337 މީހަކަށެވެ.

މާދަމާ، ހުކުރު ދުވަހު ވެކްސިން ޖެހުމެއް ނޯވެއެވެ. ނަމަވެސް ހޮނިހިރު ދުވަހު ވެސް ހެނދުނު 10:00 އިން ހަވީރު 5:00 އަށް ވެކްސިން ޖެހުމަށް ވަނީ ހުޅުވާލާފައެވެ. އަދި ނަމްބަރު ދޫކުރާނީ 4:30 އާއި ހަމައަށެވެ.

ވެކްސިން ޖެހުމަށް އާއްމުންގެ ހިތްވަރުދިނުމުގެ ގޮތުން މިއަދު ވެސް ފުވައްމުލައް އީއޯސީގެ ފަރާތުން 1219 މީހުންނަށް ގުޅައިގެން ވެކްސިން ޖެހުމަށް ހަނދާންކޮށްދީފައިވާނެ ކަމަށް މިރޭގެ މީޑިއާ ބްރީފިންގައި ހާމަކުރެއްވިއެވެ. އަދިވެސް ވެކްސިން ޖެހުމަށް މީހުން ނުކުންނަ މިންވަރު އިތުރު ކުރަންޖެހޭ ކަމަށް ސިޓީ ކައުންސިލާއި ހޮސްޕިޓަލުގެ ފަރާތުން ވެސް މިރޭވެސް ތަކުރާރު ކުރެއްވިއެވެ.

ފުވައްމުލައް ސިޓީ މޭޔަރ ވޮލަންޓަރީ ސާމްޕަލް ނަގަން މާނޭރު އަތިރީގައި

ފުވައްމުލައް ސިޓީގައި ދާންމަތިވެފައިވާ ކަމަށް ރަޖިސްޓްރީވެފައިވާ 58 މީހުންގެތެރެއިން 48 މީހަކަށް މިހާރު ވެކްސިން ޖަހާނިމިފައިވާ ކަމަށާއި ބާކީ ތިބި 10 މީހުންނަށް ވެކްސިން ޖެހިފައި ނުވަނީ އެފަރާތްތަކުން ޖަހަން މިވަގުތު ބޭނުން ނުވާތީ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ހާމަކުރެއްވިއެވެ.

ފުވައްމުލައް ސިޓީގެ ބައެއް މީހުން ވެކްސިން ޖަހަން އަދިވެސް ފަސްޖެހޭ ކަމަށާއި ޚާއްސަކޮށް އެއް އާއިލާއެއްގެ ގިނަ މީހުންނަށް އެއްދުވަހަކު ނުވަތަ ކައިރިކައިރީގައި ވެކްސިން ޖަހަން ޖެހިލުން ވެފައިވާކަމަށް ފާހަގަ ކުރެވިފައިވާ ކަމަށް މިރޭގެ އީއޯސީގައި ހާމަކުރެވިގެން ދިޔައެވެ.

ޕޮލިސް މޮނިޓަރިން

އެޗްޕީއޭގެ އުސޫލާއި ޚިލާފުވެގެން 18 މީހަކާއިޖޫރިމާނާ ކޮށްފައި ވާކަމަށް މިރޭގެ މީޑިއާ ބްރީފިންގައި މައުލޫމާތު ދެއްވިއެވެ.

މައުލޫމާތު: ފުވައްމުލައް އީއޯސީ 22 ވަނަ ޕްރެސް، 4 މާރިޗް 2021، 21:00.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !