މިއަދު ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރަން ހުޅުވާލައިފި

ފުވައްމުލައް ސިޓީ ބަނދަރު ސަރަހައްދުގައި އަޅާ މިސްކިތުގެ ކުރެހުމެއް
Share on facebook
Share on twitter
Share on google

މިއަދު، 5 މާރިޗު 2021 ވާ ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފެށިގެން ފުވައްމުލަކުގެ މިސްކިތްތަކުގައި އަލުން ޖަމާއަތުގައި ނަމާދުކުރަން ހުޅުވާލާފައިވާ ކަމަށް ރޭ ބޭއްވި ފުވައްމުލައް ސިޓީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ (އީއޯސީއިން) ނޫސް ކޮންފަރެންސްގައި ހާމަކުރައްވައިފިއެވެ.

މީއީ ފުވައްމުލަައް ސިޓީގެ އާއްމުންގެ ތެރޭގައި ކޮވިޑް-19 ފެތުރޭތީ ރައްކާތެރިކަމުގެ ގޮތުން ފުވައްމުލައް ސިޓީގައި، ގެއިން ބޭރަށްނުކުމެ އުޅުން މަނާކުރުމުގެ ފިޔަވަޅުުތަކާއި އެކު ހުއްޓާލެވިފައިވާތާ 20 ދުވަހަށްފަހު އަލުން މިސްކިތުގެ ޖަމާއަތުގައި ނަމާދުކުރަން ހުއްދަކުރި ކުރުމެކެވެ. ނަމަވެސް ކާފިއުގެ ފިޔަވަޅުތައް މިއަދުވެސް ކުރިޔަށް ގެންދެވޭނެއެވެ.

މިއަދު ހުކުރު ނަމާދު ކުރާއިރު ގައިދުރުކޮށް ސަފުތައް ހެދުމަށް އިސްލާމިކް މިނިސްޓރީއިން އިރުޝާދު ދެއްވާފައި ނުވާކަމަށް ޑެޕިއުޓީ މޭޔަރު ޟިރާރު ރޭގެ ނޫސް ކޮންފަރެންސްގައި ވިދާޅުވިއެވެ. ނަމަވެސް މިދުވަސްކޮޅު މިސްކިތްތަކުގައި ނަމާދަށްފަހު ގިނަ ވަގުތު ނުތިބުމަށާއި، ގެއިން ވުޟޫއު ކޮށްގެން އަމިއްލަ މުސައްލަ ގެންދިއުމަށާއި މިސްކިތުގައި ހުންނަ މުސްހަފުތައް ވީވަރަކުން ބޭނުންނުކުރުމަށް އެދިފައިވެއެވެ. އަދި މިސްކިތައް އަންނައިރު މާސްކް އަޅާއިގެން އައުމަށް ވެސް އެދިފައި ވެއެވެ.

20 ދުވަހަސްފަހު އަލުން ފުވައްމުލަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރަން މިއަދު ފަށަނީ – 5 މާރިޗް 2021

އެކަމަކު މިދުވަސްވަރު މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖާމައަތުގައި ނަމާދުކުރާއިރު ގައިދުރުކޮށް ސަފުހެދުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގައި އަމަލުކުރަން ފަށާފައެވެ. މިއީ ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންގެ މެދުގައި ކޮންމެވެސްވަރެއްގެ ދެބަސްވުންތަކެއް އޮތް ކަމެކެވެ. ނަމަވެސް މާތްވެގެންވާ 3 ހަރަމުގައި އާއި ދުނިޔޭގެ ވަރަށް ގިނަގައުމުތަކުގެ މިސްކިތްތަކުގައި ވެސް މިދުވަސްވަރު ނަމާދުކުރަނީ ގައިދުރުކޮށް ކަން ވީޑިއޮތަކާއި ފޮޓޯ ތަކުން ހާމަވެއެވެ.

ފުވައްމުލައް ސިޓީގައި ގެއިން ބޭރަށް ނިކުމެ އުޅުން އެންމެ ފުރަތަމަ 7 ދުވަހަށް މަނާކުރީ (ކާފިއު ހިންގީ- 12 ވަނަ ދުވަހުގެ ރޭ12:00އިން) 13 ފެބްރުއަރީ 2021 ގައެއެވެ. އަދި އަލުން އެފިޔަވަޅުތައް އިތުރު 7 ދުވަހަށް ދިގުދަންމާލީ 20 ފެބްރުއަރީ އިން 27 ފެބުރުއަރީ އަށެވެ. އަދި 3 ވަނަ ފަހަރާ އެފިޔަވަޅުތައް އިތުރު 7 ދުވަަށް (27 ފެބްރުއަރީ -5 މާރިޗު) ދިގުދަންމާލުމުން މުޅިއެކު 21 ދުވަސް ހަމަވާނީ މިއަދު 5 މާރިޗު 2021 ވާ ހުކުރު ދުވަހުގެ ރޭގަނޑު 12:00 އަށެވެ.

ރޭ ފުވައްމުލައް ސިޓީ އީއޯސީއިން ބޭއްވި ނޫސް ކޮންފަރެންސްގައި ވިދާޅުވެފައިވަނީ މިއަދު ރަށުން އިތުރު ޕޮޒިޓިވް ކޭސް އެއް ނުފެންނަ ނަމަ، އެޗްޕީއޭގެ މޮނިޓަރިން އާއި ގުޅިގެން އަޅާފައިވާ ކާފިއުގެ ފިޔަވަޅުތަކަށް އުވާލާނެކަމަށް ބެލެވޭ ކަމަށެވެ. އެކަމާއި ގުޅޭ ތަފުސީލް އެނގިގެންދާނީ މިރޭގައި ކަމަށެވެ.

ނަމަވެސް އަދިވެސް ފުވައްމުލައް ސިޓީ އަދިވެސް އޮންނާނީ އެޗްޕީއޭގެ މޮނިޓަރިން ޙާލަތުގައި ކަމަށާއި، މޮނިޓަރުން ޙާލަތުން ނެގޭނީ މިހާރު ކޮންޓެކްތްގެ ގޮތުގައި، އައިސޮލޭޝަނުން ދޫނުކުރެވި ތިބި 68 މީހުން ދޫކުރެވުމުން ކަމަށް ބެލެވެ ކަމަށެވެ.

5.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments