A wide advertisement which will be shown on all devices. (700 x 100)

މިރޭ 12:00 އިން ފެށިގެން ފުވައްމުލައް ސިޓީ ކާފިއު އުވާލަނީ

މިރޭ ބޭއްވި ފުވައްމުލައް ސިޓީ އީއޯސީ އިން ބޭއްވި 23 ވަނަ ޕްރެސް

ފުވައްމުލައް ސިޓީއިން މިއަދު ވެސް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެފައެއް ނުވުމާއެކު ކާފިއުގެ ފިޔަވަޅުތައް މިރޭ 12:00 އިން ފެށިގެން އުވާލެވިގެން ދާނެއެވެ. އަދި މިއަދުވަނީ ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރުމަށް ވަނީ އަލުން ފަށާފައެވެ.

މިރޭ ފުވައްމުލައް ސިޓީ އީއޯސީއިން ބޭއްވި ނޫސް ކޮންފަރެންސްގައި މޭޔަރު އަބްދުﷲ ފަލާހު ޝަރީފު ވިދާޅުވީ ގެއިން ބޭރަށް ނުކުމެއުޅުން މަނާކޮށް އަޅާފައިވާ ޚާއްސަ ފިޔަވަޅުތައް މިރޭ 12:00 އަށް މުއްދަތު ހަމަވެ، އިތުރަށް މުއްދަތު ދިގުނުކުރުމަށް ނިންމާފައިވާ ކަމަށް އެޗްޕީއޭ އިން އަންގަވާފައިވާ ކަމަށެވެ.

ނަމަވެސް އަދިވެސް ފުވައްމުލައް ސިޓީ އޮންނާނީ އެޗްޕީއޭގެ މޮނިޓަރިން ޙާލަތުގައެވެ. އުވާލެވެނީ މޮނިޓަރިން އައި ގުޅިގެން އަޅާފައިވާ ކާފިއުގެ ފިޔަވަޅުތަކެވެ. މޮނިޓަރިން ހާލަތުން ނެގޭނެ ކަމަށް އެޗްޕީއޭއިން ލަފާދެއްވާފައި ވަނީ މި މާރިޗު މަހު 15 ގައި ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ނޫސް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތް ސީނިއާރ ޕަބްލިކް ހެލްތު އޮފިސަރ އާމިނަތު އަހުމަދު ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީ ކޮވިޑް-19 އަޕްޑޭޓްސް 5 މާރިޗު 2021. ފުވައްމުލައް ސިޓީ އޯއީސީ

މިއަދު ފުވައްމުލައް ސިޓީއިން ކޮވިޑް-19 ޕޮޒިޓިވް ކޭސް އެއް ނެތްއިރު އުތުރު 2 މިހަކު ބަލިން ރަނގަޅުވެފައި ވެއެވެ. ވުމާއެކު އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބީ 17 މީހެކެވެ. އެއާއި ބަލިން ފަސޭހަވި ޖުމަލަ އަދަދު 34 ގައި ހުރިއިރު މިހާތަނަށް ރަށުން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 51 ކޭސް އަށް ބަދަލެއް ނާދެއެވެ.

މިރޭ ކުރިއަށްދިޔަ ފުވައްމުލައް ސިޓީ އީއޯސީގެ 23 ވަނަ މީޑިއާ ބްރީފިންގައި ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ބައިވެރިވީ ފުވައްމުލަކު ހޮސްޕިޓަލުގެ ސީނިއަރ ޕަބްލިކް ހެލްތު އޮފިސަރ އާމިނަތު އަހުމަދު އެވެ. ފުވައްމުލައް ސިޓީ ކައުންސިލުގެ ފަރާތުން މޭޔަރު ފަލާހު އާއި އާއި ޑިރެކްޓަރ ޖެނެރަލް އަހުމަދު ނިޖާހު ބައިވެރިވެ ވަޑައިގަތެވެ.

މިރޭ ބޭއްވި ފުވައްމުލައް ސިޓީ އީއޯސީ އިން ބޭއްވި 22 ވަނަ ޕްރެސް

ކޮވިޑް ބައްޔަށް ޓެސްޓް ކުރެވުނު މީހުންގެ ތެރެއިން މިއަދު 74 މީހުންގެ ނަތީޖާ ލިބުނު އިރު ނަތީޖާ ނުލިބި 267 މީހުންގެ ސާމްޕަލްތައް އެބަހުރި ކަމަށް މިޑީއާ ބްރީފިންގައި ހާމަކުރެއްވިއެވެ.

މިހާތަނަށް ފުވައްމުލަކު ހޮސްޕިޓަލުން ނެގި ސާމްޕަލްގެ ޖުމްލައަކީ 6742 އެވެ.

މިއަދު ރޭމްޑަމް ސާމްޕަލްގެ 126 ނަގާފައިވެއެވެ.

މިއަދުގެ 79 ސާމްޕަލް ތަކުގެ ތަފުސީލް. 

ދަތުރުވެރިންގެ 18

ފްލޫ ކްލިނިކް 6

ކޮންޓެކްޓް ގެ 4

ހޯމްކަރަންޓީނުގެ 1 ސާމްޕަލް

ރޭންޑަމް ސާމްޕަލިންގެ 50 އެވެ.

ވެކްސިން އަޕްޑޭޓްސް

މިއަދު ވެކްސިން ޖެހހުން ކުރިޔަސ ްގެންގޮސްފައެއް ނުވެއެވެ، މިހާރު 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖަހަން ވަނީ ފަށާފައވެ. މިހާތަނަށް ފުވައްމުލައް ސިޓީއިން ވެކްސިން ޖަހާފައި ވަނީ ޖުމްލަ 4337 މީހަކަށެވެ.

ނަމަވެސް، މާދަމާ ހޮނިހިރު ދުވަހު ހެނދުނު 10:00 އިން ހަވީރު 5:00 އަށް ވެކްސިން ޖެހުމަށް ވަނީ ހުޅުވާލާފައެވެ. އަދި ނަމްބަރު ދޫކުރާނީ 4:30 އާއި ހަމައަށެވެ.

ވޮލަންޓަރީ ސާމްޕަލް ނެގުން މާނޭރެ އަތިރީގައި

ވެކްސިން ނުޖަހާ ޓީޗަރުން ދަރިވަރުންނަށް ކިޔަވައިދޭން ނުނުކުންނަ ކަން ޔަގީންކޮށް ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން އެގޮތުން ޔަގީން ކުރުމަކި ފުވައމްުލަކު ހޮސްޕިތަލާއި ފުވައްމުލައ ސިޓީ ކައުންސިލުން ޔަގީން ކުރަނ ްޖެހޭ ކަމެއްކަމަށް ނޫސްވެރިން ފާހަގަކުރިއެވެ. އަދި އެކަންތައް ބައްލަވަމުން ގެންދަވާކަމަށް މޭޔަރު ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީގެ ބައެއް މީހުން ވެކްސިން ޖަހަން އަދިވެސް ފަސްޖެހޭ ކަމަށާއި ޚާއްސަކޮށް އެންމެ އަގުބޮޑު ވެކްސިން ކަމަށްވާ ފައިޒާއާއި މޮޑާނާ ވެކްސިން ނޫނީ ނުޖަހަން ތިބި ބަޔަކުވެސް ރަށުތެރެގައި އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ނޫސްވެރިން ފާހަގަ ކުރިއެވެ. އަދި ވެކްސިން ޖަހާފައިވާ ކަން ދަރަށުގައި ހުރި ދައުލަތުގެ ހުރިހާ މުައަސަސާތަކަކުން ވެސް ޗެކްކުރުން މުހިންމު ކަމަށް ފާހަގަ ކުރެވިގެން ދިޔައެވެ.

މައުލޫމާތު: ފުވައްމުލައް އީއޯސީ 23 ވަނަ ޕްރެސް، 5 މާރިޗް 2021، 21:00.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !