ފުވައްމުލައް ސިޓީ މަސްޖިދުލް ހުދާގެ ބީލަން އަލުން ހުޅުވާލައިފި

މަސްޖިދުލް ހުދާ އިމާރާތުގެ ޑިޒައިން- މަތިން ފެންނަ ގޮތް- ކުރެހުން
Share on facebook
Share on twitter
Share on google

ފުވައްމުލައް ސިޓީ މަސްޖިދުލް ހުދާ (ލިލީ މިސްކިތް) އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ބީލަމަށް ހުޅުވާލައިފިއެވެ. މީގެކުރިން ފިނޭންސް މިނިސްޓްރީން ހުޅުވާލި ބީލަން ބާތިލުކޮށް، މި މާރިޗު މަހު 4 ގައި ވަނީ އަލުން ހުޅުވާލާފައެވެ.

މަސްޖިދުލް ހުދާ އިމާރާތް ކުރުމުގެ މަސައްކަތުގެ ބީލަން ކުރިޔަށް ގެންދަނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެން.ސީ.ބީ)ގެ އުސޫލުންނެވެ. މި ބީލަމު ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރާފަރާތްތަކުގެ ގަވާއިދު” ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މަސްޖިދުލް ހުދާ އިމާރާތުގެ ޑިޒައިން

ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ގޮތުގައި -/500 ރުފިޔާ (ފަސް ސަތޭކަ ރުފިޔާ) މި ބީލަމުގައި ބައިވެރިވުމަށް ދައްކަންޖެހެއެވެ. އަދި ބިޑް ސެކިޔުރިޓީގެ ގޮތުގައި 60,000 ދިވެހި ރުފިޔާ (ފަސްދޮޅަސް ހާސް ދިވެހިރުފިޔާ) ހުށަހަޅަންޖެހެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

މި މަސައްކަތުގެ ބީލަން ހުޅުވުން އޮންނާނީ 5 އޭޕްރީލު 2021 ވާ ހޯމަ ދުވަހުގެ 13:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަގެ ޖަލްސާކުރާ މާލަމުގައި ކަމަށް ހާމަކުރައްވައެވެ.

މަސްޖިދުލް ހުދާ އިމާރާތުގެ ޑޒައިން- އެތެރެ ހުންނަ ގޮތް- ކުރެހުން

މި ބީލާމާއި ގުޅޭ އެންމެހައި މައުލޫމާތު މާރިޗު މަހު 7 އިން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށް ހާމަކުރައްވައެވެ.

މި މިސްކިތް ޑިޒައިންކޮށްފައި ވަނީ އެޕޯޗް އެސޯސިއޭޝަނުންނެވެ.

މަސްޖިދުލް ހުދާގެ ބީލަން ހުޅުވާލުން

5.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments