A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު އައު އިންޖިނުގޭގެ އަމަލީ މަސައްކަތް އަންނަ ހަފުތާގައި ފަށަނީ

ފެނަކަ ފުވައްމުލައް އިންޖީނުގޭގައި ސްކޫލް ކުދިން ތަޖުރިބާ ހާސިލުކުރުމުގައި

ފުވައްމުލަކުގެ އައު އިންޖީނުގޭގެ އަމަލީ މަސައްކަތް އަންނަ ހަފުތާގައި ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑަގެންފައިވާ ކަމަށް ފެނަކަ ކޮޕަރޭޝަނގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައިދު ވިދާޅުވއެއްޖެއެވެ.

މިއަދު އައްޑޫ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޑީ ސައީދު ވިދާޅުވީ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތަށް ކޮންޓްރެކްޓަރެއް ހަމަޖެހިފައިވާ ކަމަށެވެ. އަދި އައު އިންޖީނުގެއަށް ބަދަލުވުމުގެ މަސައްކަތް އަވަސްކުރުމަށް ރައީސް  ސޯލިހު ވިދާޅުވެފައިވާ ކަމަށެވެ.

ފުވައްމުލައް ސިޓީގެ އައު އިންޖީނުގެ އަޅާ ސަރަހައްދު

ފެނަކަ ކޯޕަރޭޝަނުން ހާމަކުރައްވާ ގޮތުގައި ފުވައްމުލައް ސިޓީގެ އައު އިންޖީނުގޭގެ މަސައްކަތް ނިމޭއިރު ހުންނާނީ އިންޖީނުގެިއން ޚިދުމަތް ދޭވޭ ވަރަށް ްތައްޔާރުކުރެވިފައި ކަމަށެވެ. އެގޮތުން އިންޖީނުތައް ބަހައްޓާނެ ޖާގަތައް އެކަމަށް ޚާއްސަ ކުރިެވިފައިވާ ގޮތައް ތައްޔާރުކުރެވި، ކަރަންޓް ގުލުމަ ސްބޭނުންވާ އިކްއިޕްމެންޓްތައް ބެހެއްޓިފައި ހުންނާނެކަމަށެވެ.

ފުވައްމުލަކުގެ ކަރަންޓުގެ ނެޓްވޯކް އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިޔަށްގެންދާތާ ދުވަސްގަނޑެއް ވެއްޖެއެވެ. އެގޮތުން އައު ހައިވޯލްޓޭޖް ކޭބަލް އެޅުމާއި، ހައިކެޕޭސިޓީ ޑިސްޓްރިބިއުޝަން ފޮށިތައް ބެއްޓުމާއި އައު ޓްރާންސްފޯމަރުތައް ނެޓްވޯކާއި ގުޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ފެނަކަ ފުވައްމުލައް އިންޖީނުގޭގައި ސްކޫލް ކުދިން ތަޖުރިބާ ހާސިލުކުރުމުގައި

ފުވައްމުލަކުގެ އައު އިންޖީނުގެ އެޅުުމަށް ހަމަޖެހިފައި ވަނީ ދޫނޑިގަމު އަވަށުން ރޯޔަލް ރެސްޓޯރަންޓް ހިސާބުގައެވެ. އިންޖީނުގެ އެޅުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ 80 ހާސް އަކަފޫޓްގެ ބިމެއް ފެނަކަ ކޯޕަރޭޝަނާއި ހަވާލޮކޮށްފައެވެ.

ފުވަައްމުލައް ސިޓީ މިހާރު ހުރި އިންޖީނުގޭގެ ޖާގައިގެ ދަތިކަން ވަނީ ބޮޑުވެ ބައެއް އިންޖިނުތައް ބަހައްޓނެ ހިޔަލެއް ހަދާނެ ޖާގަވެސް ނެތިފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަދި އެއިންޖީނުގެ ހުރީ ރަަށުގެ މެދުތެރޭގައި އާއްމުން ދިރިއުޅޭ ސަރަހައދުގައި ކަމަށްވުމުން އަޑު ގަދަވމާއި ބިން ގުޑާކަމަށް ބުނެ އެހިސާބުގެ މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !