A wide advertisement which will be shown on all devices. (700 x 100)

ގެސްޓު މީހާގެ ގާތުން ބައްދަލުވި ދެ މީހުން ފައްސި ވެއްޖެ

ފުވައްމުލައް ސިޓީ ކޮވިޑް-19 އަޕްޑޭޓްސް 5 އޭޕްރީލް 2021

އިއްޔެގެ ވަގުތެެއްގައި ފުވައްމުލަކުން ކޮވިޑް-19އަށް ފައްސިވި ގެސްޓް މީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ދެމީހެއްގެ ޓެސްޓު ނަތީޖާއިން ފައްސި ވެފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި ފައްސިވެފައި ވަނީ ޓުއަރިސްޓް މީހާ ހުރި ގެސްޓު ހައުސްގައި މަސައްކަތް ކުރާ ދެ މީހެކެވެ. މިއަދު އަލަަށް ޕޮޒިޓިވް ވި ދެ މީހުނާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށް އެ ފަރާތުން ބުނެފައި ވެއެވެ.
މިއަދުގެ ފައްސި 2 މީހުންނާއެކު ފުވައްމުލައް ސިޓީއިން ބައްޔަށް ފައްސިވެފައިވާ ޖުމްލަ އަކީ 61 އެވެ. އަދި ކޮވިޑް-19ގެ އެކްޓިވް މީހުންގެ ގޮތުގައި 9 މީހުން ތިބޭނެ ކަމަށް ވެއެވެ. މި ޖުމްލަ އަދަދަށް ބަލާނަމަ ބަލިން ރަނގަޅުވެފައިވާނީ 52 މީހެކެވެ. ފުވައްމުލައް ސީޓިއިން ކޮވިޑް-19ގެ އެއްވެސް މީހަކު ބަލިގެ ނާޒުކު ހާލަތަށް ގޮސްފައެއް ނުވެއެވެ.

މިއަދުގެ ޕޮޒިޓިވް ދެ ކޭސްއާ ގުޅިގެން ވެސް ފުވައްމުލަކު ހޮސްޕިޓަލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް ކުރާ އިލްތިމާސް ތަކުރާރު ކޮށްފައެވެ. އެގޮތުން އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޭރުގައި އުޅޭ ވަގުތުތަކުގައި މާސްކް އެޅުމަށާއި މީހުންގެ ތެރޭގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުމަށާއި ގިނަގިނައިން އަތްދޮވުން އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށް ހެދިފައިވާ އުސޫލްތަކާ އެއްގޮތަށް އަމަލުކުރުމަށް ހިމެނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !