A wide advertisement which will be shown on all devices. (700 x 100)

ރޯދަމަހު ވެކްސިން ދިނުން ރޭގަނޑަށް

2 ވަނަ ޑޯޒް ވެކްސިން ޖެހުން ފުވައްމުލައް ސިޓީގައި، 7 އޭޕްރީލް 2021.

މިއަދުން ފެށިގެނ މި ރޯދަމަހު ފުވައްމުލައް ސިޓީގައި ކޮވިޑް-19 ވެކްސިން ޖެހުން ރޭގަނޑަށް ބަދަލުކޮށްފިއެވެ. އެގޮތުން ރޯމަދަމަހާއި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު ވެކްސިން ޖެހުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެވެސް ރޭނގަޑު 9:00 އިން 12 އަށެވެ. އަދި 11:00 ގައި ކިޔޫ ބަންދުކުރާނެ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކޮށްފައި ވެއެވެ.

ކޮވިޝިްލްޑްގެ ދެވަނަ ޑޯޒް ޖަހަން ކަނޑައަޅާފައިވާ މުއްދަތަކީ 8 ހަފުތާއާއު 12 ހަފުތާ އާއި ދެމެދުގެ މުއްދަތެކެވެ. އެގޮތުން ފެބްރުއަރީމަހު ކުރި ކޮޅު ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުން މުއްދަތު ހަމަވުމުގެ ކުރިން ދެވަނަ ޑޯޒް ޖެހުމަށް ސަމާލުވުމަށް ފުވައްމުލަކު ހޮސްޕިޓަލުން އެދިފައި ވެއެވެ.

ދެވަނަ ދޯޒް ޖެހުމަށް ހަމަޖައްސާފައިވަނީ ފުވައްމުލަކު ހޮސްޕިޓަލުގ ގަރާޖު ސަރަހައދުގައެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒްގެ ގޮތުގައި ސިނޮފާމް ޖެހުމަށް ހަމަޖެހިފައިވަނީ ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓްގައެވެ. ސިނޯފާމް ވެކްސިން ދިނުމަށް ހުޅުވާލެވިފައ ވަނީ 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހުންނަށެވެ.

ފުވައްމުލައް ސިޓީއިން ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ފުރަތަމަ ދުވަހު 82 މީހަކު ޖަހާފައި ވެއެވެ. އަދި ފުރަތަމަ ދުވަހު ސިނޮފާމްގެ ފުރަތަމަ ޑޯޒް 31 މީހަކަށް ވަނީ ޖަހާފައެވެ.

ފުވައްމުލައ ސިޓީގައި ކޮވިޑް-19 ވެކްސިން ޖަހަން ފާށާފައި ވަނީ މިއަހަރު ފެބުރުއަރީ މަހު 5 ގައި ކަމަށްވުމުން، އެމީހުންނަށް ދެވަނަ ޑޯޒް މި އޭޕްރީލް މަހު 2-30 އާއި ދެމެދު ޖަހަން ޖެހެއެވެ. މިއަހަރު ފެބުރުއަރީ 5-11 އަށް ފުވައްމުލައް ސިޓީއިން ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ޖުމްލަ 295 މީހުންނަށް 2 ވަނަ ޑޯޒް ޖެހުމުގެ ޝަރުތު މިހާރުވަނި ފުރިހަމަވެފައެވެ.

ވެކްސިން ދެވަނަ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ މީހުންގެ ޝެޑިއުލް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !