A wide advertisement which will be shown on all devices. (700 x 100)

ވެކްސިން ދެ ޑޯޒް ފުރިހަމަކޮށް ކަރަންޓީނާއި ނުވެ ދަތުރުކުރެވޭ ގޮތް ހަމަޖައްސައިފި

2 ވަނަ ޑޯޒް ވެކްސިން ޖެހުން ފުވައްމުލައް ސިޓީގައި، 7 އޭޕްރީލް 2021.

ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ކަރަންޓީނު ނުވެ ދަތުރުފަތުރު ކުރެވޭގޮތަށް އެޗްޕީއޭއިން ހަމަޖައްސައިފިއެވެ. މިއަދު 16 އޭޕްރީލް 2021 ގެ މިއެންގުމާއި އެއްގޮތަށް އަމަލުކުރަން ފަށަނީ މި އޭޕްރީލް މަހު 20 ވަނަ ދުވަހުން ފެށިގެންނެވެ.

އެގޮތުން ދަތުރުކުރާ ރަށުގެ އާބާދީގެ %60 މީހުންނަށް ކޮވިޑް-19ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައި ވާނަމަ އެރަށަކަށް ދަތުރުކުރާ ފަރާތަކުން ކަރަންޓީނުވާކަން ނުޖެހެއެވެ. އެއީ ރާއްޖޭގައި މިހާރު ޖަހަމުންދާ ކޮވިޝީލްޑްއާއި ސިނޮފާމް އަދި ފައިޒާވެކްސިން ނަމަ 2 ޑޯޒް ފުރިހަމަވެފައި ވާނަމައެވެ.

މީގެ އިތުރުން އެހެން ރަށަކަށް (އާބާދީގެ %60 މީހުންނަށް ކޮވިޑް-19ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ވެފައި ނުވާ ރަށަކަށް) ދަތުރުކުރާ މީހާ އަކީ ކޮވިޑް-19 ވެކްސިންގެ 2 ދޯޒް ފުރިހަމަކުރިތާ 14 ދުވަސްފައިވާ މީހުން ދަތުރު ކުރިއަސް ކަރަންޓީނު ވާކަށް ނުޖެހެއެވެ.

ނަމަވެސް އާބާދީގެ %60 މީހުނަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަވެފައި ނުވާ ރަށްރަށަށް ދިއުމަށް ދަތުރަށް ފުރާ ރަށުގެ (އެމީހަކު ހުރި ރަށުގެ) އާބާދީގައި ބަލި އުޅޭ ނިސްބަތް %5 އަށް ވުރެ މަތިނަމަ ދަތުރުކުރާ މީހާ ޕީސީއާރު ނެގަޓިވް ނަތީޖާއަކާއެކު ދަތުރުކު ކުރުމުން ކަރަންޓީން ވާން ނުޖެހޭނެއެވެ. އަދި ވެކްސިން ޖެހުމުގެ ޝަރުތު ހަމަނުވާ ކުޑަކުދިން ވެސް އެފަދަ ރަށަކަށް ދަތުރުކުރާއިރު ޕީސީއާރު ނެގަޓިވް ނަތީޖާއަކާއެކު ދަތުރުކު ކުރުމުން ކަރަންޓީން ވާން ނުޖެހޭނެއެވެ.

ފަތުރުވެރިން ނާއި އެހެން މީހުން ރާއްޖެ އެތެރެވާއިރު ވެކްސިން 2 ޑޯޒް ފުރުހަމަކޮށް ދެ ހަފުތާ ވެފައިވާނަމަ ޕީސީއާރު ނެގަޓިވް ނަތީޖާއަކާއި ނުލައި ދަތުރުކު ކުރުމުން ވެސް ކަރަންޓީން ވާން ނުޖެހޭ ގޮތަށް ވެއެވެ.

ނަމަވެސް މީގެ ތެރޭގައިން ސިއްހީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ މީހުންނާއި ސްކޫލް ތަކުގައި މަސައްކަތް ކުރާ މީހުންނާއި، ޑޭކެއާ އަދި ރެޒިޑެންޝަލް ކެއާގައި މަސައްކަތް ކުރާ ފަރާތްތައް ނުހިމެނެއެވެ. އެފަރާތްތަކުން ދަތުރުކުރާނަމަ ޕީސީއާރު ޕީސީއާރު ނެގަޓިވް ނަތީޖާއަކާއެކު ދަތުރުކު ކުރުމުން ކަރަންޓީން ވާން ނުޖެހޭނެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !