ދެވަނަ ޑޯޒް ޖެހުމަށް އިތުރު ވެކްސިން ސެންޓަރެއް ކުރުނދުމާ މާލަމުގައި

60% އަށް ދިއުމަށް އަވަހަށް ދެވަނަ ޑޯޒް އަވަހަށް ޖައްސަވާ!
Share on facebook
Share on twitter
Share on google

ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް 2 ވަނަ ވެކްސިން ސެންޓަރެއް ފުވައްމުލައް ސިޓީގައި ގާއިމުކޮށްފިއެވެ. ވެކްސިންގެ 2 ވަނަ ޑޯޒް ޖެހުމަށް ރެއިން (19 އޭޕްރީލް 2021) ފެށިގެން އަތުރަށް ހަމަޖައްސަފައި ވަނީ ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގެ ކުރުނދުމާ މާލަމެވެ.

މި ސެންޓަރާއިއެކު މިހާރު 2 ވަނަ ޑޯޒް ޖަހަމުން އަންނަނީ ފުވައްމުލަކު ހޮސްޕިޓަކުގެ ގަރާޖު ސަރައްދާއި ކުރުނދުމާ މާލަމުންނެވެ. މި ދެ ސެންޓަރުން ކޮންމެ ރެއަކުވެސް 9:00 އިން 12:00 އަށް ވެކްސިން ޖެހުމަށް ވަނީ ހަމަޖައްސާފައެވެ. ނމަވެސް ދެސެންޓަރުން ވެސް ކިއުނާމްބަރު  ދޫކުރަނީ ރޭގަނޑު 11 ޖަހަންދެނެވެ.

އިއްޔެ އެކަނިވެސް 130 މީހުން ދެވަނަ ޑޯޒް ޖާހާފައިވާކަމަށް ފުވައްމުލަކު ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. އިއްޔެ ފުރަތމަ ޑޯޒް ޖަހާފައިވަނީ 33 މީހުންނެވެ. މިއާއެކު މިހާތަނަށް ފުވައްމުލައް ސިޓީއިން ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހީ 5487 މީހުންނެވެ. އަދި ދެވަނަ ދޯޒް ޖަހާފައިވަނީ 639 މީހުން ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރެއެވެ.

ފުވައްމުލައް ސިޓީއިން ކޮވިޑް-19ގެ ވެކްސިންގެ 2 ވަނަ ޑޯޒަށް ޝަރުތުހަމަވާ މީހުންގެ އަދަދުތައް

ދެވަނަ ޑޯޒް ވެކްސިނ ޖަހަންފެށިތާ 2 ހަފުތާ ވީއިރު، މިހާތަނަށް ފުވައްމުލައް ސިޓީއިން ދެވަނަ ޑޯޒް ޖަފާފައި މިވަނީ 639 މީހުންނެވެ. އޭގެތެރޭގައި ފާއިތުވި 3 ދުވަހު 2 ވަނަ ޑޯޒް ވެކްސިން ޖެހި 358 މީހުން ހިމެނެއެވެ. އެއީ އެވްރެޖްކޮށް ދުވާކަށް 120 ވަރަކަށް މީހުންނެވެ. މީއީ ފުވައްމުލައް ސިޓިގައި ދެވަނަ ޑޯޒް ޖެހުމުގެ ޝަރުތު ހަމަވާ މީހުންގެ %77.9 އެވެ. މި ޕަސެންޓޭޖް ނިމުނު ހަފުތާގައި ހުރީ %65.5 ގައެވެ. މިއަދަދަށް ބަލާއިރު މިހާރު ގިނަ ބަޔަކު ވެކްސިން ޖަހަންދާކަމަށް ބެލެވެއެވެ. އެއީ ވެކްސިން ޖަހަން ފަށައިގެން ފުރަތަމަ ހަފުތާ (7-15 އޭޕްރިލް އަށް 8 ދުވަސް) ތެރޭގައި ވެކްސިން ޖަހާފައިވަނީ ޖުމްލަ 281 މީހުން ކަމަށް ވުމެވެ.

ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ފުވައްމުލައް ސިޓީއި ފަށާފައި ވަނީ ފާއިތުވި ހަފުތާގެ ބުދަ (7 އޭޕްރީލް 2021) ދުވަހުއެވެ. އަދި މިއަދު 16 އޭޕްރީލާއި ހަމަޔަށް ފުވައްމުލައް ސިޓީގައި ކޮވިޑް19 ވެކްސިން 2 ވަނަ ޑޯޒް ޖެހުމުގެ ޝަރުތުހަމަވާ ތިބީ ޖުމަލަ 429 މީހުންނެވެ. އެއިގެ ތެރެއިން 281 މީހަކު ދެވަނަ ޑޯޒް ޖަހާފއި ވުމުން އެއީ ޝަރުތު ހަމަވާ އާބާދީގެ %65.5 މީހުންނެވެ.

ކޮވިޑް-19ގެ 2 ވަނަ ޑޯޒް ވެކްސިން ޖެހުމަށް ގިނަބަޔަކު އަވަސްވެގެންފައި ވަނީ ސަރުކާރުން ދާދިފަހުން އިއުލާންކުރި އުސޫލުގެ ދަށުން، ދެވަނަ ޑޯޒް ޖެހުމުން ދަތުރުފަތުރު ކުރުމުގައި، މިއަދު 20 އޭޕްރީލް އިންފެށިގެން ކަރަންޓީނުވާން ނުޖެހޭގޮތަށް ލިބޭ ލުއިތަން ކަމަށް ބެލެއެވެ.

އެ އުސޫލުގައި ވާގޮތުން ވެކްސިންގެ 2 ވަނަ ޑޯޒް ފުރިހަމަ ކުރުމުން 2 ގޮތަކުން ކަރަންޓީނުން ސަލާމަތްވެއެވެ.

  1. ރަށެއްގެ އާބާދީގެ %60 މީހުންނަށް 2 ވަނަ ދޯޒް ފުރުހަމަކުރެވިފައިވާނަމަ އެރަށަކަށް ދަތުރުކުރާ އެއްވެސް މީހަކު ކަރަންޓީނުވާކަށް ނުޖެހެއެވެ.
  2. ދަވަނަ ޑޯޒް ޖެހި މީހުންގެ އާބާދީގެ %60 ހަމަނުވާ ރަށްރަށަށް ވެސް ދަތުރުކުރާ މީހާއަކީ 2 ޑޯޒް ފުރިހަމަކޮށް 2 ހަފުތާ ވެފައިވާ މީހެއްނަމަ ކަރަންޓީނު ވާކަށް ނުޖެހެއެވެ. ނަމަވެސް މިބައިގައި އިތުރު ޝަރުތުތަކެއް ވެއެވެ. އެއީ ދަތުރުކުރާ މީހާއަކީ ދަތުރަށް ފުރާ ރަށުގެ އާބާދީގައި ކޮވިޑް-19 ފެތުރޭ މިންވަރު (ސާމްޕަލް ޕޮޒިޓިވްވާ މިންވަރު) އާބާދީގެ %5 އަށް ވުރެ މަތި ނަމަ ކަރަންޓީނާއި ނުލައި ދަތުރުކުރުމަށް ޕީސީއާރު ނެގަޓިވް ނަތީޖާއެއް އޮތުމާއި ވެކްސިން ނުޖެހޭ އުމުރު 18 އަހަރުން ދަށުގެ ކުދިން އެފަދަ ރަސަކުން ދަތުރުކުރާ ނަމަވެސް ޕީސީއާރު ނެގަޓިވް ނަތީޖާއަކާއިއެކު ދަތުރުކުރުމުން ކަރަންޓީނު ވާކަށް ނުޖެހެއެވެ.

 

ދެވަނަ ޑޯޒް ފުރިހަހަމަ ކުރުމުން ކަރަންތިނު ވާންނޖެހި ދަތުރުކުރެވޭ.

ކޮވިޑް-19 ވެކްސިންގެ 2 ވަނަ ދޯޒް މިހާތަނަ ޖަހާފައިވާ މީހުންގެ ތަޖުރިބާއަށް ބަލާއިރު ދެވަނަ ޑޯޒް ޖެހުމުން ދިމާވާ އެހެން މައްސައްލަތައް (ސައިޑް އިފެކްޓްސް) ވަރަށް ބޮޑުތަނުން ކުޑަކަމަށް ފުވައްމުލަކު ޕަބްލިކް ހެލްތު ޔުންިޓުން ހާމަކުރައްވައެވެ.

ކޮވިޑް-19 ވެކްސިްނގެ 2 ވަނަ ޑޯޒް އަވަހަށް ފުރިހަމަކުރުމަކީ ރައްކާތެރިކަން އަވަހަށް އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ އިތުުރުން ދަތުރުފަތުރަށް ފުވައްމުލައް ސިޓީ ހުޅުވާލުމަށް އެޅޭ މުހުންމު ފިޔަވަޅެކެވެ. އެގޮތުން ވީހާ އަވަހަކަށް ރަށުގެ އާބާދީގެ %65 މީހުނަށް ދެވަނަ ޑޯޒް ޖެހުމަކީ ރާއްޖެއާއި ދުނިޔޭގެ ކޮންމެ ތަނަކުން ވެސް ފުވައްމުލައް ސިޓީ ދަތުރުކުރުމުގައި ހުޅުވާލެމެ މުހިންމު ފުރުސަތެކެވެ. އެގޮތުން ރަށުގެ ފަތުރުވެރިކަން ފުޅާކުރެވި ރަށް ލިބޭ އާމްދަނި އިތުރުކުރުމަށް މިވަގުތަށް ވެދެވެ މުހިންމު ހިއްސާއެއްކަމުގައި ބެލެވެއެވެ.

ހޮސްޕިޓަލުގެ މެނޭޖަރުގެ އެދިވަދައިގެންފައި ވަނީި ވީހާވެސް އަވަހަކަށް 2 ވަނަޑޯޒް ވީއެންނެ ގިނަބަޔަކު ޖެހުންކަމަށެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments