ވެކްސިން ޖެހުމަށް ބަދަލުތަކެއް ގެނައީ މުއްދަތު ކައިރިވެފައިވާ މީހުންނަށް އަވަހަށް 2 ވަނަ ޑޯޒް ޖައިދިނުމަށް-މެނޭޖަރު ސައީދު

ފުވައްމުލައް ސިޓީގައި ކޮވިޑް-19 ވެކްސްސިން ޖެހި މީހުންގެ އަދަދުތައް 28 އޭޕްރީލް 2021
Share on facebook
Share on twitter
Share on google

ކޮވިޝީލްޑް ވެކްސިންގެ 2 ވަނަ ޑޯޒް ޖެހުމުގައި މިވަގުތު ފުވައްމުލަކު ހޮސްޕިޓަލުން އިސްކަންދެނީ 2 ވަނަ ޑޯޒް ޖެހުމުގެ މުއްދަތު ހަމަވާން ކައިރިވެފައި ތިބި މީހުންނަށް ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވެއެވެ.

މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ފުވައްމުލައް ސިޓީގައި ކޮވިޝީލްޑް ދެވަނަ ޑޯޒް ޖަހައި ދެމުން އަންނަނީ 19 ފެބްރުއަރީ 2021 އިން ފެށިގެން ކުރީގެ ދުވަސްތަކުގައި ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށެވެ. އެމީހުންނަށް ދެވަނަ ޑޯޒް ޖެހުމަށް ކަނަޑައޅާފައިވާ މުއްތަދު ހަމަވާން ކައިރިވެފައިވާތީ އެމީހުންނަށް އިސްކަން ދިނުމުގެ ގޮތުން، ވެކްސިންގެ 2 ވަނަ ޑޯޒް ޖެހުމަށް މިވަނީ ބަދަލުތަކެއް ގެނެސް ފައެވެ. މިބަދަލާއެކު ވެކްސިން ޖެހުމަށް އެއިގެ ކުރިން އޮތް ދިގު ކިއުއަށް ވަނީ އެއްކޮށްހެން ހުސްވެފައެވެ. އެއާއެކު ވެކްސިން ޖެހޭ މީހުންގެ އަދަދު ވެސް މިވަނީ ބޮޑުތަނުން ދަށްވެފައެވެ.

ކުރިން ކޮންމެ ރެއަކު 300 އެއްހާ މީހުންނަށް ޖެހުނު އިރު ފާއިތު ވި ދެ ރޭވެސް ޖެހިފައިވަނީ ރެއަކަށް 30 އެއްހާ މީހުންނަށެވެ. އެކަމާއި ކަންބޮޑުވުން ފާޅުކޮށް މިކަލް ނޫހާއި ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ އެއްތަނުގެ ކިއު އެމީހުންނަށް ޚާއްސަ ކޮށްފައި އަނެއް ސެންޓަރުން އާއްމުކޮށް ޝަރުތު ހަމަވާ ކޮންމެ މީހަކަށް ވެސް ޖެހޭގޮތަށް އޮތްނަމަ ގިނަބަޔަކަށް ވެކްސިން ޖެހުމުގުގެ ފުރުސަތު ގެއްލިގެން ނުދާނެކަމަށެވެ. އެއްސެންޓަރުން ޖަހާނަމަ 2 ކިއުއެއް ހަދާފައި އެއް ކިއޫގައި އެބުނާ މީހުންނަށް (19 ފެބްރުއަރީގެ ކުރީގެ މީހުން) ވަކި ކިއޫއެއް ހަދާނަވެސް މިވެސް މިހާރު ވެކްސިން 2 ވަނަ ޑޯޒް ޖަހަން ބޭނުންވާ ގިނަބަޔަކަށް އެފުރުސަތު އހަވަށް ދެވެނެކަމަށެވެ.

ފުވައްމުލައް ސިޓީއިން ފެބްރުއަރީ 19ގެ ކުރިން ކޮވިޝީލްޑް ފުރަތަމަ ޑޯޒް ޖަހާފައިވަނީ ޖުމްލަ 904 މީހުންނެވެ. އެއިގެ އިތުރުން މާލެއިންނާއި އެހެނިހެން ތަންތަނުން އެމުއްދަތުގައި ފުރަތަމަ ޑޯޒް ޖަހައިގެން ރަށަށް އައިސްފައިވާ ފަރާތްތައް ވެސް ކޮންމެ ވެސް ވަރަކަށް ތިބޭނެކަމަށް ބެލެވެއެވެ. ނަމަވެސް އެފަދަ މިހުންގެ އަދަދު މިހަރު އެހާ ބޮޑުވާނެކަމަކަށް ނުބެލެވެއެވެ.

ކޮވިޝީލްޑް ދެވަނަ ޑޯޒް ޖެހުމަށް ކިއޫގައި މީހުން

ވެކްސިން ޖެހުމަށް ބަދަލުތައް ގެނެވުނު ނަމަވެސް ހުރިހާ އެންމެނަށް ވެކްސިން ފުރިހަމަކޮށްދޭން ސަރުކާރުން ކުރާ މަސައްކަތް ކުރިއަށްދާ ކަމަށާއި ކަނޑައެޅިފައިވާ މުއްދަތުގައި ﷲގެ އިރާދަފުޅާއެކު 2 ޑޯޒް ފުރިހަމަވާނެ ކަމަށް މެނޭޖަރު ސައީދު ފާހަގަކުރެއްވިއެވެ.

“މިވަގުތު މަސައްކަތުގެ ލޯޑް ދަށްވެފައިވާތީ ދާނުގައި ތިބި މީހުންނަށް ވެސް ވެކްސިން ޖަހައި ނިންމާލުމަށް ޚާއްސަ ގޮތެއްގައި މަސައްކަތް އެބަކުރެވޭ.” މެނޭޖަރު އަހމަދު ސައީދު މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

މެނޭޖަރު އިޝާރާތް އެކުރެއްވި މިހާރު ފުވައްމުލަކު ހޮސްޕޓަލުން ފަށައިގެން އުޅޭ ދާނުގައި ތިބި މީހުންނަށް ވެކްސިންގެ 2 ވަނަ ޑޯޒް ޖެހުމަށް ކުރިޔަށް ގެންދާ ހަރަކާތުގެ ވާހަކައަށެވެ. އެގޮތުްނ ދެވަނަ ޑޯޒް ޖަހަން ޖެހޭ 50 އެއްހާ މީހުން ފުވައްމުލަކުގައި ތިބޭނެ ކަމަށް ބެލެވެއެވެ. އަދަދު މަދު ނަމަވެސް އެފަދަ މީހުންނަށް ވެކްސްިން ޖެހުމަށް ގިނަ ވަގުތުތަކެއް ހޭދަވާތީ ، އެކަމަށް ހަފުތާއަކަސްވުރެ ވެސް ގިނަ ދުވަސް ނަގާފާނެއެވެ.

ނަމަވެސް ސިނޯފާމް ވެކްސިން ޖަހައި ދިނުމަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. ސިނޮފާމް ވެކްސިން ޖަހައި ދެނީ ފުވައްމުލަކު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓުން ކޮންމެ ރެއަކުވެސް 9:00 އިން 12:00 އަށެވެ. އަދި ސިނޮފާމް ވެކްސިންގެ ފުރަތމަ ޑޯޒް މާލެއިން ނުވަތަ އެހެން ތަނަކުން ޖަހައިގެން އައިސް ތިބި، 4 ހަފުތާވެފައިވާ މީހުންނަށް 2 ވަނަ ޑޯޒް އަންނަނީ ޖަހަިއ ދެމުންނެވެ.

ފުވައްމުލައް ސިޓީގައި ސިނޮފާމްގެ ފުރަތަމަ ޑޯޒް ޖަހަން ފެށި މި އޭޕްރީލް މަހ 4 ވަނަ ދުވަހުކަމަށް ވުމުން ފުވައްމުލައް ސިޓީއިން ސިނޮފާމްގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް 4 ހަފުތާ (28 ދުވަސް) އަންނަ ހޮނިހިރު (1 މެއި 2021) ދުވަހަށް ހަމަވާނެއެވެ. އެއާއެކު އެމީހުންނަށް 2 ވަނަ ޑޯޒް ޖަހަން ޝަރުތު ހަމަވާނެއެވެ.

ނަމަވެސް ލަސްނުކޮށް އިތުރަށް ފަރާތްތަކަށް ވެސް ވެކްސިން ޖަހަން ހުޅުވާލަން މަސައްކަތް ކުރެވެމުންދާ ކަމަށް މެނޭޖަރު ވިދާޅުވިއެވެ.

މިދުވަސްކޮޅު 2 ވަނަ ޑޯޒް ޖެހުމަށް ޚާއްސަކޮށްފައި ވަނީ 19 ފެބްރުއަރީ 2021 ގެ ކުރިން ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށެވެ. ވުމާއެކު ވެކްސިން ޖަހަން ޖަހާ މީހުންގެ އަދަދު ބޮޑުތަނުން މަދުވާނެ އެވެ. އެއުސޫލުން ފުރަތަމަ ރޭގައި 2 ވަނަ ޑޯޒް ޖެހިއިރު މިކަން ވަނީ ޔަގީން ކުރެވިފައެވެ. ރޭ ފުވައްމުލައް ސިޓީއިން ކޮވިޝީލްޑް 2 ވަނަ ޑޯޒް ވެކްސިން ޖަހާފައި ވަނީ 34 މީހެކެވެ. އެއީ އެއިގެ ކުރީ 3 ދުވަހު ކޮންމެ ދުވަހަކުވެސް 300 އެއްހާ މީހުން ވެކްސިން ޖަހަމުން އައިސްފައިވާތީއެވެ.

ސިނޮފާމް ފުރަތަމަ ޑޯޒާއި 2 ވަނަ ޑޯޒުވެސް މިހާރު ވަނީ ޖަހައިދިނުމަށް ހުޅުވާލާފައެވެ. ސިނޮފާމްގެ 2 ވަނަ ޑޯޒް ޖަހަނީ ފުރަތަމަ ޑޯޒް ޖެހިތާ 4 ހަފުތާ ފަހުންނެވެ. ނަމަވެސް ފުވައްމުލައް ސިޓީއިން ސިނޮފަމްގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް 4 ހަފުތާވެފައިވާކަން އަދި މުޅިން ޔަގީން ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

ސިނޮފާމް ވެކްސިްން ޖެހުމަށް ހަމަޖެހިފައި ވަނީ ބަންދުނޫން ދުވަސްތަކުގެ ރޭގަނޑު 9:00 އިން 12:00 އަށް ފުވައްމުލަކު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓުންނެވެ.

ފުވައްމުލައް ސަޓީ ކޮވިޑް-19 އަޕްޑޭޓް 28 އޭޕްރީލް 2021

ކޮވިޑް-19 އަޕްޑޭޓް

ކޮވިޑް-19 ގެ އަޕްޑޭޓް ތަކަށް ބަލާއިރު ފާއިތުވީ 7 ދުވަހުގެ ތެރޭގައި ވެސް ފުވައްމުލައް ސިޓީއިން އިތުރު ޕޮޒިޓިވް ކޭސް އެއް ފެނިފައެއް ނުވެއެވެ. ނަމަވެސް އެކްޓިވް 2 ކޭސް އަދިވެސް އެބަތިއްބެވެ. މިހާތަނަ ފުވައްމުލައް ސިޓީން ބައްޔަށް ޕޮޒިޓިވް ވެފައިވާ ޖުމްލަ އަދަދަކީ 74 އެވެ. ވުމާއެކު 72 މީހުން ވަނީ ބަލިން ފަސޭހަ ވެފައެވެ. ކޮންޓެކްޓް ޓްރޭސިންގެ އެއްވެސް ހަރަކާތެއް ނުހިނގައެވެ. އަދި ކޮވިޑް ފެސިލިޓީގައި ވެސް ބަލި މީހަކު ބާއްވާފައެއް ނުވެއެވެ.

އިއްޔެ ނެގި ސާމްޕަލް 15

މިހާތަނަށް ނެގި ޖުމްލަ ސާމްޕަލ 9136

ވެކްސިން އަޕްޑޭޓް

އިއްޔެގެ ނިޔަލަށް ކޮވިޑް ވެކްސިންގެ 2 ވަނަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 2335 މީހުން

މިއީ ރަށުގައި ދިއިރުޅޭ ކަމަށް ބެލެވޭ 10،705 މީހުންގެ %22.0 އެވެ.

އިއްޔެގެ ނިޔަލަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 5664 މީހުން

މިއީ ފުވައްމުލައް ސިޓީގައި ދިރިއުޅޭ މީހުންގެ ތެރެއިން ވެކްސިން ޖެހުމުގެ ފުރުސަތު އޮތް (18 އަހަރުން މަތީ) 7735 މީހުންގެ %73.0 މީހުންނެވެ.

3.0/5.0 Article rating
2 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments