A wide advertisement which will be shown on all devices. (700 x 100)

ހަނދަށް ދެވޭނެކަމަށް ގަބޫލުކުރުމަކީ ދީނާއި ފުށުއަރާ ކަމެއް ނޫން -ޝ.ނިމާލު

ރޭގެ ދީނީ ފޯރަމް 1442 ގައި ޝ.ނިމާލު ވާހަކަ ދައްކ

ހަނދަށް ދެވޭނެކަމަށް ގަބޫލުކުރުމަކީ އިސްލާމް ދީނާއި ފުށުއަރާ ކަމެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ އައްޝައިޚު މުހައްމަދު ނިމާލު ވިދާޅުވެއްޖެއެވެ. ޝައިޚު ނިމާލު މިހެން ވިދާޅުވީ ރޭ ކުރުނދުމާ މާލަމުގައި ކުރިޔަށް ދިޔަ ދީނީ ފޯރަމް 1442ގައި ބެލުންތެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ހަނދަށް ދެވޭނެ ކަމަކަށް ވެސް އަދި ހަނދަށް ނުދެވޭނެކަމަށް ވެސް ކީރިތި ޤްރުއާނާއި ރަސޫލް (ސއވ)ގެ ސުންނަތުގައި ވެސް ބަޔާންވެ އައިސްފައި ނުވާކަމަށް ވިދާޅުވިއެވެ. ހަނދަށް ދެވޭނެކަމަށް ގަބޫލުކުރުން ބިނާވަނީ އެ ޚަބަރެއް ގެންނަ ބައެއްގެ ތެދުވެރިކަމުގެ މައްޗަށް ކަމަށް ވިދާޅުވިއެވިއެވެ. އެގޮތުން ހަނދަށް ދެވުނު ކަމަށް ސީދާ ޔަގީންކަމާއި އެކު އިތުބަރުހުރި ހެއްކާއެކު ބަޔަކު އެގޮތަށް ބުނާނަމަ އެކަން ގަބޫލުކުރުމަކީ ދީނާއި ފުށުއަރާ ކަމެއް ނޫންކަމަށް ޝައިޚު ތަފުސީލުކޮށް ދެއްވިއެވެ.

ނަމަވެސް ކާއިނާތު ފަހަނާޅާ އެއްވެސް ބަޔަކަށް ނުދެވޭނެކަމަށް ކީރިތި ގުޤުރުއާނުގައި ސާފުކޮށް ބަޔާންކުރައްވާފައި ވާކަމަށެވެ. މާތް ﷲގެ އިޒުނާއާއެކު ކާއިނާތު ފަހަނާޅާވެސް ދެވިދާނެ ކަމަށެވެ. އެގޮތުން ރަސޫލް (ސއވ) ގެ މިއުރާޖު ދަތުރުފުޅަކީ އެގޮތަށް މާތް ﷲގެ އިޒުނާއާއެކު ކުރެއްވި ދަތުރުފުޅެއް ކަމަށެވެ. ވުމާއެކު ކީރިތި ޤުރުއާނުގައި އިންކާރު ކުރައްވާފައިވާ ކަންކަމަކީ ހިނގާނެ ކަންކަމެއް ނޫންކަމަށެވެ.

ދީނީ ފޯރަމް 1442 ގެ 2ވަނަ ހުށަހެޅުން ޏ.އޭއީސީ- ފަލަކީ އިލްމު

ކޮންމެ ބަޔަކު ބުނިކަމުގައި ވިޔަސް އެބަޔަކު އެބުނާ ވާހަކައަކާއި ގުޅުވައިގެން ގެންނަ ހެކިތަކަކީ ގަބޫލުކުރެވޭ ރަނގަޅު ކަންކަންކަމުގައިވާނަމަ އެކަމެއް ގަބޫލުކުރަމަކީ ދީނީގޮތުން މައްސަލައެއް ނޫންކަމަށް ވިދާޅވުިއެވެ.

ޒަމާނުގެ ފަލަކީ ސައިންސްގެ އަލީގައި އަދި ޓެކްނޮލޮޖީގެ އެހީގައި ޖައްވަށް ހަނދަށް ދާ މަންޒަރުތައް ޓީވީތަކުން ލައިވްކޮށް ދައްކައެވެ. ނަމަވެސް ދިވެހިންގެ ތެރެއިން މަދު ބައެއް މީހުން އެކަން ގަބުލުނުކުރަނީ ދީނީގޮތުން ބަލައިނުގަނެވޭ ވާހަކައެއް ކަމަށް ބުނެއެވެ.

ރޭގެ ދިނީ ފޯރަމް ހުށަހަޅައި ދިނީ ޏ.އޭއީސީގެ 6 ދަރިވަރެކެވެ. ދަރިވަރުންގެ ހުށަހެޅުނަތަކުގެ ފުރިހަމަކަމަށް ޕެނެލް މެމްބަރުން ވިދާޅުވިއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !