A wide advertisement which will be shown on all devices. (700 x 100)

ދޮށީ އުމުރުގެ މީހުންނަށް ސިނޮފާމް ވެކްސިން ޖަހަން ހުޅުވާލައިފި

ފުވައްމުލައް ސިޓީ ކޮވިޑް-19 އަޕްޑޭޓް 9 މެއި 2021

ފުވައްމުލައް ސިީގައި ވެސް އުމުރުން 60 އހަރުން މަތީގެ މީހުންނަށް ސިނޮފާމް ވެކްސިން ޖަހަން ހުޅުވާލައިފައި ވާކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރެއެވެ.

ރާއްޖޭގައި ސިނޮފާމް ވެކްސިން ޖަހަން އެންމެ ފުރަތަމަ ހުޅުވާލައިރު 60 އަހަރުން މަތީގެ މީހުންނަށް ޖަހާފައެއް ނުވެއެވެ. ދާދީ ފަހުން ޑަބްލިޔުއެޗްއޯ އިން ވަނީ ސިނޮފާމް ދޮށީ އުމުރުގު މީހުންނަށް ޖެހުމުގެ ހުއްދަ ދީފައެވެ. އެއާއެކު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ވެސް ސިނޮފާމް ވެކްސިން ދޮށީ އުމުރުގެ މީހުނަށް ޖެހުމަށް ވަނީ ހުއްދަ ދީފައެވެ.

ފުވައްމުލައް ސިޓީގައި ދޮށީ އުމުރުގެ މީހުންނަށް ސިނޮފާމް ޖަހަން ހުޅުވާލާފައިވަނީ މި މެއި މަހުގެ 9 ވަނަ ދުވަހުއެވެ. އެގޮތުން ސިނޮފާމްގެ ފުރަތަމަ ޑޯޒް ޖަހަން އެދޭ އުމުރުން 60 އަހަރުން މަތީގެ މީހުން ފުވައމްުލަކު ހޮސްޕިޓަލަށް ގުޅައި ނަން ނޯޓު ކުރާ ދުވަހުގެ ރޭ ވެކްސިން ޖައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެެގޮތުން ބަންދު ނޫން ކޮންމެ ދުވަހަކު ވެސް ހެނދުނު 11:00 ގެ ކުރިން ނަން ނޯޓް ކުރާ ފަރާތްތަކަށް އެދުވަހެއްގެ ރޭ އަދި 11:00ގެ ފަހުން ނަން ނޯޓު ކުރާ ފަރާތްކަށް ޖެހިގެން އަންނަ ދުވަހުގެ ރޭ ވެކްސިން ޖަހައިދުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ރާއްޖޭގައި ބޭނުންކުރާ ކޮވިޑް-19ގެ ވެކްސިންތައް

މިދުވަސްވަރު ވެކްސިން ޖަހާގަޑި ފުވައްމުލައް ސިޓީގައި އިއުލާންކޮށްފައިވާ ކާފިއުގެ ވަގުތާއި ދިމާވާތީ ވެކްސިން ޖެހުމަށް ދިއުމުގެ ޚާއްސަ ހުއްދައެއް ލިބޭނެ އިންތިޒާމު ފުވައްމުލަކު ހޮސްޕިޓަލުން ހަމަޖައްސައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ސިނޮފާމް ވެކްސިން އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ވެސް ޖަހައިދިނުމަށް ވަނީ ހުޅުވާލާފައެވެ. މިދުވަސްވަރު ވެކްސިން ޖެހުމަށް އެންމެންވެސް އަމަލުކުރަން ޖެހޭނީ އެއްއުސޫލުން ކަމަށް މައުލޫމާތު ލިބެއެވެ.

ސިނޮފާމް ވެކްސިން ގެ ދެވަނަ ޑޯޒް ޖަހަނީ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު 4 ހަފުތާ ވުމުންނެއެވެ. ވުމާއެކު ކޮވިޝީލްޑް ވެކްސިނަށް ވުރެ އަވަހަށް 2 ވަނަ ޑޯޒް ޖަހައި ވެކްސިން ފުރިހަމަ ކުރުމުގެ ފުރުސަތު ސިނޮފާމް ވެކްސިން ޖަހާ މީހުންނަށް ބޮޑެވެ. މިދުވަސްވަރު ރާއްޖެއިން ވަނީ ކޮވިޝީލްޑްގެ ސްޓޮކް މަދުވުމުގެ ސަބަބުން އާއްމުކޮށް ހުޅުވާލައިގެން ކޮވިޝީލްޑް ވެކްސިންގެ 2 ވަނަ ޑޯޒް ޖެހުން ވަނީ މެދުކަނޑާލާފައެވެ.

ފާއިތުވި 3 ދުވަހުވެސް ފުވައްމުލައް ސިޓީއިން ކޮވިޑް-19 ގެ އެއްވެސް ވެކްސިނެއް ޖަހާފައެއް ނުވެއެވެ.

މިހާތަނަށް ކޮވިޑް-19 ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރެވިފައި ވަނީ، ފުވައްމުލައް ސިޓީގައި ދިރިއުޅޭ ކަމަށް ބެލެވޭ 10،705 މީހުންގެ %26.8 މީހުންނަށެވެ. އެއީ 2868 މީހަކެވެ.

އަދި ވެކްސިންގެ ފުރަތަމަ ޑޯޒް 5711 މީހުންނަށް ޖަހާފައި ވެއެވެ. އެއީ ވެކްސިން ޖެހުމުގެ ފުރުސަތު އޮތް (18 އަހަރުން މަތީ) މީހުންގެ %73.7 އެވެ.

 

އިއްޔެ ވެސް ފުވައްމުލައް ސިޓިއިން ވަނީ ކޮވިޑް-19ގެ ޕޮޒިޓިވް އެއް ކޭސް ފެނިފައެވެ. އެއާއެކު މުޅި ޖުމްލަ ޕޮޒިޓިވް ވީ މީހުންގެ އަދު ވަނީ 94 އަށް އރާފައެވެ. އަދި ބަލީގައި ތިބި މީހުންގެ އަދަދު ހުރި 21 ގައެވެ. ފުވައްމުލައް ސިޓީއިން ބަލިފެނުމާއި ގުޅިގެން ފާހަގަ ކުރެވުނު ކޮންޓެކްޓުންގެ ސާމަޕަލް ނަގައި ޓެސްޓް ކުރަން ފޮނުވާފައި ވިޔަސް ގިނަ ސާމްޕަލްތަކެއްގެ ނަތީޖާ އަދި ނުލިބި ވާކަމަށް ފުވައްމުލަކު ޕަބްލިކް ހެލްތު ޔުނިޓުން ހާމަކުރެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !