A wide advertisement which will be shown on all devices. (700 x 100)

މި މެއި މަހުގައި މާލެއިން ފުވައްމުލައް ސިޓީއަށް އައި މީހުން އެންގުމަށް އެދިއްޖެ

ކޮވިޑް-19ގެ ދެވަ

މި މެއި މަހު 1 ގެ ފަހުން މާލެއިން ފުވައްމުލައް ސިޓީއަށް އައިސްފައިވާ މީހުން ފުވައްމުލަކު ހޮސްޕިޓަލަށް އެންގުމަށް އެހޮސްޕިޓަލުން އެދިއްޖެއެވެ. މިފަރާތްތަކަކީ ކޮވިޑް-19ގެ 2 ޑޯޒް ފުރިހަމަ ކުރުމަށް ފަހު، ޕީސީއާރު ޓެސްޓްގެ ނެގަޓިވް ނަތީޖާއަކާއި އެކު މާލެއިން އައިސްފައިވާ ފަރާތްތަކެކެވެ.

އެގޮތުން އެފަދަ ފަރާތްތަކުން ފުވައްމުލަކު ހޮސްޕިޓަލުގެ ރެޕިޑް ރެސްޕޮންސް ޓީމު (އާރުއާރުޓީ) ގެ ހޮޓްލައިން ނަމްބަރު 998،8232 ފޯނަށް ގުޅުއްވައި އެމީހެއްގެ މައުލޫމާތު ހިއްސާކުރުމަށް އެދިފައި ވެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ އާއްމު އެންގުން

ނަމަވެސް މި މީހުން ގެ މައުލޫމާތު ހޮސްޕިޓަލުން ސާފުކުރަނީ ކީއްވެގެން ކަން ހާމަކޮށްފައެއް ނުވެއެވެ.

މި ދުވަސްވަރަކީ ކޮވިޑް-19 ގެ ދެވަނަ ރާޅަކާއެކު ފުވައްމުލައް ސިޓީގައި ކޮވިޑް-19ގެ ކޭސްތައް ގިނަވެފައިވާ ދުވަސްވަރެކެވެ. ދެވަނަ ރާޅާއެކު ފުވައްމުލައް ސީއިން 109 ފަރާތަކަށް މިވަނީ ބަލި ޖެހިފައެވެ. އޭގެތެރޭގައި ހޯމް ކަރަންޓީނުން ޕޮޒިޓިވްވި މީހުނާއި ރަށުގެ 6 ކްލަސްޓާއަކުން ޕޮޒިޓިވްވި މީހުން ހިމެނެއެވެ. ދެވަނަ ރާޅާއެކު ފުވައްމުލައް ސިޓީގައި ކޮވިޑް-19ގެ 6 ކްލަސްޓާއެއް އެބަ އޮތްކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރައްވައެވެ.

ކްލަސްޓާ ތަކަކީ:

ކްލަސްޓާ 1 (މިސްކިތު) – 75 ޕޮޒިޓިވް ކޭސް

ކްލަސްޓާ 2 – 4 ޕޮޒިޓިވް ކޭސް

ކްލަސްޓާ 3 – އަދި އިންޑެކްސް ކޭސް އެކަނި

ކްލަސްޓާ 4 – އަދި އިންޑެކްސް ކޭސް އެކަނި

ކްލަސްޓާ 5 – 6 ޕޮޒިޓިވް ކޭސް

ކްލަސްޓާ 6 – އަދި އިންޑެކްސް ކޭސް އެކަނި އެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !