A wide advertisement which will be shown on all devices. (700 x 100)

ގޯތިން ބޭރުގައި އިމާރާތް ކޮށްފައިވާ ތަންތަން ނެގުމަށް އަންގައިފި، ނުނަގައިފިނަމަ ސިޓީ ކައަންސިލުން ނަގަނީ

ފުވައްމުލަކު ތާރަމަގުގައި ހުރި ފިހާރައެއް

ގޯތިން ބޭރުގައި އިމާރާތްކޮށްފައިވާ ތަންތަން ނެގުމަށާއި އަދި ނުނަގާ ހުންނަ ތަންތަން ސިޓީ ކައުންސިލުގެ ފަރާތުން ނަގާނެ ކަމަށް އަންގައި ފުވައްމުލައް ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ.

އިއްޔެ ނެރުނު އިއުލާނުގައި ވާގޮތުން ފުވައްމުލައް ސިޓީގައި ގޯތި ގޯއްޗާއި މަގުތަކާއި ގުޅިގެން އޮންނަ ހުސް ބިންކޮޅުތަކުގައި އިމާރާތްކޮށް ނުވަތަ ޖިފުޓި ފަދަތަންތަން ހަދައި ފިހާރަތަކާއި ގާޑިޔާތައް ހިންގުމާއި އެހެނިހެން މަސައްކަތްތައް ކުރަމުންދާކަމަށް ފާހަގަކޮށްފައި ވެއެވެ.

ދިވެހިރާއްޖޭގެ ބިމާއިބެހޭ ގާނޫނާއި، އިމާރާތްކުރުމުގެ ގާނޫނާއި ލާމާރުކަޒީ ގާނޫނާއި އަދި މިގާނޫނުތަކުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތަށް ހުއްދަ ނަގައިގެން ނޫނީ މިފަދަ ތަންތަނުގައި އިމާރާތްކޮށް، ވިޔަފާރިކުރުން އަދި އެހެންހެން މަސައްކަތްތައް ކުރުމަކީ ކުރެވިގެންވާނެ ކަމައް ނޫނެވެ. އަދި އެފަދަ ކަންކަން ނުކުރުމަށް މިއަދު ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައި އަންގާފައި ވެއެވެ.

ގޯތިން ބޭރުގައި މިފަދަ އިމާރާތްތައް ކޮށްފައިވާ ފަރާތްތަކުން އެތަންތަން ނެގުމަށް ސިޓީ ކައުންސިލުން ދީފައިވަނީ މިއަދުން ފެށިގެން 15 ދުވަހުގެ މުއްދަތެއް (23-8 ޖޫން 2021) އެވެ. އަދި އެ މުއްދަތުގައި ނުނަގާ ހުންނަ ތަންތަން ސިޓީ ކައުންސިލުގެ ފަރާތުން ނެގުމުގެ މަސައްކަތްތައް ކުރާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.

ފުވައްމުލަކުގެ ތާރަމަގުގައި ހުރި ބައެއް ފިހާރަތަކުން އެފިހާރަތަކާއި މަގާއި ދެދެމުގައި އޮތް ހުސްބިންކޮޅު ފިހާރައިގެ ބައެއްގެ ގޮތުގައި އިތުރުކޮށްގެން އުޅޭކަމުގެ ޝަކުވާ ވެސް އެކިފަރާތްތަކުން ކުރަމުން އަންނަކަން މިކަލް ނޫހަށް ވަނީ އެނގިފައެވެ.

ކުރީ ކަތީބުންގެ ޒަމާނުގައި އެގޮތަށް ގޯއްޗާއި ގުޅިގެން އޮންނަ ހުސްބިންތައް އަމިއްލަ މީހުންގެ ގޯތިތަކަށް އިތުރުކޮށްދެމުން ގޮސްފައި ފެއެވެ. އަދި މިކަތައް ފަހުން އައި ކައުންސިލަރުން ވެސް ކޮށްފައިވާ ކަމަށް ވެއެވެ.

ފުވައްމުލަކު އޯކިޑުމަގަކީ ވަރަށް ފުޅާކޮށް ހަދަމުން ދިޔަ މަގެކެވެ. އެގޮތުން ރަށުގެ މެދުންރާތް ހުރިތަން) އަދި ބޯޅަ މިސްކިތަށް ވުރެ ހުޅަނގުން (މިހާރު ލޮމޭ ހުރިތަން) ވެސް މަގު ހަނިކޮށް، އަމިއްލަ މީހުންގެ ގޯތި ގޯއްޗަށް ކުރިން ވަނީ އިތުރުކޮށްދީފައި ފައެވެ.

ނަމަވެސް މިހާރު އެފަދަ މަގުތަކުގެ ހަނިކަމުގެ އުނދަގުލާއި މަގާއި ގުޅިގެން ހުސްތަން ނެތުމުގެ ދަތިކަން ގިނަބަޔަކަށް އިހުސާސުކުރެވޭ ކަމަށް ބެލެވެއެވެ.

ސިޓީ ކައުންސިލްގެ އިއުލާން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !