ޗުއްޓީއަށް ކޮންމެ ދުވަހަކުވެސް 30-40 ވަރަކަށް މީހުން ރަށަށް އާދޭ

ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން ކޮވިޑް-19 އާއި ގުޅޭ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރެއްވުމުގައި އާމިނަތު އަހުމަދު ދެމިހުންނަވާ
Share on facebook
Share on twitter
Share on google

ކޮވިޑް-19 އާއި ގުޅިގެން ފުވައްމުލައް ސިޓީ މޮނިޓަރިން ހާލަތުގައި އޮތަސް ގިނަ ބަޔަކު ކޮންމެ ދުވަހަކުވެސް ފުވައްމުލައް ސިޓީއަށް އަންނަމުން ދާކަމަށް ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ރަށަށް ކަރަންޓީނަށް އަންނަ ލިސްޓަށް ބަލާއިރު 30 އާއި 40 އާއި ދެމެދުގެ މީހުން އަންނަ ކަމަށް ފުވައްމުލަކު އިމަޖެންސީ ސެންޓަރުން ބުންޏެވެ.

މިދުވަސްވަރު ފުވައްމުލައް ސިޓީ އެޗްޕީއޭގެ މޮނިޓަރިންގައި އޮތުމުން ރަށުން ބޭރުން އަންނަ އެންމެވެސް ފުވައްމުލައް ސިޓީއަށް އަރަން ޚާއްސަ ހުއްދައެއް ނަގަން ޖެހެއެވެ. އަދި އެމީހުން 14 ދުވަހުގެ ހޯމް ކަރަންޓީިނުވެސް ފުރިހަމަ ކުރަން ޖެހެއެވެ.

ޗުއްޓީއަށް އަންނަ ފަރާތްތަކުން ވެސް ކަރަންޓީނުގެ އުސޫލަށް ފުރިއަހަމައަށް އަމަލުކުރުން މުހިންމެވެ. އަދި އެފަދަ ފަރާތްތަކުގެ ހަރަކާތްތައް މޮނިޓާ ކުރެވޭނެ ގޮތެއް އޮތުމަކީ ވެސް މުހިއްމު ކަމެކެވެ. އެކިގޮތް ގޮތުން ކަރަންޓީނު ކުރެވޭ ފަރާތްތައް މޮނިޓާ ނުކުރެވޭ ކަމަށާއި، މަދުބަޔަކު ނަމަވެސް އުސޫލާއި ޚިލާފަށް އަމަލުކުރާ ކަމަށް އަބަދުވެސް ބުނަމުން ދެެއެވެ. ފުވައްމުލައް ސިޓީގައި ކޮވިޑް-19 ގެ ދަވަނަ ރާޅެއް ފެށުމުގެ އަސްލަކީ ވެސް ހޯމް ކަރަންޓީނާއި ޚިލާފުވުން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

މި ދުވަސްވަރު ފުވައްމުލައް ސިޓީގައި ކޮވިޑް-19 ގެ އިތުރު ރާޅަކަށް ފުރުސަތު ކުޑަކުރުމުގެ ގޮތުން ރަށަށް ކަރަންޓީނަށް އަންނަ ފަރާތްތައް މޮނިޓާކުރުން އިތުރަށް ހަރުދަނާ ކުރަން ޖެހޭކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މިއީ ރާއްޖެގެ ސްކޫލަތަކުގެ އަހަރީ ބޮޑު ޗުއްޓީ ޖުލައި މަހަށް ބަދަލުކުރި ފުރަތަމަ އަހައެވެ. އަދި ސްކޫލް ޗުއްޓީ ދުވަސްވަރު ފެށުމާއެކު މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި ތިބި ގިނަ ބަޔަކު ޗުއްޓީއަށް ދަތުރުކުރަން ބޭނުންވެއެވެ.

5.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments