ކޮވިދް-19ގެ ބަނަދަށް ގިނަ ދުވަސްތަކެއް ވުމަށްފަހު ފުވައްމުލައް ސިޓީގައި މާދަމާ ހުކުރު ނަމާދު ޖަމާއަތުގައި ކުރުމަށް ހުޅުވާލައިފިއެވެ.
މާދަމާ ހުކުރު ނަމާދު ޖަމާއަތުގައި ކުރާނީ ގައިދުރުކޮށް ކަމަށް މިރޭ ބޭއްވި ސިޓީ ކައުންސިލްގެ އީއޯސީ ނޫސް ކޮންފަރެންސްގައި ހާމަކުރިއެވެ. ކޮވިޑް-19ގެ ދެވަނަ ރާޅުގެ ބަންދާއެކު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ބަންދުކުރުމަށްފަހު ދާދި ފަހުން ވަނީ ޖާމައަތުގައި ނަމާދު ކުރުމަށް ވެސް ހުޅުވާލާފައެވެ.
ނަމަވެސް ކުޑަކުދިންނާއި ބަލީގެ ހައި ރިސްކް މީހުން ޖަމާއަތުގައި ނަމަޑުކުރުމަށް ދިއުން ރައްކާތެރި ނޫންކަމަށް ސިޓީ ކައުންސިލުން ޙާމަކުރައްވާފައި ވެއެވެ.
ފުވައްމުލަކުގެ ބައެއް މިސްކިތްތައް ބަލަނީ ސިޓީ ކައުންސިލްގެ ބައެއް ކަމަށާއި އެތަންތަނުގެ ކަންތައްތައް ބެލެހެއްޓުމަށް ސިޓީ ކައުންސިލްގައި ވަކި ސެކްޝަނެއް ހަދާފައިވެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި މިސްކިތްތައް ސާފުކޯސ ްބަލަހައްޓާ ބައެއް ފަރާތްތަކުން އެކަށިގެންވާ ވަރަށް އެމަސައްކަތް ކުރުމުން ނުދެއެވެ. އެފަދަ ފަރާތްތަކާއި ވާހަކަ ދައްކައިގެން މަސައްކަތްތައް ހައްލުކުރާނެ ކަމަށާއި އެގޮތުން ވެސް ނުވާނަމަ ފިޔަވަޅު އަޅާނެކަމަށް ސިޓީ ކައުންސިލްގެ ފަރާތުން މިރޭ ހާމަކުރެއްވިއެވެ.
ކޮވިޑް-19 އާއި ގުޅިގެން މިސްކިތްތަކަށް ވަކި ޚާއްސައެހީތަކެއް ލިބިފައި ނުވާކަމަށާއި އެހީތައް ލިބިފައިވަނީ ފުވައްމުލައް ސިޓީ އީއޮސީއަށް ކަމަށް ނޫސް ކޮންފަރެންސްގައި މިރޭ ހާމަކުރެއްވިއެވެ.
ޚިޔާލުތައް