ކޮވިޝިލްޑް ދެވަނަ ޑޯޒް ޖެހުން އަލުން ފަށާއިރު މިއަދު ވެކްސިން ޖެހުމަށް 103 މީހަކަށް އެޕޮއިންޓްމެންޓް ދީފައި ވާކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓުން ހާމަކުރައްވައެވެ.
ފުވައްމުލައް ސިޓީގައި މިއަދު ކޮވިޝީލްޑް ދެވަނަ ޑޯޒް ޖެހުމަށް ހަމަޖެހިފައި ވަނީ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި މެންދުރުފަހު 2:00 އިން ހަވީ 5:00 އަށެވެ. ދެވަނަ ޑޯޒް ޖެހުމުގައި އިސްކަންދެނީ ފުރަތަމަ ޑޯޒް ކުރިން ޖެހި މީހުންނަށެވެ.

މިއަދު ވެކްސިން ޖަހަން ގޮސް ޏ.އޭއީސީ ޙޮލުގަިއ ތިބި މީހުން. ފޮޓޯ؛ އަލީ ޝަރީފު
އެގޮތުން މިއަހަރު ފެބްރުއަރީ މަހު ކުރީކޮޅު ފުވައްމުލައް ސިޓީއިން ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ހަމަޖައްސަމުން އަންނަކަމަށް ހޮސްޕިޓަލުން ހާމަކުރައްވައެވެ. ނަމަަވެސް ބައެއް ފަރާތްތަކުން ދީފައިވާ ނަމްބަރަށް ނުގުޅުމުގެ ސަބަބުން އެޕޮއިންޓްމެންޓް އެންމެނަށް ތަރުތީބުން ދިނުމުގައި ދަތިތަކެއް ހުރިކަން ފާހަގަ ކުރައްވައެވެ. ފެބްރުއަރީ މަހު ކުރީކޮޅު ފުވައްމުލައް ސިޓީއިން ކޮވިޝީލްޑް ފުރަތަމަ ޑޯޒް ޖަހައި، ދެވަނަ ޑޯޒް ޖެހުމަށް އެޕޮއިންޓްމެންޓް ހަމަނުޖެހޭ މީހުން ފުވައްމުލަކު ހޮސްޕިޓަލަށް ގުޅައި މައުލޫމާތު ހިއްސާކޮށްދެއްވުމަށް ހޮސްޕިޓަލުން އެދެއެވެ.
ހޮސްޕިޓަލުން އެޕޮއިންޓްމެންޓް ދިނުމަށް ގުޅާނީ ހަވީރު 6:00 އާއި ރޭގަޑު 10:00 އާއި ދެމެދުގައި ކަމަށް ހާމަކޮށްފައި ވެއެވެ. އަދި އެޕޮއިންޓްމެންޓާއި ނުލައި ވެކްސިން ޖަހައި ދިނުމަށް ހަމަޖެހިފައި ނުވާކަމަށް ވެއެވެ.

ކޮވިޝީލްޑް ވެކްސިން ދެވަނަ ޑޯޒް ޖަހަން ގޮސް. ފޮޓޯ އަލީ ޝަރީފު
ފުވައްމުލައް ސިޓީ ނޫން ތަނަކުން ކޮވިޝީލްޑްގެ ފުރަތމަ ޑޯޒް ޖަހާފައިވާ ފަރާތަކުން ފުވައްމުލައް ސިޓީގައި ދެވަނަ ޑޯޒް ޖެހުމަށް ފުވައްމުލަކު ހޮސްޕިޓަލުގެ 6862070 ނަމްބަރަށް ގުޅުމަށް އެދިފައި ވެއެވެ.
ފެބްރުއަރީ މަހު ކުރީކޮޅު (5-17 ފެބްރުއަރީ 2021) ފުވައްމުލައް ސިޓީިއިން ކޮވިޝީލްޑް ވެކްސިން ފުރަތަމަ ޑޯޒް ޖަހާފައިވަނީ 424 މީހުންނެވެ. މީގެތެރެއިން ގިނަ ބަޔަކު މިހާރު ވާނީ ކޮވިޝިލްޑް 2 ވަނަ ޑޯޒް ޖަހާފައި ކަމަށް ބެލެވެއެވެ. ވެކްސިންގެ ހިސާބުތައް ދައްކާގޮތުން ކޮވިޝީލްގެ ދެވަނަ ޑޯޒް ޖަހަން ޖެހޭ 2800 އެއްހާ މީހުން ފުވައްމުލައް ސިޓީގައި ތިބޭނެ ކަމަށް ވެއެވެ.
ފުވައްމުލައް ސިޓީ ކޮވިޑް-19 އަޕްޑޭޓް 4 މެއި 20
ކޮވިޝިލްޑް ދެވަނަ ޑޯޒް ޖެހުން މެދުކަނޑާލިއިރު 5703 މީހުންނަށް ވެކްސިންގެ ފުރަތމަ ޑޯޒް ދީފައި ވެއެވެ. އެއީ މުޅިންވެސް ކޮވިޝީލްޑް ވެކްސިނެވެ. ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ދޭން ފެށި 5 މެއި 2021 ގައެވެ. އަދި 5 މެއި 2021 އަށް ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހާފައިވަނީ 2821 މީހުންވެ. ވުމާއެކު ބާކީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހަން ޖޭހޭ 2882 މީހުން ތިބޭނެ ކަމަށް ބެލެވެއެވެ.
ފުވައްމުލައް ސިޓީއިން ފުރަތަމަ ޑޯޒް ޖެހި ޖުމްލަ 5،875 މީހުންގެ ތެރެއިން 3،275 މީހަކު މިވަނީ 2 ވަނަ ޑޯޒް ޖަހާފައެވެ. މީގެ ތެރޭގައި ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް އާއި ދެވަނަ ޑޯޒް ޖެހި މީހުންވެސް ހިމެނެއެވެ. ބާކީ 2 ވަނަ ޑޯޒް ނުޖެހި ތިބޭނެކަމަށް ބެލެވެނީ 1500 އެއްހާ މީހުންނެވެ.

ވެކްސިން ޖެހުން؛ މިއަދު 25 ފެބްރުއަރީ 2021 ގައި 396 މީހަކަށް ވެކްސިން ޖަހާފައިވޭ
މިއަހަރު ފެބްރުއަރީ މަހަކީ ފުވައްމުލައް ސިޓއިން އެނެމް ގިނަ މިހުން ވެކްސިން ޖެހި މަހެވެ. އެމަހުގައި 3164 މީހުން ވެކްސިން ޖަހާފައި ވެއެވެ.
މި އަދަދުތަކަށް ބަލާއިތު ފުވައްމުލައް ސިޓީއިން ސިނޮފާމް ވެކެސިން ޖާހާފައި ވާނީ 200 އެއްހާ މީހުންނެވެ. މީގެ ތެރެއިން ބައެއް މީހުންނަށް ވަނީ 2 ވަނަ ޑޯޒް ވެސް ޖަހާފައެވެ.
ފުވައްމުލައް ސިޓީގައި ކޮވިޝީލްޑް ދެވަނަ ޑޯޒް ޖެހުން މެދުކަނޑާލީ 5 ޖޫން 2021 ގައެވެ.
4 މާރިޗު 2021 ގެ ކުރިން ކޮވިޝިލްދް ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުން
ކޮވިޝީލްޑް 2 ވަނަ ޑޯޒް ޖެހުމަށް ފުވައްމުލަކު ހޮސްޕިޓަލުން ހުޅުވާލަމުން ގޮސްފައިވާ ގޮތް
ފުވައްމުލައް ސިޓީގައި ކޮވިޝީލްޑް 2 ވަނަ ޑޯޒް ޖަހަން ފަށާފައިވަނީ 7 އޭޕްރީލް 2021 ގައެވެ. އެންމެ ފުރަތަމަ ޖެހޭ ސިއްޙާދީއިރާގައި މަސައްކަތް ކުރާ މީހުންނާއި ކުރީސަފުގައި މަސައްކަތް ކުރާ މީހުންނަށެވެ. 7 އޭޕްރީލްގައި 82 މީހުނަށް 2 ވަނަ ޑޯޒް ޖަހާފައި ވެއެވެ. އަދި އޭޕްރީލް 11 -12 އަށް އާއްމުންނަށް 2 ވަނަ ޑޯޒް ޖެހުމަށް ހުޅުވާލިއެވެ.
ޚިޔާލުތައް