ފުވައްމުލަކު މަގުހެދުމުގެ މަސައްކަތުގެ ދެބައިކުޅަ އެއްބައި ނިމިއްޖެ

Share on facebook
Share on twitter
Share on google

އެމްޓީސީސީ ހަވާލުކޮށްގެން ކުރިއަށްދާ ފުވައްމުލަކުގެ އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ. މިހާރު ކުރިއަށްދާ ސެޓްލެމެންޓް ޓޭންކު ހަރުކުރުމުގެ މަސައްކަތުގެ 71 ޕަސެންޓާއި އިލެކްޓްރިކަލް ޖަންކްޝަން ފޮށި ހަރުކުރުމުގެ މަސައްކަތުގެ 70 ޕަސެންޓްވެސް ނިމިފައިވާ ކަމަށް އެކުންފުނިން މިއަދު ހާމަކުރިއެވެ.

މި މަސައްކަތުގައި، 122،659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ތައްޔާރުކުރުމާއި، 95،239 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ސަރަޙައްދެއްގައި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށާއި، މިމަސައްކަތްތަކުގެ އަގު 271.3 މިލިއަނަށް އަރާކަމަށް އެމްޓީސީސީއިން ހާމަކުރެއެވެ.

ފުވައްމުލަކު އެތެރޭގެ 31 މަގެއް ހެދުމުގެ މަސައްކަތް 730 ( ގާތްގަޑަކަށް 2 އަހަރު) ދުވަސް ތެރޭގައި ނިންމުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ ޖުލައި 2019 ގައެެވެ. ގިނަ ދުވަސްތަކަކަށްފަހު މިދިޔަ ނޮވެމްބަރު މަހުތެރޭ އެމަސައްކަތް ބާރަށް ހިގައިގަތެވެ. މިދިޔަ ނޮވެމްބަރު މަސްތެރޭ އެމްޓީސީސީއިން ހާމަކޮށްފައިވަނީ އެމަސައްކަތް މިއަހަރު ނޮވެމްބަރު މަސްތެރޭ ނިމޭނެކަމަށެވެ.

5.0/5.0 Article rating
2 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments