ފުވައްމުލައް ސިޓީއަށް މޫސުމީ ހުދު ސަމާލު ނެރެފި

މިއަދުގެ މޫސުން 2021
Share on facebook
Share on twitter
Share on google

ރެއެއްސުރެން ފުވައްމުލައް ސިޓީ ހިމެނޭ ސަރަހައްދަށް މޫސުމީ ހުދު ސަމާލު ނެރެމުން އެބަ އާދެއެވެ. އެންމެ ފަހުން މޫސުމާއި ބެހޭ އިދާއާރިން މިވަނީ މިއަދު، 11 އޮގަސްޓް 2021 ދުވަހުގެ ހެނދުނު 9:15 އިން މެންދުރު 15:00 އަށް އަދި މިރޭ 9:00 އާއި ހަމޔަށް ހުދު ސަމާލުގެ މުއްދަތު އިތުރުކޮށްފައެވެ.

މީގެ ކުރިން ރޭ 9:30 އިން ފެށިގެން ފަތިހު 3:00 އަށް ވެސް މިސަރަހައްދަށް މޫސުމީ ހުދު ސަމާލު ނެރެފައި ވެއެވެ. އެގޮތުން ތ.އަތޮޅުން ފެށިގެން  އައްޑޫ ސިޓީއަށް ވަނީ ހުދު ސަމާލު ނެރެފައެވެ.

މޫސުމާ ބެހޭ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި ދެކުނުގެ ބޮޑުބަޔަކަށާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެން ވާކަމަށް ވެއެވެ. ފުވައްމުލައް ހިމެނޭ ސަރަހައްދަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށްވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ހާމަކޮށްފައި ވެއެވެ.

ރާއްޖޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ ކަމަށާއި ރާޅުގެ އުސްމިން 2 – 6 ފޫޓު އަށް އާރާނެކަމަށް ލަފާކޮށްފައި ވެއެވެ.

ރާއްޖޭގެ މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާބެހޭ އިދާރާއިން އެދިފައިވެއެވެ.

2.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments