A wide advertisement which will be shown on all devices. (700 x 100)

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އުޖޫރަ ބޮޑުކުރަން ސަރުކާރުން ވައުދުވެއްޖެ

އަންހެނުންގެ ތަރައްގިއަށްމަސައްކަތް ކުރާ ކޮމެޓީގެ އުޖޫރަ ބޮޑުކުރަން ނިންމައިފި

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އުޖޫރަ ދެގުނައަށް ބޮޑުކުރުމަށް ސަރުކާރުން ވައުދުވެއްޖެއެވެ.

މިކަން ހާމަކުރެއްވީ ރައީސް އިބުރާހިމް މުހައައްމަދު ސޯލިޙު ތ.އަތޮޅުގެ 7 ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި މިއަދު ތ.ކިނބިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއި، އެރަށު ކައުންސިލް މެންބަރުންނާއިއެކު ބޭއްވި ބައްދަލުވުމުގައެވެ.

ރައީސް ސޯލިހު ވިދާޅުވީ އަންހެނުން ބާރުވެރިކުރުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް މަގުފަހިކުރުމުގެ ގޮތުން ކުރެވެންހުރި ކަންކަމުގައި ސަރުކާރުން އެހީތެރިވެދެއްވާނެ ކަމަށެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އ.ތ.މ)ގެ މެމްބަރުންގެ މިހާރުގެ މުސާރަ ކުޑަކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި އެއީ އެކަށީގެންވާ މުސާރައެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި މުސާރަ ބޮޑުކުރުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެލްޖީއޭއިން ކައުންސިލްތަކަށް ފޮނުވި ސާކިއުލާގައިވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުނަށް އުޖޫރައެއްގެ ގޮތުން ދެނީ މުސާރައެއް ނޫންކަމަށާއި އެލަވަންސެއް ކަމަށެވެ. އެގޮތުން މިހާރު ދިނުމަށް ހަމަޖެހިފައިވަނީ ދާއިމީ އެލަވަންސާކާއި ޖަލްސާގެ ސިޓިން އެލަވަންސެކެވެ.

ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް (ގާނޫނު ނަމްބަރު 7/2010) ގެނައި 8 ވަނަ އިސްލާހުގައި އ.ތ.މ ކޮމެޓީއަށް އުޖޫރައެއް ކަނޑައެޅުމަށް ވެއެވެ. އެގޮތުން ލޯކަލް ގަވަމެންޓް އޮތޯރިޓީ އާއި މަޝްވަރާކޮށް ފިނޭންސް މިނިސްޓްރީއިން އ.ތ.މ ކޮމެޓީގެ މެމްބަރުންނަށް އުޖޫރައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ކޮންމެ މަހަކު ދެ އެލަވަންސެއް ދޭގޮތަށެވެ.

އ.ތ.މ ކޮމެޓީގެ މިހާރުގެ އެލްވަންސްތައް އަދި އަހަރީ ބަޖެޓްގެ %5 – 2021

އެގޮތުން މިއަދު ސަރުކާރުން އިއުލާން ކުރެއްވި ދެގުނައަށް އުޖޫރަ ބަދަލުވެގެން ދިއުމުން ރައީސަށް މަހަކު 6000 ރުފިޔާ، ނާއިބުރައީސަށް 5000 އަދި މެމްބަރަކަށް 4000 ރުފިޔާ ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

އިސްލާހުކުރެވުނު ލާމަރުކަޒީ ގާނޫނުގައި ވާގޮތުން އަލަށް އިންތިޚާބުކުރެވޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ރަށްރަށުގެ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރުމަސް ހިމަނާފައިވެއެވެ. އަދި އެކަން ކުރުމަށް އެރަށެއްގެ ތަރައްގީގެ ޕްލޭނާއި އަހަރީ ބަޖެޓުގެ ތެރޭގައި ހިމަނައިގެން ގިނަކަންތައްތަކެއް ރާވައި އެކޮމެޓީން ކުރިޔަށް ގެންދާގޮތަށް ވެއެވެ.

އ.ތ.ކ. ގެ ހަރަތާކަތަކަށް ސިޓީ ކައުންސިލްގެ ބަޖެޓުގެ ތެރޭގައި ހިމަނައިގެން ކައުންސިލް ބަޖެޓުގެ %5 ޚާއްސަކުރުމަށް ވެއެވެ. އ.ތ.މ. ކޮމެޓީއަށް މިގެނެވުނު ބަދަލާއެކު އެކޮޓީއަށް އެކަށީގެންވާ ބޮޑު ބަޖެޓެއް ލިބިފައި ވާނެކަމަށާއި އަދި ގިނަގުނަ ހަރަކާތްތަކެއް ހިންގި ދާނެކަމަށް ނިޖާހު ފާހަގަކުރެއްވިއެވެ. އަދި ނިޖާހު ޔަގީން ކުރައްވަނީ މިހާރު އިންތިޚާބު ވެގެން މަގާމާއި ހަވާލުވަފައިވާ ފަރާތްތަކަށް އެކަން ކުރެއްވޭނެކަމަށެވެ. އެގޮތުން ކޮންމެ އަހަރެއްގައި ހިންގާނެ ހަރަކާތްތަކުގެ ޕްލޭނާއި، އަހަރީ ބަޖެޓެއް ހަދައި އެކަންތައްތައް ކުރިޔަށް ގެންދިއުމަށް މިއޮތީ ފުރުސަތު ހުޅުވިފައި ކަމަށް ވިދާޅުވިއެވެ.

މަހަލްދީބު މެޑިކަލް ސެންޓަރުން އަންހެނުންގެ ދުވަހާއި ގުޅުވައިގެން ފްރޮންޓްލައިން ކަނބަލުންނަށް ހަދިޔާ ދިނުން މިއަދު.

ފުވައްމުލައް ސިޓީ އ.ތ.މ. ކޮމެޓީގެ އިދާރީ އޮފީސް، ގުރުއާނާއި ބެހޭ މަރުކަޒު ހިންގާ އިމާރާތުގައި ގާއިމުވެފައި ވާތާ 2 އަހަރެއްހާ ދުވަސް ވެއްޖެ ކަމަށާއި އެތަނުގައި ބައްދަލުވުންތައް ވެސް ބޭއްވޭނެ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ކުރިން ހާމަކޮށްފައި ވެއެވެ. ކޮމެޓީގެ އިދާރީ މަސައްކަތަށް ސިޓީ ކައުންސިލްގެ އިދާރީ މުވައްޒަފުން ބޭނުންކޮށްގެން ކުރެވޭނެ އިންތިޒާމު ހަމަޖެފައިވާ ކަމަށާއި އަދި މީގެއިތުރުން ދާއިމީ އިދާރީ މުވައްޒަފަކު ނަގަން ބޭނުންނަމަ އެގޮތަށް އ.ތ.މ. ކޮމެޓީއިން ފާސްކޮށްގެން އެކަންވެސް ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީ އ.ތ.ކ. އިން އަހަރީ ހަރަކާތްތަކުގެ ތާވަލެއް އެކުލަވާލައި ސިޓީ ކައުނސިލަށް ފޮނުވާފައިވާކަމަށް ކައުންސިލްގެ ރައީސް ދިޔާނާ ވިދާޅުވިފައި ވެއެވެ. ފުވައމްުލައް ސިޓިގައި ކޮވިޑް މެނޭޖުކުރުމުގެ އެކި ހަރަކާތްތަކުގައި އ.ތކ. މެމްބަރުން ވޮލަންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ކަން ފުވައްމުލައް ސިޓީ ކައުންސިލުން ފާހަގަ ކުރެއެވެ.

އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ 3 ވަނަ ދައުރުގެ މެންބަރުން އިގުރާރުގައި ސޮއި ކުރަނީ.

އަންހެނުގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ މަސްއޫލިއްޔަތުތައް (ގާނޫނު ނަމްބަރު 7/2010 ގެ 58 ވަނަ މާއްދާ)

– ސިޓީ ތަރައްގީގެ ކަންކަމުގައި ކައުންސިލުން ދެމުންގެންދާ ރަށްވެހިކަމުގެ ޚިދުމަތްތަކާއި ބެހޭގޮތުން ސިޓީ ކައުންސިލަށް ލަފާދެވިދާނެ.

– ކޮމެޓީގެ ނަމުގައި މުދާ މިލްކުކުރުމާއި ކޮމެޓީއިން އެކިނަންނަމުގައި ވިޔަވާރީގެ މުއާމަލާތުތައް ކުރެވިދާނެ.

– އާމްދަނީ ހޯދުން.

– އަންހެނުންގެ ތަރައްގީއަށް އެކިއެކި ހަރަކާތައް ހިންގުން.

– ދީނީ ކަންކަމުގައި އަންހެނުންގެ ހޭލުންތެރިކަން އިތުރުކުރުން.

– އަންހެނުންގެ ސިއްޙީ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރުން.

– ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިކުރުމަށް މަސައްކަތް ކުރުން އިތުރުކުރުން.

– މަތީތައުލީމު ހޯދުމަށް ބޭނުންވާ އަންހެނުންނަށް އެފުރުސަތު ހޯދާދިނުމާއި މަތީތައުލީމަށް ކިޔަވާ އަންހެނުންގެ އަދަދު އިތުރުކުރުމަށް މަސައްކަތް ކުރުން.

– އަންހެންނާއި ބެހޭ މުހިންމު މައުލޫތުތައް އެއްކުރުމާއި ދިރާސާކުރުން.

– ކޮމެޓީގެ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުން.

– ކޮމެޓީގެ މާލިއްޔަތުގައި ހުންނަ މުދަލާއި ފައިސާ ބެލެހެއްޓުން.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • Anonymous

    varugadha kamehdhw thiya cometi yaa hedhi