A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ 3 ވަނަ ފަހަރާ ކޮވިޑް މޮނިޓަރިންއަށް ލައިފި

ފުވައްމުލައް ސިޓީ 3 ވަނަ ފަހަރާ ކޮވިޑް މޮނިޓަރިން އަށް ލައިފި

ކޮވިޑް މޮނިޓަރިންއަށް ފުވައްމުލައް ސިޓީ 3 ވަނަ ފަހަރަށް މިއަދު ލައިފިއެވެ. މިއަދު، (22 އޮގަސްޓް 2021) ގެ ހެނދުނު 7:50 އިން ފެށިގެން ފުވައްމުލައް ސިޓީ މޮނިޓަރިން އަށް ލާފައިވާކަން އަންގައި، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ރަސްމީ ލިޔުން މިއަދު ވަނީ ނެރުއްވާ ފައެވެ.

ނަމަވެސް އެހެން ފަހަރުތަކާއި ޚިލާފަށް ކުއްލި ގޮތަކަށް ރޭ 22:50 ގައި މިޚަބަރު ފުރަތަމަ އައީ ފުވައްމުލަކު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ވައިބާ ގްރޫޕުން އަޕްޑޭޓްކުރި ކުރު މެސެޖަކުން ނެވެ. އެމެސެޖުގައި ވަނީ “ޖީއެން ފުވައްމުލައް އަންޑާ މޮނިޓަރިން” އެވެ. އަދި އެކަމާއި ގުޅިގެން ބެލިބެލުމުން ހެލްތު މިނިސްޓްރީގެ ކޮވިޑް އަޕްޑޭޓްތައް ގެނެސްދޭ ވެބް ޕޯޓަލްގައި ފުވައްމުލައް ސިޓީ މޮނިޓަރިންގައި އޮތް ކަމަށް ރޭ 22:54 ގައި އަޕަޑޭޓް ކޮށްފައި ވެއެވެ.

ރޭގައި އާއްމުކުރި މޮނިޓަރިން އަށް ލި ކަމުގެ މެސެޖް – ޕަބްލިކް ހެލްތު ފުވައްމުލައް ވައިބާ ގްރޫޕް އިން

މިފަހަރު ފުވައްމުލައް ސިޓީ މޮނިޓަރިންއަށް ލާފައި މިވަނީ ފުވައްމުލައް ސިޓީ ކައުންސިލާއި އަދި ފުވައްމުލައް ސިޓީ ކޮވިޑް ޓާސްކް ފޯހާއި މަޝްވަރާ ކުރުމެއް ނެތި ކަމަށް ސިޓީ ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު މިކަލް ނޫހަށް މައުލޫމާތު ދެއްވިއެވެ.

އިތުރަށް އަބްދުﷲ ނާސިރު ވިދާޅުވީ މިވަގުތު ފުވައްމުލައް ސިޓީ މޮނިޓަރިންއަށް ލުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ދެކިނުލައްވާ ކަމަށެވެ. ނަމަވެސް ކޮވިޑް ކޮންޓްރޯލް ކުުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ހާމަކުރެއްވިއެވެ.

ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު، ސިޓީ ކައުންސިލްގެ ފަރާތުން.

ފުވައްމުލައް ސިޓީ މޮނިޓަރިންއަށް ލުމާއި ގުޅޭ ގޮތުން އާއްމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި އަންނަނީ ޝުއުރު ފާޅުކުރަމުން ނެވެ. އެފަރާތްތަކުން ބުނެފައިވާ ގޮތުގައި މޮނިޓަރިންއަށް ލުމަކީ މިކަމަށް އޮތް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އެގޮތަށް ބުނާ މީހުން ފާހަގަ ކުރާ އެއްކަމަކީ މާލެ ސަރަހައްދުގައި ވެސް ކޮވިޑް ފެތުރެމުން އަންނަ ކަމަށާއި ނަމަވެސް މޮނިޓަރިންއަށް ނުލާ ކަމަށެވެ.

މޮނިޓަރިންއަށް ލުމުން ރަށުގެ އިގުތިސާދަށް ލިބިފައިވާ ގެއްލުން އިތުރަށް ހީނަރުވެ އާއްމުން ނިކަމެތިވެގެން ދާނޭ ކަމަށެވެ. ގިނަ ދުވަސްތަކެއް ވަންދެން ދަރިވަރުން ސްކޫލަށް ނުގޮސް ތިބުމަށްފަހު ސްކޫލްތައް ހުޅުވުމާއެކު ހެން އަނެއްކާ ސްކޫލްތައް ބަންދުކުރަން ޖެހުމުން ދަރިވަރުންގެ ކިޔެވުމަށް ލިބޭ ގެއްލުން ވަޒަންކުރަން ވެސް ނޭނގޭނެ ކަމަށެވެ.

އަދި މިދުވަސްވަރަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ފުވައްމުލަކަށް ޒިޔާރާތްކޮށް، ކުރިން ގެއްލުން ވަމުން ދިޔަ ފަތުރުވެރިކަމުގެ ވިޔަފާރިތައް މަޑުމަޑުން ކުރިއަށް ޖެހިލަން ފެށި ވަގުތަށް ވެފައި މޮނިޓަރިންއަށް ލުމުން، ކުރިޔަށް ހުރި ބުކިންތައް ކެންސަލްވެ، އެ ވިޔަފާރިތަށް އަނެއްކާވެސް އިނދަޖެހިގެންދާނެ ކަމަށް ބުނެ އާއްމުންގެ ބައެއް ފަރާތްތަކުގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

މޮނިޓަރިން އާއި އެއްކޮޅަށް ވާހަކަ ދައްކާ މީހުންވެސް އެމީހުންގެ ޝުއޫރުތައް ފާޅުކުރަމުން ދެއެވެ. އެމީހުން ބުނަނީ ފުވައްމުލަކުގައި ކޮވިޑް ކޮންޓރޯލް ކުރަން ތިބި ފަރާތްތަކަށް ވެސް އެކަން ނުވި ކަމަށެވެ. ރަށުގެ ޙާލަތު އެއްދުވަހުން އަނެއް ދުވަހަށް ގޯސްވަމުންދާ ދިއުން ހުއްޓުވޭނޭ މޮނިޓަރިންއަށް ލައިގެން ކަމަށެވެ. އަދި ރަށް އެއްކޮށް ބަންދުކޮށްގެން، ނުވަތަ ފުލް ލޮކްޑައުން އަކުން ކަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !