ފުވައްމުލައް ސިޓީއިން ކޮވިޑްގެ އަދަދުތަށް ފާއިތުވި ދެ ދުވަހު ދަށަށް ދާ ކަމަށް ދައްކައެވެ. އެގޮތުން އިއްޔެ ބަލި ޖެހުނު މީހުންގެ އަދަދު ދަށަށް ޖެހިފައިވާއިރު އެކްޓިވް ކޭސްގެ އަދަދު ފާއިތުވި ދެ ދުވަހު ވެސް ވަނީ ދަށަށް ގޮސްފައި އެވެ އަދި އެ ދެ ދުވަހުވެސް ރަށުތެރޭ ސާމްޕަލެއް ޕޮޒިޓިވް ވެފައި ނުވުމަކީ ހެޔޮފާލަކަށް ވެދާނެއެވެ.
އިއްޔެ ފުވައްމުލައް ސިޓީއިން 8 މީހަކު ބައްޔަށް ފައްސިވެފައި ވެއެވެ. އޭގައި ހިމެނެނީ މުޅިންވެސް ކޮންޓެކްޓް ޓްރޭސިންގެ ސާމްޕަލުން ޕޮޒިޓީވްވި މީހުންނެވެ. ފާއިތުވި 7 ދުވަހުގެ އެވްރެޖަށް ބަލާއިރު ބައްޔަށް ފައްސިވާ މީހުންގެ އަދަދު ހުރީ 12.3 ގައެވެ. އަދި ޓެސްޓް ކުރެވޭ ސާމްޕަލްގެ ނިސްބަތުން ބަލި ފެތުރޭ ނިސްބަތް ހުރީ %4.85 ގައެވެ.
ފުވައްމުލައް ސިޓީއިން އިއްޔެ ކޮވިޑް-19އަށް ޕޮޒިޓިވްވި 8 މީހުންނާއެކު މިހާރު އެސިޓީގެ އެކްޓިވް ކޭސްގެ އަދަދު މިވަނީ 156 ގައެވެ. އެއާއެކު މިހާރު ފުވައްމުލައްމުލައް ސިޓީއިން ޖުމުލަ ޕޮޒިޓިވްވި އަދަދަކީ 1197 އެވެ. އަދި ބަލިން ރަނގަޅުވެފައި ވަނީ 1039 މީހުންނެވެ.
ވެކްސިން ދިނުމުގެ އެއހަފުތާގެ ޚާއްސަ ޕްރޮގްރާމެއް ފުވައްމުލައް ސިޓީ ކައުންސިލާއި ފުވައމުލަކު ހޮސްޕިޓަލް ގުޅިގެން ވަނީ ފަށާފައެވެ. އެ ހަފުތާގައި ވެކްސިން ޖާހާ މީހުންގެ މެދުގައި ގުރުއަތުން ހޮވޭ 3 ފާރާތްތަކަށް ވަނީ 1000 ރުފިޔާގެއ އިނާމު ހުށަހަޅާފައެވެ. އަދި އިތުރު 5 ފަރާތަކަށް ކޮންމެ ފަރާތަކަށް 2 މީހުންގެ ކެއުމެއް ވެސް ހުށަހަޅާފައި ވެއެވެ. އެހަރަކާތުގެ އަމާޒަކީ މިމަސް ނިމުމުގެ ކުރިން ފުވައްމުލައް ސިޓީގެ ވެކްސިން ޖެހި އާބާދީ %90 މީހުންނަށް ހެދުން ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވާފައި ވެއެވެ.
މިމަހު 22 ވަނަ ދުވަހުން ފެށިގެން ފުވައްމުލައް ސިޓީ ވަނީ އެޗްޕީއޭގެ މޮނިޓަރިން އަށް ލާފައެވެ.
އިއްޔެގެ ސާމްޕަލް ޓެސްޓްކުރުން
އަލަށް ނެގި ސާމްޕަލް 165 (ރަށުތެރޭ 80)
ނަތީޖާ ނުލިބޭ 139
ނަތީޖާ ލިބުނު 161 (ރަށުތެރޭ 76)
ކޮވިޑް-19 ވެކްސިން އަޕްޑޭޓް (ހުކުރު ހޮނިހިރު ދެ ދުވަހު އާއްމު ވެކްސިން ޖެހުމެއް ނޯވޭ)
ފުރަތަމަ ޑޯޒް: – އާއެކު ޖުމުލަ 7181
ދެވަނަ ޑޯޒް: -، އާއެކު ޖުމުލަ 5365
ޚިޔާލުތައް