އައިސީޓީ ކެމްޕަހެއް އެޅުމަށް އުލާ ޕްރީސްކޫލް ހުރިބިން އެމްއެންޔޫއަށް ހަވަާލު ކުރަން ނިންމައިފި

ކުރިން އުލާ ޕްރީސްކުލް ހުރި ބިން- އައިސީޓީ ފެކަލްޓީއެޅ
Share on facebook
Share on twitter
Share on google

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ އައިސީޓީ ފެސިލިޓީއެއް ހެދުމަށް އުލާ ޕްރީސްކޫލް ހުރިބިން ހަވާލުކުރަން ނިންމައިފިއެވެ. އައިސީޓީ ފެސިލިޓީ ހެދުމަށް ހަވާލުކުރަން ނިންމާފައި ވަނީ 35،000 އަކަފޫޓުގެ ބިމެކެވެ.

އެމްއެންޔޫއަށް 35 ހާސް އަކަފޫޓުގެ ބިން ހަވާލުކުރަނީ އެ ޔުނިވާސިޓީއިން އައިސިޓީ ފެކްލޓީގެ ޚިދުމަތް ދިނުމަށް ހިލޭއެވެ. އަދި އެބިމުގައި 6 މަސައް ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށަން ޖެހެއެވެ. އެގޮތުން މަސައްކަތް ނުފަށާނަމަ ކޮންމެ 6 މަސް ދުވަހުން ސިޓީ ކައުންސިލުން އެކަންބަލައި، ދިމާވެފައިވާ މައްސަލައަކާއި ގުޅެގޮތުން އެމްއެންޔޫއާއިއެކު މަޝްވަރާކޮށް ގޮތެއް ނިންމަމުން ދިއުމަށް ފާސްކުރިއެވެ. އަދި އެގޮތުން އެންމެ ގިނަވެގެން 18 މަސް ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ނުފަށައިފިނަމަ އެތަން އަތުލާގޮތަށް ވެސް އެނިންމުމުގައި ވެއެވެ.

ކުރިން އުލާ ޕްރީސްކޫލް ހިންގި ބިން މިހާރު ފުވައްމުލައް ސިޓީ ކައުންސިލަށް ބަދަލުކުރެވިފައިވާ ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

ފުވައްމުލައް ސިޓީގައި ގައުމީ ޔުނިވާސިޓީގެ އައިސީޓީ ފެކަލްޓީއެއް ގާއިމުކުރުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެކެވެ. މިކަމުގެ މަޝްވަރާ ފުވައްމުލައް ސިޓީ ކައުންސިލާއި ގައުމީ ޔުނިވާސިޓީ އާއެކު ކުރެވެމުން އަންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އަދި މިފެކަލްޓީއަކީ ފުވައްމުލައް ސިޓީގެ ތަރައްގީއަށް ވަރަށް މުހިންމުތަނެއް ކަމުގައި ސިޓީ ކައުންސިލުން ގާބޫލުކުރެއެވެ.

އައިސީޓީ ފެކަލްޓީ ގާއިމުކުރެވި އެއިގެ ތެރެއިން ސަރުކާރުގެ ވައުދެއް ކަމުގައިވާ ފުވައްމުލަކުގައި އައިޓީ ޕާކް ހެދުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާކަމަށް މޭޔަރު އިސްމާއީލު ރަފީޤު ވިދާޅުވެއެވެ. އެގޮތުން މިތަނަކީ ރަށުގެ އައިޓީ އިންޑަސްޓްރީއަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއްކަމަށް މޭޔަރު އިސްމާއީލު ފާހަގަ ކުރެއްވިއެވެ. އެގޮތުން އައިސީޓީ ދާއިރާއިން ކިޔަވައިދޭން ފެށުމާއި ތަމްރީނުގެ ކަންކަން ފެށިގެން ދިއުމަކީ އެކަމުގެ އެންމެ މުހިންމުކަން ކަމަށް ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 15 ވަނަ ބައްދަލުވުން.

ފުވައްމުލައް ސިޓީގައި އައިޓީއާއި ގުޅޭ ތަމްރީނު މަސައްކަތް 1990 ގެ އަހަރުތަކުގައި ފުވައްމުލަކުގައި އެންމެ ފުރަތަމަ ފެށީ މިހާރު ސިޓީ ކައުންސިލްގެ ޑެޕިއުޓީމޭޔާ މުހައްމަދު ފިކުރީގެ އިސްނެގުމާއެކު އައިލޭންޑް ކޮމްޕިއުޓާސްގެ ނަމުގައެވެ. އައިލޭންޑް ކޮމްޕިއުޓާސްގެ އައިޓީ ތަމްރީނު ކްލާސްތައް ފުޅާވެ މުޅި ރާއްޖޭގައި ވެސް ހިންގިއެވެ. ފުވައްމުލައް ސިޓީ ކައުންސިލްގެ 15 ވަނަ ބައްދަލުވުމުގައި ޑެޕިއުޓީމޭޔަރު ފިކުރީ ވިދާޅުވީ މިމަސައްކަތަކީ މިހާރު ކުރުން ލަސްވެފައިވާ ކަމެއްކަމަށް ދެކޭކަމަށާއި ވީހާވެސް އަވަހަކަށް މިމަސައްކަތް ފެށުން މުހިންމު ކަމަށެވެ.

އައިސީޓީ ހަބަކަށް ފުވައްމުލައް ސިޓީ ހެދުމަކީ ރިޔާސީ ވައުދުގެގޮތުގައި ފާހަގަ ކުރެވިގެން ދިޔަކަމެއް ކަމަށާއި، މިކަމާއި ގުޅިގެން އެމްއެންޔޫއިން އައިސީޓީ ފެސިލިޓީ ގާއިމުކުރުމުގެ މަސައްކަތް ކުރިޔަށްގެންދިއުމަށް އެދި ސިޓީ ތަކެއް ފޮނުވި ނަމަވެސް ސިޓީ ކައުންސިލުން އެކަމުގައި ގޮތެއް ނުނިމި ގިނަ ދުވަސް ވެގެން ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ކައުންސިލާ އިބްރާހިމް މުޙައްމަދު ފާހަގަ ކުރެއްވިއެވެ. އަދި ބިން ދިނުމުގެ ކުރިން މިދެވޭ ބިމުގެ މިނަކީ އެތަނުގައި ގާއިމުކުރާ ފެސިލިޓީއަށް އެކަށިގެންވާ ބިންތޯ ވިސްނާލެން ޖެހޭ ކަމެއް ކަމަށާއި އަދި ދޫކުރާ ބިން ބޭނުންކުރަން ހަމަޖެހިފައިވާ ގޮތް އެނގުމަކީ މުހިންމުކަމެއް ކަމަށް ވިދާޅުވިއެވެ.

އެކިއެކި މުއައްސަސާތަކަށް ފުވައްމުލައް ސިޓީއިން ބިން ދޫކުރުމުން ވެސް އެބިންތަކުގައި އިމާރާތެއް ނުހެދި އަދި ޚިދުމަތެއް ނުލިބި ބާއްވާފައި އޮންނަން ޖެހޭތީ ކަންބޮޑުވާކަމަށް ކައުންސިލާ އާއިޝަތު އަބްދުލް ގާދިރު ވިދާޅުވިއެވެ.

ކައުންސިލާރު އިނާޔާ ހުށަހެޅުއްވީ ބިން ހަވާލުކުރާތާ 6 މަސްދުވަހުގެ ތެރޭގައި އަމަލި މަސައްކަތް ނުފަށާނަމަ ބިން ދިނުން އަލުން ރިވިއުކޮށްފައި ގޮތެއް ނިންމާގޮތަށް ބޭއްވުން މުހިންމުކަމަށް ހުށަހެޅުއްވި ހުށަހެޅުމަށް އެހެން މެމްބަރުންގެ ތާއިދާއެކު ފާސްކޮށްފައި އެވެ.

 

4.0/5.0 Article rating
1 Review
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments